މާދަމާ ފަށާ ދިރާސީ އާ އަހަރުގެ ކިޔެވުމަށް މަރުހަބާ ވިދާލުވެ، ދަރިވަރުންނަށް ހިތްވަރުު ދެއްވުމުގެ މެސެޖަކާ އެކު، މިނިސްޓަރުން 19 އަތޮޅަކަށް ވަޑައިގަންނަވަން ނިންމައިފި އެވެ.
11 ޖެނުއަރީ 2020
މާދަމާ ފަށާ ދިރާސީ އާ އަހަރުގެ ކިޔެވުމަށް މަރުހަބާ ވިދާލުވެ، ދަރިވަރުންނަށް ހިތްވަރުު ދެއްވުމުގެ މެސެޖަކާ އެކު، މިނިސްޓަރުން 19 އަތޮޅަކަށް ވަޑައިގަންނަވަން ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނީ ކުދިންނަށް ހިތްވަރު ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމާ އެކު، ފައްޓަވާ މި ހަރަކާތުގައި، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މާދަމާ ބާއްވާ އެސެމްބްލީތަކުގައި މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން، 19 އަތޮޅުގެ ތެރެއިން ކޮންމެ އަތޮޅަކުން ވެސް އެއް ސްކޫލެއްގައި ބާއްވާ އެސެމްބްލީގައި މިނިސްޓަރުން ވާހަކަ ދައްކަވާ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހަމަޖައްސައިފަ އެވެ.
އެ ހަަރަކާތުގައި، ރާއްޖޭގެ 19 އަތޮޅުގެ ސްކޫލުތަކަށް މިނިސްޓަރުން ޒިޔާރަތް ކުރައްވައި، މަދްރަސީ ދައުރަކީ މަސައްކަތުގެ މާހައުލަށް ނުކުތުމުގެ ކުރިން މުސްތަގުބަލަށް އެޅޭ މުހިއްމު ބިންގަލެއް ކަމުން، ކުރިއަށް ދާނެ ދާއިރާއެއް އިހުތިޔާރު ކުރުމުގައި ވިސްނުންތެރިކަމާ އެކު، މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެ ވަޑައިގަންނަވާނެ އެވެ.
"ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ އެންމެ މުހިއްމު އެއްބައި ކަމަށްވާ ހުރިހާ ކުދިން ޝާމިލް ކުރުމުގެ ސިޔާސަތުގެ ތެރެއިން ހުރިހާ ދަރިވަރުންނަށް ވެސް ތައުލީމު ހާސިލް ކުރުމުގައި ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމުގެ މުހިއްމު ކަމުގެ އިތުރުން ތައުލީމީ މަންހަޖުގެ ތެރޭގައި އިސްލާމީ އަގީދާ ކުރިއެރުވުމާއި މަދަރުސީ ދައުރު ނިމޭ ކޮންމެ ކުއްޖަކީ، އެ ކުއްޖަކު ކުރިއަރަން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމުގެ މަގުފަހި ކޮށްދީ، ސްކޫލު ނިންމާއިރު ދިރިއުޅުމަށް ތައްޔާރުވެފައިވާ ދަރިވަރަކަށް ހެދުމުގެ އިތުރުން މުޖުތަމައުގެ ތެރޭގައި ބައިވެރިވުން އޮތް ޒުވާނަކަށް ހެދުމުގެ މުހިއްމު ކަމުގެ މައްޗަށް ވަޒީރުންގެ ވާހަަކަފުޅުގައި އަލިއަޅުއްވާ ލައްވާނެ އެވެ،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
ރާއްޖޭގެ ތައުލީމީ ނިޒާމު ހަރުދަނާ ކުުރުމަށްޓަކައި ސަރުކާރުން މިިދިޔަ އަހަރު ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. މި އަހަރު ހޯދުނު ކާމިޔާބީތަކުގެ ތެރޭގައި، ސްކޫލުތަކަށް ގާބިލް ޓީޗަރުން ހޯދުމާއި ތައުލީމީ މަންހަޖު މުރާޖައާ ކުރުމުގެ އިތުރުން ފޮތްތައް ފޮނުވުން ހިމެނެ އެވެ.
މިނިސްޓްރީން ބުނިގޮތުގައި، ކުދިންގެ ކިބައިގައި ރީތި ސިފަތައް އަށަގަންނުވައި، އެ ކުދިންނަކީ މުޖުތަމައުގެ ލާބަ އާއި މަންފާ ހޯދައިދޭނެ ހަރުދަނާ ބަޔަކަށް ހެދުމަކީ ވެސް ސަރުކާރުގެ ތައުލީމީ ސިޔާސަތުގައި ހާއްސަ އިސްކަމެއް ދީފައިވާ މުހިއްމު ކަމެކެވެ.
ދޮޅު މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު މާދަމާ ކިޔެވުން ފަށަނީ، އިންޓަނޭޝަނަލް ސްކޫލުތައް ވެސް ހިމަނައިގެން 83،000 އެއްހާ ދަރިވަރުންނާ އެކުގަ އެވެ.
ދަރިވަރުންގެ ހަޔާތުން އަހަރެއް ގެއްލުނީތަ؟ ނޫން!
އޯވަލޯޑު ނުވާނެ ގޮތަކަށް ހަރަކާތްތައް ބާއްވަން އެދިއްޖެ
ދިރާސީ ކަލަންޑަރާ ހިލާފަށް ކިޔަވައިދިނުން މަނާ!
މޮޅު ދަރިވަރަކަށް ވާން އުގެއިލް ދޭ ފަސް ޓިޕްސް
ބޮޑުޗުއްޓީ ބަދަލުކުރަން ބޭނުން ނަމަ ސަރުކާރުން ވިސްނާނެ
ދިރާސީ އާ އަހަރުގެ އެކަޑެމިކް ކަލަންޑަރު ނެރެފި
އިތުރުކުރި ހަ މަހުގެ ބޭނުން ނުހިފި ބޭކާރު؟
ތައުލީމީ އާ ބަދަލު: ރަނގަޅުތަ؟
ދިރާސީ އަހަރަށް ގެނައި ބަދަލު ދާއިމީކުރާނެތޯ ބަލަނީ
އާ އަހަރުގެ ކިޔެވުން އޮގަސްޓް މަހު ފެށޭތޯ ބަލަނީ