12 ޖެނުއަރީ 2020
މި އަހަރު އަލަށް ކިޔަވައިދޭން ފެށި އިއްޒުއްދީން ސްކޫލުގެ ދަރިވަރުންނަށް މެންދުރުގެ ކެއުން ދޭން ނިންމައިފި އެވެ. އެކަމަކު، ނާސްތާއާ ޚިލާފަށް މި ސްކޫލްގެ ކުދިންނަށް މެންދުރުގެ ކެއުން ހަމަޖައްސާނީ ކުދިންގެ ބެލެނިވެރިންނެވެ.
މި އަހަރު އަލަށް ކިޔަވައިދޭން ފެށި އިއްޒުއްދީން ސްކޫލުގެ ދަރިވަރުންނަށް މެންދުރުގެ ކެއުން ދޭން ނިންމައިފި އެވެ. އެކަމަކު، ނާސްތާއާ ޚިލާފަށް މި ސްކޫލްގެ ކުދިންނަށް މެންދުރުގެ ކެއުން ހަމަޖައްސާނީ ކުދިންގެ ބެލެނިވެރިންނެވެ.
ކުރީގެ އެމްއީއެސް އިމާރާތުގައި ސްކޫލު ހުޅުއްވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ އިއްޒުއްދީން ސްކޫލަކީ އެތައް ގޮތަކުން ގަދަރު އުފުލިގެންދާނެ ސްކޫލަކަށް ވާނެ ކަމަށެވެ. އަދި އެއީ ސަރުކާރުގެ ވައުދުގެ ތެރޭގައި ހިމެނޭ އެއްދަންފަޅި އަށް ސްކޫލުތައް ބަދަލުކުރުމުގައި އާ ފެށުމަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.
ސަރުކާރުގެ 212 ސްކޫލުގައި މިދިޔަ އަހަރުން ފެށިގެން އަންނަނީ ނާސްތާ ދެމުންނެވެ. އޭގެ ތެރެއިން 150 ސްކޫލެއްގައި އެއްދަންފަޅިއަށް ކިޔަވައިދެ އެވެ. ނަމަވެސް އެއިން އެއްވެސް ސްކޫލެއްގައި މެންދުރުގެ ކެއުމެއް ނުދެ އެވެ.
ރައީސް ވިދާޅުވީ އިއްޒުއްދީންގެ ދަރިވަރުން ހެނދުނުގެ ކިޔެވުން ފަށާނީ ނާސްތާ އަށް ފަހު ކަމަށެވެ. އޭގެ ފަހުން އެސެމްބަލީ އަށް ފަހު ކިޔެވުން ފަށައި މެންދުރު ނަމާދު ވަގުތު ޖެހުމުން، އެ ހުރިހާ ދަރިވަރުން ސްކޫލުގައި ނަމާދު ކުރާނެ އެވެ. މެންދުރުގެ ކެއުން އޮންނާނީ އޭގެ ފަހުން ކަމަށާއި އޭރަށް ދަރިވަރުން ތިބޭނީ ގެއަށް ދާން ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ވިދާޅުވި އެވެ.
އިއްޒުއްދީން ސްކޫލު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ރައީސް މިއަދު ވިދާޅުވީ، މެންދުރުފަހު އޮފީސް ނިންމާލާފައި ދަރިވަރުން ބަލާ އަންނައިރު ހުންނާނީ އިތުރު ހަރަކާތްތަކާއި ކުޅިވަރު ވެސް ނިންމާލާފައި ކަމަށާއި އޭރުން ސްކޫލަށް ދެން އިތުރަށް ދާން ނުޖެހޭނެ ކަމަށެވެ.
