10 ޖެނުއަރީ 2020
ވޮޝިންޓަން (ޖެނުއަރީ 10) - ޔުކްރޭން އެއާލައިންސްގެ މަތިންދާ ބޯޓު ވެއްޓުމުގެ ކުޑަ އިރުކޮޅެއް ކުރިން އެ ބޯޓަށް މިސައިލެއް އަރާ ކަމަށް ބެލެވޭ ވީޑިއޯއެއް އާއްމުކޮށްފި އެވެ.
ވޮޝިންޓަން (ޖެނުއަރީ 10) - ޔުކްރޭން އެއާލައިންސްގެ މަތިންދާ ބޯޓު ވެއްޓުމުގެ ކުޑަ އިރުކޮޅެއް ކުރިން އެ ބޯޓަށް މިސައިލެއް އަރާ ކަމަށް ބެލެވޭ ވީޑިއޯއެއް އާއްމުކޮށްފި އެވެ.
ކިޔޭވް އަށް ދަތުރު ކުރަން ހަމަޖެހިފައިވާ ޔުކްރޭން އިންޓަނޭޝަނަލް އެއާލައިންސްގެ ފްލައިޓް ޕީއެސް752 ވެއްޓުނީ ތެހެރާނުގެ އިމާމް ޚުމައިނީ އިންޓަނޭޝަނަލް އެއާޕޯޓުން ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، ބުދަ ދުވަހު ފަތިހު އެވެ.
ބޯޓަށް މިސައިލް އަރާ ވީޑިއޯ ފުރަތަމަ އާއްމުކޮށްފައި ވަނީ ނިއު ޔޯކް ޓައިމްސް އާއި ސީއެންއެން އިންނެވެ. ކެނެޑާ، އެމެރިކާ އަދި އިނގިރޭސިވިލާތުގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައި ވަނީ އިންޓަލިޖެންސުން ދައްކާ ގޮތުގައި ބޯޓަށް މިސައިލެއް އަރާފައިވާ ކަމަށެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި އެއްޗެއް ގޮވަނީ އީރާނުގެ ސިޓީއެއް ކަމަށްވާ ޕަރަންދުގެ މަތިންނެވެ. ނިއު ޔޯކް ޓައިމްސް އިން ބުނެފައި ވަނީ ބޯޓުން ސިގްނަލް ފޮނުވުން ހުއްޓުނީ އެހާ ހިސާބުންނެވެ. އޭގެ ފަހުން ވެސް ބޯޓު އުދުހި އަދި ފަހުން ވަނީ އެއާޕޯޓާ ދިމާލަށް މިސްރާބު ޖަހާފައި ކަމަށް ނޫހުން ބުނެފައިވެ އެވެ. ގަދަ އަަޑުފައްގަނޑަކާ އެކު ބޯޓު ގޮވައި، ވެއްޓުނީ އޭގެ ފަހުންނެވެ.
We are analyzing this new video supposedly showing a mid-air explosion. By our initial estimation, the video shows an apartment block in western Parand (35.489414, 50.906917), facing northeast. This perspective is directed approximately towards the known trajectory of #PS752. pic.twitter.com/nDvjRIkFU4
— Bellingcat (@bellingcat) January 9, 2020
ސީއެންއެން އަށް އެ ވީޑިއޯ ފޮނުވާފައި ވަނީ އިންޓަނެޓް ރިސާޗަރެއްގެ ފަރާތުންނެވެ. އެ ވީޑީއޯ، އެ ފަރާތަށް ލިބިފައި ވަނީ ޕަރަންދުގެ ރައްޔިތުންގެ ފަރާތުން ކަމަށް ބުނެފައިވެ އެވެ. ވީޑިއޯ ރެކޯޑް ކުރީ ކިހިނެއް ކަމެއް ނޭނގެ އެވެ. ނަމަވެސް އިންވެސްޓިގޭޓިވް ޖާނަލިޒަމް ވެބްސައިޓަކުން ބުނެފައި ވަނީ ދެ މިސައިލެއް ފުރަތަމަ ފޮނުވާލާފައިވާ ކަމަށް ބެލެވޭ ކަމަށެވެ. ފުރަތަމަ މިސައިލް ފޮނުވާލުމުން އެ މީހާ ވީޑިއޯ ކުރަން ފެށީ ކަމަށް ބެލެވޭ ކަމަށް ވެސް ބުނެފައިވެ އެވެ. ނިއު ޔޯކް ޓައިމްސް އިން ބުނީ އެ މީހާ ރެކޯޑް ކުރަން ފެށީ "އަޑުފައްގަނޑެއް" އިވެން ފެށުމުން ކަމަށެވެ.
ޔޫކްރޭނުގެ މަތިންދާ ބޯޓު ވެއްޓުނީ އީރާނުން ފޮނުވާލި މިސައިލެއް އަރައިގެން ކަމަށް ބެލެވޭ ކަމަށް އެމެރިކާގެ މީޑިއާތަކުން ވެސް ކުރިން ވަނީ ބުނަން ފަށައިފި އެވެ.
