Roadha Mihaaru
ވިސްނުމަކީ ކުޅުދުއްފުށީގައި އާ ހޮސްޕިޓަލެއް އެޅުން

ވިސްނުމަކީ ކުޅުދުއްފުށީގައި އާ ހޮސްޕިޓަލެއް އެޅުން: ރައީސް

16 ޖެނުއަރީ 2020

މި ސަރުކާރުގެ ވިސްނުމަކީ ހދ. ކުޅުދުއްފުށީގައި އާ ހޮސްޕިޓަލެއް އިމާރާތް ކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި ސަރުކާރުގެ ވިސްނުމަކީ ހދ. ކުޅުދުއްފުށީގައި އާ ހޮސްޕިޓަލެއް އިމާރާތް ކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ދިމާކޮށް، އެމްޑީޕީން ތިލަދުއްމައްޗަށް ކުރަމުން އަންނަ ކެމްޕެއިން ދަތުރުގެ ތެރެއިން، ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، އެ ރަށުގައި މިހާރު ހުރި ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަން ސަރުކާރުން ބޭނުންވާ ކަމަށެވެ. ނަމަވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މިހާރު ހުރި ފެންވަރަކުން އެކަމެއް ނުވާނެ ކަމަށް ވިދާޅުވި އެވެ.

"މިހާރު ހުރި ހޮސްޕިޓަލަކުން އެކަމެއް ނުވާނެ. އަޅުގަނޑުމެންނަށް އެނގޭ. އަޅުގަނޑުމެންގެ ވިސްނުމަކީ މި ރަށުގައި އަލުން ހޮސްޕިޓަލެއް އަޅައި ތިޔަބޭފުޅުން ބޭނުންވާ ހިދުމަތްތައް އެ ތަނުން ލިބޭ ގޮތަށް ބަދަކުރުން،" ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މިނިސްޓަރުންނާއި މަޖިލީހުގެ މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ރައީސް ވިދާޅުވީ، ކުޅުދުއްފުށީ އާ ހޮސްޕިޓަލް ވާނީ ހަމައެކަނި އެ ރަށުގެ ރައްޔިތުންނަށް ހިދުމަތް ދޭ ތަނަކަށް ނޫން ކަމަށެވެ. ތިލަދުއްމައްޗާއި ކުޅުދުއްފުއްޓާ ކައިރި ސަރަހައްދުތަކުގެ ހުރިހާ ރައްޔިތުންނަށް އެތަނުގެ އެހީ އާއި ހިދުމަތްތައް ލިބޭނެ ޕްލޭނެއް އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީން ކުޅުދުއްފުށީގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ.

އެމްޑީޕީން ކުޅުދުއްފުށީގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ.

ކޮންމެ ދުވަހަކު ވެސް އެތައް ސަތޭކަ ބަޔަކު ދާ ކުޅުދުއްފުށީ ހޮސްޕިޓަލްގެ ޚިދުމަތްތަކުގެ ފެންވަރު ދަށްކަމުގެ ޝަކުވާ ކުރާތާ އެތައް ޒަމާނެވެ. އެކަށީގެންވާ ފަރުވާއެއް ނުލިބި، އެ ހޮސްޕިޓަލުގެ ހާލަތު ދިޔައީ ދަށަށެވެ.

"މިހާރު ހުރި ހޮސްޕިޓަލަކުން އެކަމެއް ނުވާނެ. އަޅުގަނޑުމެންނަށް އެނގޭ. އަޅުގަނޑުމެންގެ ވިސްނުމަކީ މި ރަށުގައި އަލުން ހޮސްޕިޓަލެއް އަޅައި ތިޔަބޭފުޅުން ބޭނުންވާ ހިދުމަތްތައް އެ ތަނުން ލިބޭ ގޮތަށް ބަދަކުރުން،" ރައީސް

ކުރީގެ ރައީސް އަބްދުުﷲ ޔާމީންގެ ސަރުކާރުގައި ވެސް ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ހިންގަން އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެންއައިއައިއާ) އަށް 50 އަހަރަށް ހަވާލުކުރި އެވެ. ނަމަވެސް އެ ކުންފުނީގެ ދެ ހިއްސާދާރުންގެ މެދުގައި އުފެދުނު މައްސަލަތަކާ ހެދި އެއްބަސްވުމާ އެއްގޮތަށް ހޮސްޕިޓަލް ނުހިންގުމުން އެންމެ ފަހުން އެތަން ހިންގަން ފެށީ ހެލްތު މިނިސްޓްރީންނެވެ.

ނަމަވެސް އެންއައިއައިއާ އެކު ދިވެހި ސަރުކާރުން ހެދި އެއްބަސްވުން އަދިވެސް އުވައެއް ނުލަ އެވެ.

މި ސަރުކާރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެފައި ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން އެންއައިއާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްފި ނަމަ ސަރުކާރުން ބަދަލުދޭން ޖެހޭ ކަމަށެވެ. އެހެންވެ، މައްސަލަ އަށް ހައްލެއް ހޯދުމުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެ އެވެ.

"ސަރުކާރުން ކަށަވަރުކޮށްދޭ ކަމަކީ ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުވާނެ ކަން. މައްސަލަ ކޮންމެ ގޮތަކަށް ދިޔަ ނަމަވެސް ހޮސްޕިޓަލްގެ ތަރައްގީ އަށް ބަދަލެއް ނާންނާނެ،" މިދިޔަ އަހަރުގެ ޖެނުއަރީ މަހު އަމީން ވިދާޅުވެފައި ވެ އެވެ.

އޭނާ އެހެން ވިދާޅުވިތާ އަހަރެއް ވީއިރު ވެސް އެންއައިއައިގެ އެއްބަސްވުން އުވައެއް ނުލަ އެވެ. އަދި ހައްލެއް ވެސް ނުހޯދެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވި ގޮތުގައި، ދާދި ފަހުން ސިޓީއެއްގެ ދަރަޖަ ދިން ކުޅުދުއްފުށި، އިގުތިސޯދީ ހަބެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ރާވައިފަ އެވެ. ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް ވަރަށް އަވަހަށް ހައުސިން ޔުނިޓުތަކަށް ވަދެވޭވަރު ކުރާނެ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން ރަށުގެ މަގުތައް ވެސް ޒަމާނީ ފެންވަރަށް ހެދުމަށް މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.