"މި ބަދަލުގެ ސަބަބުން ކުދިންނަށް ވެސް އަދި ޓީޗަރުންނަށް ވެސް ފައިދާވާނެ. މި ސްކޫލުގެ ހުރިހާ ކަމެއް ވެސް އިންތިޒާމް ކުރެވިފައި ހުންނާނީ އަމިއްލަ ނަފްސާއި މުޖުތަމައުގެ ކުރިއެރުމަށާއި ތިމާގެ ގައުމުގެ ހެވާއި ލާބަ އަށް މަސައްކަތްކުރާ އަދި 21 ވަނަ ސައްތައިގެ އީޖާދީ ދިރިއުޅުމަށް ލޯތަކާއި ސިކުނޑިތައް ފައްކާވެފައިވާ ދަރިވަރުންތަކެއް ބިނާކުރުމަށް،" ނައިބު ރައީސް ފައިސަލް ނަސީމާއި އެޑިއުކޭޝަން މިނިސްޓްރީގެ ވެރިން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިއްޒުއްދީންގެ ދަރިވަރުން ހެނދުނުގެ ކިޔެވުން ފަށާނީ ނާސްތާ އަށް ފަހު ކަމަށެވެ. އޭގެ ފަހުން އެސެމްބްލީ އަށް ފަހު ކިޔެވުން ފަށައި މެންދުރު ނަމާދު ވަގުތު ޖެހުމުން، އެ ހުރިހާ ދަރިވަރުން ސްކޫލުގައި ނަމާދު ކުރާނެ އެވެ. މެންދުރުގެ ކެއުން އޮންނާނީ އޭގެ ފަހުން ކަމަށާއި އޭރަށް ދަރިވަރުން ތިބޭނީ ގެއަށް ދާން ފުރިހަމަ އަށް ތައްޔާރުވެފައި ކަމަށް ވިދާޅުވި އެވެ.
އިއްޒުއްދީނަށް ދަރިވަރުން ބަހާލާފައިވަނީ، ކްލާސްރޫމަކަށް 25 އަށްވުރެ ދަރިވަރުން އިތުރު ނުވާނެ ގޮތަކަށެވެ. މިއީ، ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރު ސްކޫލެއްގައި މިގޮތަށް އިންތިޒާމްކުރާ ފުރަތަމަ ފަހަރެވެ. ބޭނުމަކީ ދަރިވަރުންނަށް ކިޔަވއި ދިނުމާއި ރީތި އަހުލާގާއި ހުނަރުވެރިކަމާއި ފަންނުވެރިކަން ކުރިއެރުވުމަށް މަގުފަހިކޮށްދިނުން ކަމަށާއި އެކަމުގެ ހެޔޮ ބަދަލު ދަރިވަރުންގެ ކިބައިން ފެންނާނެ ކަމަށް ވިދާޅުވި އެވެ.
ގިނަ ކުދިންތަކެއް އެއްތަނެއްގައި ތިބެގެން ކިޔަވަނީ އެއް ކުއްޖަކު އަނެއް ކުއްޖަކަށް އޯގާތެރިވާން ދަސްކޮށް އެކަކު އަނެކަކަށް އިހުތިރާމްކުރާނެ ގޮތް ދަސްކުރުން ކަމަށް ވެސް ވިދާޅުވި އެވެ.
"ކޮންމެ ކުއްޖެއްގެ އަޒުމަކަށް ވެސް ހަދަންވީ ކޮންމެ ދުވަހަކު ވެސް އެހެން ކުއްޖަކަށް ކޮންމެވެސް ރަނގަޅު ކަމެއް ކޮށްދިނުން. އެހެން ކުދިންނާ ބައްދަލުކުރާއިރު އަބަދު ވެސް އުފާވެރިކަމާއެކު ހިނިތުންވުމާއެކު ބައްދަލުކުރަން. ކޮންމެ ދުވަހަކު ވެސް އެހެން ކުއްޖަކަށް ކޮންމެ ވެސް ރަނގަޅު ކަމެއްގައި އެހީތެރިވެދޭ. ސްކޫލުގެ ތެރޭގައި ތިބޭއިރު ތިޔަ ކުދިންނަކީ އެއް އާއިލާއެއް،" ރައީސް ވިދާޅުވި އެވެ.
