Roadha Mihaaru
ޓެސްލާގެ ސައިބަޓްރަކްގެ ޖޯކެއް ޓީޝާޓަކުން

ޓެސްލާގެ ސައިބަޓްރަކްގެ ޖޯކެއް ޓީޝާޓަކުން

17 ޖެނުއަރީ 2020

މިދިޔަ އަހަރުގެ ފަހުކޮޅު އީލޮން މަސްކްގެ ކުންފުނި ޓެސްލާ އިން މާ މޮޅު އުޅަނދެއްގެ ގޮތުގައި ދައްކައިލި ސައިބަޓްރަކަށް އަމާޒުވި ފާޑުކިޔުންތަކާ އެކު ޓެސްލާ އިން އެ އުފެއްދުމަށް އަމިއްލަ އަށް ޖޯކް ޖަހައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރުގެ ފަހުކޮޅު އީލޮން މަސްކްގެ ކުންފުނި ޓެސްލާ އިން މާ މޮޅު އުޅަނދެއްގެ ގޮތުގައި ދައްކައިލި ސައިބަޓްރަކަށް އަމާޒުވި ފާޑުކިޔުންތަކާ އެކު ޓެސްލާ އިން އެ އުފެއްދުމަށް އަމިއްލަ އަށް ޖޯކް ޖަހައިފި އެވެ.

ވަޒަން ނާރާ ބިއްލޫރި ވެސް ބޭނުންކޮށްފައިވާ ކަމަށް ބުނި ސައިބަޓްރަކްގެ ވަރުގަދަކަން ދައްކައިލަން ބޭއްވި ހަފުލާގެ ތެރޭގައި ދަގަނޑު ބޯޅައަކުން އޭނާގެ ދޮރުގެ ބިއްލޫރިގަނޑުގައި ޖެހުމުން ބިއްލޫރިގަނޑުގައި ރެނދުލުންވެގެން ދިޔައީ އީލޮން ލަދުގަންނުވާލައި އެތައް ބައެއްގެ މަލާމާތް އަމާޒުވި ކަމަކަށެވެ.

މިއާ އެކު އޭނާ މިހާރު އޮތީ އެ ހާދިސާ އަށް އަމިއްލަ ޖޯކް ޖަހައި ޓީޝާޓެއް ނެރެފަ އެވެ. "ބުލެޓްޕްރޫފް" އެއްޗެއް ކަމަށް ބުނެ ނެރުނު ކަޅު ކުލައިގެ ޓީޝާޓްގެ މޭމަތީގައި އިންނަނީ ސައިބަޓްރަކްގެ ދޮރުތަކުގެ ބިއްލޫރީގައި ލި ރެނދުގެ ނަކަލެކެވެ.

ޓެސްލާ އިން ބުނިގޮތުގައި މި ޓީޝާޓް ވިއްކާނީ 45 ޑޮލަރަށެވެ.

ކުރިމަތިލާން ޖެހުނު ލަދަކުން ލިބުނު ހިޔާލެއްގެ ތެރެއިން އީލޮން މިއޮތީ ފެޝަނުގެ ތެރެއަށް ވެސް އުފެއްދުމެއް ދޫކޮށްލައިފަ އެވެ.

ސައިބަޓްރަކަކީ ޓެސްލާ އިން އަންނަ އަހަރުގެ ފަހުކޮޅު ނެރެން ނިންމާފައިވާ އުޅަނދެކެވެ. އަދި މިއަށް މިހާތަނަށް 200،000 އަށް ވުރެ ގިނަ އޯޑަރު ލިބިފައިވާ ކަމަށް ބުނާއިރު، އަގަކީ 39،900 ޑޮލަރެވެ.