Roadha Mihaaru
ފާގަސަންގެ ރޯލު ބޮޑުކުރަން މޮރީނިއޯ އެދިއްޖެ

ފާގަސަންގެ ރޯލު ބޮޑުކުރަން މޮރީނިއޯ އެދިއްޖެ

04 އޮކްޓޯބަރ 2016

މެންޗެސްޓާ (އޮކްޓޫބަރު 4) - މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކޯޗު އެލެކްސް ފާގަަސަން އެ ޓީމުގައި މިހާރު އަދާކުރާ ރޯލު ބޮޑުކުރަން ޓީމުގެ މިހާރުގެ ކޯޗު ހޯސޭ މޮރީނިއޯ އެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (އޮކްޓޫބަރު 4) - މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކޯޗު އެލެކްސް ފާގަަސަން އެ ޓީމުގައި މިހާރު އަދާކުރާ ރޯލު ބޮޑުކުރަން ޓީމުގެ މިހާރުގެ ކޯޗު ހޯސޭ މޮރީނިއޯ އެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފާގަސަން ޔުނައިޓެޑްގެ ކޯޗުކަމުން ވަކިވީ 1986 އިން ފެށިގެން 2013 ވަަނަ އަހަރާ ހަމައަށް އެ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމަށް ފަހު އެވެ. ޔުނައިޓެޑުން ވަނީ ފާގަސަން އެ ކްލަބަށް ކޮށްދިން ހިދުމަތުގެ އަގުވަޒަންކޮށް ޔުނައިޓެޑްގެ ގްލޯބަލް އެމްބެސަޑަރެއްގެ ގޮތުގައި އޭނާ ހަމަޖައްސައިފަ އެވެ.

އެކަމަކު ފާގަސަންގެ ލަފާގެ މަތިން ޔުނައިޓެޑްގެ ކޯޗުކަމަށް 2013 ވަނަ އަހަރު ގެނައި ޑޭވިޑް މޮއިސް އަށް ކްލަބަށް ކާމިޔާބު ނުހޯދައިދެވުމުން ޔުނައިޓެޑްގައި ފާގަސަންގެ ރޯލު ވަނީ ކުޑަކޮށްފަ އެވެ. އަދި އޭގެ ފަހުން ޔުނައިޓެޑްގެ ކޯޗުކަމަށް ލުއީ ވެން ހާލް އާއި މޮރީނިއޯ ހަމަޖެއްސުމުގައި ޔުނައިޓެޑުން ފާގަސަންގެ ލަފާ ނުހޯދަ އެވެ.

މޮރީނިއޯ ވަނީ މިދިޔަ ހަފްތާގައި ޔުނައިޓެޑްގެ ޑިރެކްޓަރުންގެ ބޯޑާ ބައްދަލުކޮށް އެ ކްލަބަށް ކުރިން ހިދުމަތްކޮށްދިން ގިނަ ފަރާތްތަކުގެ ރޯލު ބޮޑުކުރުމަށް އެދިފަ އެވެ. އޭގެ ތެރޭގައި ފާގަސަންގެ އިތުރުން ބޮބީ ޗާލްޓަން އާއި ޑޭވިޑް ގިލް ހިމެނެ އެވެ.