15 ޖެނުއަރީ 2020
ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުދޭން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައިގައި މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުން ސިވިލް ކޯޓުން ކެންސަލް ކޮށްފި އެވެ.
ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުދޭން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައިގައި މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުން ސިވިލް ކޯޓުން ކެންސަލް ކޮށްފި އެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާ އެކު 2011 ވަނަ އަހަރު ސަރުކާރުން ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލައިގައި ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޭން ކުރި ހުކުމް ސުޕްރީމް ކޯޓުން މިދިޔަ އަހަރު އޮތީ ދަމަހައްޓައިފަ އެވެ.
އެ ހުކުމާ އެއްގޮތަށް ފައިސާ ނުލިބޭތީ ހުކުމް ތަންފީޒު ކުރަން ދީބާޖާ އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން މިއަދު ހެނދުނު ބާއްވަން ހަމަޖެއްސުމަށް ފަހު ކެންސަލްކުރި އިދާރީ ކަމަކާ ގުޅިގެންނެވެ.
ދީބާޖާ އަށް ބަދަލުދޭން ކުރި ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދަނިކޮށް، ސަރުކާރުން މިހާރު ވަނީ ކޯޓުން ބޭރުގައި އެ ކުންފުންޏާ އެކު މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޭން އެއްބަސްވެފަ އެވެ. އެކަމަކު އެ ފައިސާ ވެސް މިހާތަނަށް ނުދޭތީ ދީބާޖާ އިން ދަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ދީބާޖާ އަށް ބަދަލު ދޭން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން 2018 ވަނަ އަހަރު ބާތިލްކުރި އެވެ. އެކަމަކު ހައި ކޯޓުން އެ މައްސަލަ ބަލައިގަނެފައި އޮތީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ކަމަށް ވާތީ ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައިފަ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމް މުރާޖައާ ކުރަން ހުށަހަޅާނެ ކަމަށް ސަރުކާރުން ކުރިން ބުންޏަސް، ފަހުން ބުނެފައިވަނީ އެކަން ކުރަން ހުށަހެޅޭނެ ސަބަބެއް ނެތް ކަމަށެވެ.
ދީބާޖާގެ މައްސަލަ ސުޕްރީމް ކޯޓުން ހުކުމާ ހަމައަށް
ދީބާޖާގެ މައްސަލަ: ދައުލަތުން އުޅެނީ ކަންކަން ފޮރުވަން
ދީބާޖާ އަށް ބަދަލު ދޭ ހުކުމް ބާތިލްކޮށްފި
ސަރުކާރުން ދީބާޖާއާ އެކު މަޝްވަރާ ފަށައިފި
ނަގައިދިނީ ސަރުކާރަށް ތަސައްވުރުކުރެވޭ ބަދަލެއް: ދީބާޖާ
ދީބާޖާއަށް ފައިސާ ދޭންޖެހޭނީ ހަ މަސް ތެރޭ: ދައުލަތް
ދީބާޖާގެ ފެށުމާއި ނިމުން: ހުސް ސުވާލު!
ދީބާޖާ މައްސަލައިގެ ހުކުމް ތަންފީޒު މަރުހަލާ ފަށަނީ
ދީބާޖާ އެއްބަސްވުން ބާތިލްކުރުން ގޯސް، ބަދަލު ހައްގު
ދީބާޖާއަށް ބަދަލު ދިނުމުގެ މައްސަލާގެ ހުކުމް މާދަމާ