ސްކޫލްތަކުގެ ކީ ސްޓޭޖް 1-4 އަށް ކިޔަވައިދޭ ބައެއް ފޮތްތައް ޑިޖިޓަލައިޒްކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
12 ޖެނުއަރީ 2020
ސްކޫލްތަކުގެ ކީ ސްޓޭޖް 1-4 އަށް ކިޔަވައިދޭ ބައެއް ފޮތްތައް ޑިޖިޓަލައިޒްކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ސްޓޭޓް މިނިސްޓަރު ފާތިމަތު ނަސީރު ވިދާޅުވީ ކޮންމެ ކީ ސްޓޭޖަކުން 10 ސްކޫލެއްގެ ފޮތްތައް ޑިޖިޓަލައިޒްކުރުމުގެ ޕައިލެޓް ޕްރޮގްރާމެއް ފަށާނެ ކަމަށެވެ.
ކީ ސްޓޭޖް އެކެއްގައި ހިމެނެނީ ގްރޭޑު 1،2،3 އެވެ. ކީ ސްޓޭޖް ދޭއްގައި ހިމެނެނީ ގްރޭޑް 6،5،4 އެވެ. ގްރޭޑް 7 އަދި 8 ކީ ސްޓޭޖް ތިނެއްގައި ހިމެނޭއިރު ކީ ސްޓޭޖް ހަތަރެއްގައި ހިމެނޭ ގްރޭޑުތަކަކީ 9،10 އެވެ.
އޭނާ ވިދާޅުވީ ފޮތްތައް ޑިޖިޓަލައިޒްކުރާނެ 10 ސްކޫލެއް މިހާރު ނިންމާފައިވާ ކަމަށެވެ.
"މި 40 ސްކޫލުގައި އަޅުގަނޑުމެން މިކަން ޕައިލެޓްކުރާނަން މި އަހަރު އިރާދަކުރެއްވިއްޔާ،" ފާތުން ވިދާޅުވި އެވެ.
ފޮތްތައް ޑިޖިޓަލައިޒްކުރުމުގެ މަގުސަދަކީ، ފާތުން ވިދާޅުވި ގޮތުގައި، އިންފޮމޭޝަން، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ (އައިސީޓީ) އަކީ މަންހަޖުގައި ވަރަށް މުހިއްމު ބަޔަކަށްވެފައި ދަރިވަރުންގެ އަތުގައި ހުރި ޓެބްލެޓްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމެވެ.
ސްކޫލުތައް ޑިޖިޓަލައިޒްކުރުމަށް 154 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބޮޑު މަޝްރޫއެއް ފެށި އެވެ. އެ މަޝްރޫއުގެ ދަށުން 70،000 އަށްވުރެ ގިނަ ޓެބްލެޓް ގެނެސް ދަރިވަރުންނަށް ބެހި ކަމުގައި ވިއަސް އެ އެއްޗެހީގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ނުހިފަ އެވެ.
އޯވަލޯޑު ނުވާނެ ގޮތަކަށް ހަރަކާތްތައް ބާއްވަން އެދިއްޖެ
ދިރާސީ ކަލަންޑަރާ ހިލާފަށް ކިޔަވައިދިނުން މަނާ!
މޮޅު ދަރިވަރަކަށް ވާން އުގެއިލް ދޭ ފަސް ޓިޕްސް
ބައެއް ރަށްރަށުގެ ކުދިންނަށް އަދި ފޮތްތައް ނުލިބޭ!
އާ އުއްމީދުތަކާ އެކު ދިރާސީ އާ އަހަރެއް!
ބޮޑުޗުއްޓީ ބަދަލުކުރަން ބޭނުން ނަމަ ސަރުކާރުން ވިސްނާނެ
ޕްރިންސިޕަލުން ވިދާޅުވަނީ މިއީ އާ ދިރުމެއް ކަމަށް!
ކިޔަވައިދޭނެ ވަގުތު އަދިވެސް ކަނޑައެއް ނޭޅޭ
ސްކޫލު ބަންދުވާއިރަށް ފޮތްތައް ލިބޭނެ: މިނިސްޓަރު
ދިރާސީ އާ އަހަރުގެ އެކަޑެމިކް ކަލަންޑަރު ނެރެފި