އިއްޒުއްދީން ސްކޫލު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލުގެ ދަރިވަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އެމަނިކުފާނު ވިދާޅުވީ މިދިޔަ އަހަރަކީ ތައުލީމީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް އައި އަހަރެއް ކަމަށެވެ. ކިޔަވައިދިނުމަށާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދީގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނުއިރު، މަތީ ތައުލީމުގެ ދާއިރާއިން ދަރިވަރުންނަށް، ހާއްސަކޮށް ޑިގްރީ ހިލޭ ކިޔެވުމާއި މަތީ ތައުލީމްގެ ލޯނުގެ ގިނަ ފުރުސަތުތައް ފަހިކޮށްދެވުނުކަން ފާހަގަކުރެއްވި އެވެ.
ތައުލީމީ ދާއިރާއިން މިއަހަރަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، ރަށްރަށުގައި ހުރި ސްކޫލުތަކުގެ އުމްރާނީ މަސައްކަތާއި ވަސީލަތްތައް ހަމަކުރުމަށް 320 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެ އެވެެ. ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އެޅުމަށް 66 މިލިއަން ރުފިޔާ އަދި ހުޅުމާލޭގައި އާ ސްކޫލެއް އަޅަން 54 މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނައިިފަ އެވެ.
"ކޮންމެ ކުއްޖެއްގެ އަޒުމަކަށް ވެސް ހަދަންވީ ކޮންމެ ދުވަހަކު ވެސް އެހެން ކުއްޖަކަށް ކޮންމެވެސް ރަނގަޅު ކަމެއް ކޮށްދިނުން. އެހެން ކުދިންނާ ބައްދަލުކުރާއިރު އަބަދު ވެސް އުފާވެރިކަމާ އެކު، ހިނިތުންވުމާ އެކު، ބައްދަލުކުރަން. ކޮންމެ ދުވަހަކު ވެސް އެހެން ކުއްޖަކަށް ކޮންމެ ވެސް ރަނގަޅު ކަމެއްގައި އެހީތެރިވެދޭ. ސްކޫލުގެ ތެރޭގައި ތިބޭއިރު ތިޔަ ކުދިންނަކީ އެއް އާއިލާއެއް: ރައީސް
މި އަހަރަށް 37.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާއިރު، އޭގެ ތެރެއިން 21 ޕަސެންޓު ކަނޑައަޅާފައިވަނީ ތައުލީމީ ދާއިރާއަށެވެ. އެއީ 4.4 ބިލިއަން ރުފިޔާ އެވެ.
ސްކޫލުގައި ޓީޗަރުންނަކީ ދަރިވަރުންގެ މައިންބަފައިންކަމަށާއި އެމީހުން ދަރިވަރުންނަށް ދުވަހަކު ވެސް ނުބައި ނަސޭހަތެއް ނުދޭނެ ކަމަށް ވިދާޅުވި އެވެ. އެހެންވެ ޓީޗަރުންގެ ނަސޭހަތް އަޑުއެހުމަށް ރައީސް ވަނީ ރާއްޖޭގެ ހުރިހާ ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
އިއްޒުއްދީން ސްކޫލު، ރައީސް ހުޅުއްވައިދެއްވައިފި
ނާސްތާ ދިނުމާ މެދު ތަފާތު ހިޔާލުތަކެއް!
ދިރާސީ އާ އަހަރުގެ ކިޔެވުމާއެކު ނާސްތާ ދޭން ފަށާނެ
އާ އުއްމީދުތަކާ އެކު ދިރާސީ އާ އަހަރެއް!
ބޮޑުޗުއްޓީ ބަދަލުކުރަން ބޭނުން ނަމަ ސަރުކާރުން ވިސްނާނެ
ސްކޫލު ބަންދުވާއިރަށް ފޮތްތައް ލިބޭނެ: މިނިސްޓަރު
އިތުރުކުރި ހަ މަހުގެ ބޭނުން ނުހިފި ބޭކާރު؟
ތައުލީމީ އާ ބަދަލު: ރަނގަޅުތަ؟
ތައުލީމީ އާ އަހަރު، އާ އުއްމީދުތަކަކާ އެކު
ނާސްތާ ޕްރޮގްރާމް: ރަނގަޅު ސިއްހަތުގެ ކުދިން އުފެދޭނެ