މި އަހަރު ރާއްޖޭގެ ހުރިހާ ޝަރީއަތްތައް ވެސް އާއްމުކޮށް ހުޅުވާލައިގެން ބާއްވަން އެދިވަޑައިގަންނަވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސަން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
12 ޖެނުއަރީ 2020
މި އަހަރު ރާއްޖޭގެ ހުރިހާ ޝަރީއަތްތައް ވެސް އާއްމުކޮށް ހުޅުވާލައިގެން ބާއްވަން އެދިވަޑައިގަންނަވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސަން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުރިހާ ޝަރީއަތްތަކެއް އާއްމުކޮށް ހުޅުވާލައިގެން ބާއްވަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދޭންވާ ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ.
"އިތުބާރު ކުރެވޭނީ ހާމަކަން ބޮޑުކޮށްގެން،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ކުރެއްވި ދެ ވަނަ ޓްވީޓެއްގައި ވިދާޅުވީ ސިއްރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވާ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގެ ޝަރީއަތްތައް އަޑުއެހުމުގައި މިހާރަށް ވުރެ ބޮޑު އިދާރީ ލުއިތަކެއް ދޭން ޖެހޭ ކަމަށެވެ. އެގޮތުން ޝަރީއަތްތައް އަޑުއަހަން ވަންނަން ވަކި ގަޑިއެއްގެ ކުރިން ނަން ނޯޓް ކުރަން ޖެހޭ ގޮތަށް އޮންނަ އޮތުމާއި ޝަރީއަތް އަޑު އަހަން ވަނުމަށް ފަހު ނުނިކުމެވުން ފަދަ ކަންތައްތައް ނުވާނެ ގޮތަކަށް ބަދަލުވާން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"ނޫސްވެރިންނަށް އެމީހުންގެ އަމިއްލަ ނޯޓް ފޮތް ވެއްދެން ޖެހޭ،" މިހާރު އޮންނަ ގޮތުން ޝަރީއަތްތަކުގައި ނޫސްވެރިންނަށް ދިމާވާ އެއް މައްސަލަ ފާހަގަކުރައްވަމުން ޝަމީމް ވިދާޅުވި އެވެ.
ސިއްރުކުރަން ޤާނޫނުގައި ހުރި މައްސަލަ ފިޔަވައި، ޝަރީޢަތަށް ވަންނަން ވަކި ވަގުތެއްގެ ކުރިން ފޯމު ފުރުމާއި، ވަނުމަށްފަހު ނުނިކުމެވުން ފަދަ ކަންކަން ނުވާނެ ގޮތަކަށް އިދާރީ ލުއިތަކެއް އޮންނަންޖެހޭ. ނޫސްވެރިންނަށް އެމީހުންގެ އަމިއްލަ ނޯޓުފޮތް ވެއްދެންޖެހޭ.
— Hussain Shameem (@HuShameem) January 12, 2020
ކޯޓުތަކުގެ ގަވައިދު އޮންނަ ގޮތުން، އާއްމުކޮށް ހުޅުވާލައިގެން ބާއްވާ ޝަރީއަތްތަކަށް ވަންނަން ދުރާލައި ނަން ނޯޓް ކުރަން ޖެހެ އެވެ. އެގޮތުން ބައެއް ފަހަރު އެތައް ގަޑިއިރެއް ކުރިން ނަން ނޯޓް ކުރަން ޖެހޭ ގޮތަށް ވެސް ބައެއް ކޯޓްތަކުން ހަމަޖައްސަ އެވެ. އިދާރީ ގޮތުން އޮންނަ އަނެއް ދައްޗަކީ ޝަރީއަތް އަޑު އަހަން ވަނުމަށް ފަހު، އަޑު އެހުން ނިމުމުގެ ކުރިން ނުކުތުމުގެ ހުއްދަ ނެތުމެވެ.
ރާއްޖޭގެ ކޯޓުތަކުގެ ޝަރީއަތުގެ މާލަންތައް މާ ކުޑަވުމުން ދިމާވާ ދަތިތަކެއް ވެސް ހުރެ އެވެ. ކުރިން ނަން ނޯޓު ކުރަން ޖެހެނީ ވެސް، އެ ދަތިތައް ހުންނާތީ ކަމަށް، ބައެއް ކޯޓުތަކުން ބުނެ އެވެ.
އެކަމަކު ނޫސްވެރިންނަށް ވަކި ޖާގަތަކެއް ކޯޓުތަކުން ހާއްސަކުރެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ވަޑައިގެންނެވި ފަހުން ޝަމީމް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ރައްޔިތުންގެ އިތުބާރު ހޯދައި، އަދުލު އިންސާފު ކަށަވަރު ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޝަމީމްގެ ވިސްނުން ޕްލީ ބާގެއިންއާ ދިމާއަށް
"ކަންބޮޑުވުމަކީ ޝަރީއަތްތައް ދިގުލައިގެން ދިއުން"
ޕީޖީ ޝަމީމް ވަކި ކުރުމުގެ ޖަލްސާ މިރޭ ބާއްވަނީ
ގެވެށިއަނިޔާ މައްސަލަ އަވަހަށް ނިންމަން މެސެޖް ފޮނުވަނީ
ކްރިމިނަލް ކޯޓު ހުއްޓުމުން ޕީޖީގެ ކަންބޮޑުވުން
ހެއްކާބެހޭ ގާނޫނުން ބޮޑު ބަދަލެއް އަންނާނެ: ޕީޖީ
"ޖަލުގެ ހާލަތު ބެލުމުން ފިޔަވަޅު އެޅުން އަވަސްވާނެ"
މަހްލޫފްގެ މައްސަލަ: މަސްލަހަތު ފުށުއަރާތަ؟
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ ދައުވާ އުފުލުން އިތުރުވެއްޖެ
އަލީ ފިލާފާނެތީ ޕާސްޕޯޓް ދޫނުކުރަން އެދުނިން: ޕީޖީ