02 އޮކްޓޯބަރ 2019
އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ސިޔާސަތުތައް ކަނޑައަޅާ ފެންވަރުގައި ޒުވާނުންނަށް ގިނަ ފުރުސަތުތައް އޮންނަ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ރޭ ވިދާޅުވެއްޖެ އެވެ.
އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ސިޔާސަތުތައް ކަނޑައަޅާ ފެންވަރުގައި ޒުވާނުންނަށް ގިނަ ފުރުސަތުތައް އޮންނަ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ރޭ ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި އާއްމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދީގެން ބޭއްވި ސެޝަނެއްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި ވަޒީރުންގެ މަޖިލީހާއި ސަރުކާރުގެ އިސް މަގާމުތަކާއި ރަށްރަށުގެ ކައުންސިލްތަކުގައި ވެސް ޒުވާނުންގެ ބޮޑު ހިއްސާއެއް އެބަ އޮތް ކަމަށެވެ.
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ޒުވާނުން ވާދަކޮށްފި ނަމަ އެ މީހުން ހޮވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި ޒުވާނުންނަށް އިސްކަންދޭކަން ފާހަގަވީ، މަހުލޫފު ވިދާޅުވި ގޮތުގައި، ބޮޑެތި ކޮންފަރެންސްތަކާއި ސަމިޓުތަކުގައި ބައިވެރިވުމުގެ ގިނަ ފުރުސަތުތަކެއް ލިބިފައިވާތީ އެވެ.
"...އަބަދު ވެސް ފެންނަ ކަމެއް ގަބޫލުކުރެވޭ، އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގެ ޒުވާނުން އަސްލުގައި މި ޕްލެޓްފޯމުގައި ގިނަ. ވަރަށް ގިނަ ޒުވާނުންތަކެއް މަޖިލީހުގައި ތިބޭ. ސަރުކާރުގެ މަގާމުތަކަށް ބަލާއިރު ވަރަށް ގިނަ ޒުވާނުންތަކެއް މަގާމުތަކުގައި ތިބޭ. ކެބިނެޓަށް ބެލި ކަމުގައި ވިޔަސް ރަށްރަށުގެ ކައުންސިލްތަކަށް ބެލި ކަމުގައި ވިޔަސް،" ޔޫތު މިނިސްޓްރީގެ އިސް ވެރިން ވެސް ބައިވެރިވެވަަޑައިގެންނެވި ބައްދަލުވުމުގައި މަހުލޫފު ވިދާޅުވި އެވެ.
އެ މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި ހިމެނެނީ ކުޅިވަރު ކުރިއެރުވުމާއި ޒުވާނުންނާއި މުޖުތަމައު ބާރުވެރިކުރުވުމާ ގުޅޭ މަސައްކަތްތަކެވެ. ނަމަވެސް ގިނަ މީހުންގެ ސުވާލުތައް އަމާޒުކޮށްފައި ހުރީ ކުޅިވަރާ ގުޅޭ ގޮތުންނެވެ. އަދި ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން މިހާތަނަށް ކުރީ ކޮން ކަންތައްތަކެއްތޯ ވެސް ސުވާލުތައް އަމާޒުކުރި އެވެ.
#AharengeSuvaalu - Q & A Session with Minister Ahmed Mahloof https://t.co/R15tVbJt6y
— Ministry of Youth,Sports and Community Empowerment (@MoYSCEmv) October 1, 2019
ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު މަހްލޫފް، ޓުވިޓާ މެދުވެރިކޮށް ރޭ ވާހަކަ ދައްކަވަނީ.
މިނިސްޓަރު ވިދާޅުވީ ކުޅިވަރުގެ އިތުރުން ޒުވާނުންނާއި މުޖުތަމައު ބާރުވެރިކުރުވުމަށް މުޅި ރާއްޖެއަށް ބަހާލައިގެން ގިނަ ކަންތައްތަކެއް ކުރަމުން އަންނަކަމަށެވެ. ޒުވާނުންނާ ގުޅޭ ކަންކަމުގައި މިނިސްޓަރަށް ލަފާ އެރުވުމަށް ޒުވާނުންގެ ކައުންސިލެއް އުފައްދާފައިވާއިރު "ހަފްތާ ރެސް" ގެ ނަމުގައި ކޮންމެ ހަފުތާ ބަންދެއްގައި ކުރިއަށްގެންދާ ހަރަކާތް ވެސް ރާއްޖޭގެ އެކި ރަށްރަށުގައި މިހާރު ބާއްވަމުން އަންނަކަން ފާހަގަކުރެއްވި އެވެ.
އެ ހަރަކާތްތަކާއެކު އެ ރަށްރަށުގައި އިތުރު ޕްރޮގްރާމްތައް ހިންގާފައިވާ ކަމަށާއި އޭގެ ތެރޭގައި އަންހެނުންނަށް ހާއްސަކޮށްގެން ވެސް ހަރަކާތްތަކެއް ހިންގާފައިވާނެ ކަމަށް ވިދާޅުވި އެވެ.
ކަންކަން އޮންނަނީ މާލެއަށް ވަރަށް ބޮޑަށް ބުރަވެފައި ކަމަށާއި ނަމަވެސް އެކަން ބަދަލުކުރަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ. ސަރުކާރުގެ ޕްލޭނަކީ ލާމަރުކަޒީ ކުރުން ކަމަށާއި ފުޓްބޯޅަ އަށް ވެސް އެގޮތަށް ކަންތައް އޮންނާނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޔޫތު މިނިސްޓްރީން މުޅި ރާއްޖޭގައި 130 މިލިއަން ރުފިޔާގެ މަޝްރޫއު މިހާރު އެބަ ހިންގަ އެވެ.
ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްގައި ޒުވާނުން އިންޑިއާއަށް
ޑރ. ބިލާލް ގެނައުން މަޑު ޖައްސާލުމުން ފާޑުކިޔަނީ
ބިލާލް ގެނައުން، ފިއްތުންތަކާ ގުޅިގެން މަޑުޖައްސާލައިފި
ބިލާލް ފިލިޕްސް ރާއްޖެ ގެނައުމާ ދެކޮޅަށް ނަޝީދު ވެސް
މަސައްކަތުގެ ނަތީޖާ މި އަހަރު ފެންނާނެ: މަހުލޫފް
ޒުވާނުންގެ ދުވަސް ފާހަގަ ކުރަން ފަށައިފި
ޒިންމާ ބުރަޔަސް މަހުލޫފަށް އޮތް ޔަގީންކަން ބޮޑު
"ހަފުތާ ރެސް"، ކުލަ ގަދަކޮށް މާދަމާ ރޭ ފަށަނީ
މިދިޔަ އަހަރު ސަރުކާރުން މާޒިޔާ އަށް 5.2 މިލިއަން
ހިންގުން ދޯދިޔާ ނުވާ އެސޯސިއޭޝަނެއް ނެތް