އެމެރިކާގެ އިންޓަލިޖެންސް އޮފިޝަލުންނާ ހަވާލާދީ ސީބީއެސް އިން ބުނީ ޔުކްރޭން އިންޓަނޭޝަނަލް އެއާލައިންސްގެ ބޯއިން 737-800 ގެ ބޯޓަށް އީރާނުގެ މިސައިލެއް އަރައިފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
ވެއްޓުނު ޔުކްރޭން އެއާލައިންސްގެ ބޯޓުގެ ބައިތައް: ބޯޓުން ދަތުރުކުރި 176 މީޙުން ވަނީ މަރުވެފއި. --ފޮޓޯ:އޭއެފްޕީ
ބޯޓު ވެއްޓުމުގެ ހާދިސާގައި ބޯޓުން ދަތުރުކުރި 176 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި އީރާނުގެ 82 މީހުންނާއި ކެނެޑާގެ 63 މީހުން އަދި ޔުކްރޭނުގެ 11 މީހުން ހިމެނެ އެވެ. ބޯޓު ވެއްޓުނީ ތެހެރާނުގެ އިމާމް ޚުމައިނީ އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ އެވެ.
ޔުކްރޭނުން ކުރިން ބުނެފައި ވަނީ ބޯޓު ވެއްޓުނީ މިސައިލެއް އަރައިގެން ކަމަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް އީރާނުން ބުނެފައި ވަނީ އެފަދަ ކަމެއް ނުހިނގާ ކަމަށެވެ. ޔޫކްރޭނުގެ ބޯޓު ވެއްޓުނީ އިރާގުގައި އެމެރިކާ ސިފައިން ތިބޭ މަރުކަޒުތަކަށް އީރާނުން މިސައިލް ހަމަލާތައް ފޮނުވާލިތާ ވަގުތުކޮޅެއް ފަހުންނެވެ.
ޕެންޓަގަން އާއި އެމެރިކާގެ އިންޓަލިޖެންސް އޮފިޝަލުން އަދި އިރާގުގެ އިންޓަލިޖެންސް އޮފިޝަލުންނާ ހަވާލާދީ ނިއުސްވީކުން ބުނެފައި ވަނީ ޔުކްރޭނުގެ ބޯޓަށް އަރާފައި ވަނީ ރަޝިޔާގައި އުފައްދާފައިވާ ޓޯ އެމް-1 ބިމުން ޖައްވަން ފޮނުވާލާ މިސައިލެއް ކަމަށެވެ. ރަޝިޔާއަކީ އީރާނަށް ހަތިޔާރު ސަޕްލައިކޮށްދޭ ގައުމެކެވެ. ޕެންޓަގަންގެ އޮފިޝަލުން ނިއުސްވީކަށް ބުނެފައި ވަނީ އެއީ އެކްސިޑެންޓަކުން ހިނގި ކަމެއް ކަމަށެވެ.
އެމެރިކާގެ އޮފިޝަލުން ރޮއިޓާސް އަށް ބުނެފައި ވަނީ ބޯޓު ވެއްޓުމުގެ ކުރިން ދެ މިސައިލް ފޮނުވާލިކަން އެމެރިކާގެ ސެޓެލައިޓްތަކުން ޑިޓެކްޓްކޮށްފައިވާ ކަމަށެވެ.
އީރާނުގެ އޮފިޝަލުން ބުރާސްފަތި ދުވަހު ބުނެފައި ވަނީ ބޯޓު ވެއްޓުމުގެ ކުރިން އަލިފާން ރޯވި ކަމަށާ އަދި ބޯޓު އަނބުރާ ޖައްސަން މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް ޕައިލެޓުން އެހީއަށް އެދި އަންގައިފައެއް ނުވެ އެވެ.
އީރާނުން ބުނެފައި ވަނީ ބޯޓުގެ ކަޅުފޮށި، ތަހުގީގަށް އެމެރިކާއާ ހަވާލު ނުކުރާނެ ކަމަށެވެ.
އީރާނުން ވައްޓައިލި ބޯޓުގެ މީހުންނަށް 84 މިލިއަން
ބޯޓުން މަރުވި ކޮންމެ މީހެއްގެ އާއިލާއަށް ބަދަލު
ޔުކްރޭނުގެ ބޯޓު ވެއްޓުނީ "ހެދުނު ގޯހަކުން": އީރާން
"ބޯޓު ވައްޓާލި ސަބަބު ސިފައިން ސާފުކޮށްދޭން ޖެހޭނެ"
މިސައިލް އަރާ މަންޒަރު ވީޑިއޯ ކުރި މީހާ ހައްޔަރުކޮށްފި
ބޯޓު ވައްޓާލުމާ ގުޅިގެން ބައެއް މީހުން ހައްޔަރުކޮށްފި
އީރާނަށް ގޮތެއް ނިންމަން ލިބުނީ 10 ސިކުންތު
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް
ސައޫދީ-އީރާން ގުޅުން، އެމެރިކާ އަށް ލަދެއް
ރަޝިޔާއާ ގުޅުން ބަދަހިކުރަން ހުއްދައެއް ބޭނުމެއް ނޫން