Roadha Mihaaru
އިއްޒުއްދީން ސްކޫލު، ރައީސް ހުޅުއްވައިދެއްވައިފި

އިއްޒުއްދީން ސްކޫލު، ރައީސް ހުޅުއްވައިދެއްވައިފި

12 ޖެނުއަރީ 2020

މާލޭގައި މިއަހަރު އަލަށް ކިޔަވައިދޭން ފެށި އިއްޒުއްދީން ސްކޫލު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުއްވައިދެއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގައި މިއަހަރު އަލަށް ކިޔަވައިދޭން ފެށި އިއްޒުއްދީން ސްކޫލު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުއްވައިދެއްވައިފި އެވެ.

އެއްދަންފަޅިއަށް ކިޔަވައިދޭ އެ ސްކޫލުން 200 އަށް ވުރެ ގިނަ ދަރިވަރުންނަށް ވަނީ ޖާގަ ދީފަ އެވެ. ސްކޫލުގައި ފުރަތަމަ ކިޔެވުން ފަށާނީ ގްރޭޑު 1-6 އަށެވެ. ނަމަވެސް ކޮންމެ އަހަރަކު އާ ގްރޭޑެއް ތައާރަފް ކުރަމުން ގޮސް ގްރޭޑް 10އާ ހަމައަށް ކިޔަވައިދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޒުއްދީން ސްކޫލު ހުޅުވައިދެއްވާއިރު، ނައިބު ރައީސް ފައިސަލް ނަސީމް އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެމަނިކުފާނުގެ އަރިހުގައި މަޑުކޮށްލައްވައިގެން-.- ފޮޓޯ: ރައީސް އޮފީސް

އެ ސްކޫލު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވި ގޮތުގައި އިއްޒުއްދީން ސްކޫލުގެ ނަން ނިސްބަތްވަނީ ހޮޅީންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވި އައްސުލްތާނުލް ޣާޒީ ހަސަން އިއްޒުއްދީން ސިރީކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނަށެވެ.

ކުރީގެ އެމްއީއެސް އިމާރާތުގައި ހެދި ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އިއްޒުއްދީން ސްކޫލަކީ، ކުރިއަށް އޮތް މަދު އަހަރުތަކުގެ ތެރޭގައި މި ސަރަހައްދުގައި ވަރުގަދަ ސްކޫލަކަށް ވެގެންދާނެ ކަމަށެވެ.