19 ޖެނުއަރީ 2020
މިދިޔަ ނޮވެމްބަރު މަހު އެޕަލް ޓީވީ ޕްލަސް އިން ގެނެސްދިން މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު އެމް ނައިޓް ޝިއަމަލަންގެ ސީރީޒް "ސާވަންޓް" އަކީ ކޮޕީކޮށްގެން ހަދާފައިވާ އެއްޗެއް ކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާކޮށްފި އެވެ.
މިދިޔަ ނޮވެމްބަރު މަހު އެޕަލް ޓީވީ ޕްލަސް އިން ގެނެސްދިން މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު އެމް ނައިޓް ޝިއަމަލަންގެ ސީރީޒް "ސާވަންޓް" އަކީ ކޮޕީކޮށްގެން ހަދާފައިވާ އެއްޗެއް ކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާކޮށްފި އެވެ.
"ދަ ސިކްސްތު ސެންސް" އާއި "ސްޕްލިޓް" އަދި "ގްލާސް" ފަދަ އުފެއްދުންތައް ގެނެސްދިން ޝިޔަމަލަން ޕްރޮޑިއުސްކޮށް، ޓޯނީ ބެޒްގެލޯޕް ގެނެސްދިން ސައިކޮލޮޖިކަލް ހޮރޯ ސީރީޒް "ސާވަންޓް" އަށް ކޮޕީ ރައިޓްސްގެ ގާނޫނުގެ ދަށުން ދައުވާކޮށްފައި ވަނީ 2013 ގައި "ދަ ޓުރުތު އެބައުޓް އެމަނުއަލް" ގެ ޑައިރެކްޓަރު ފްރާންސެސްކާ ގްރެގޯރިނީ އެވެ.
އޭނާގެ ދައުވާގައި ބުނެފައި ވަނީ "ސާވަންޓް" ގެ މައިގަނޑު ޕްލޮޓަކީ ސީދާ "ދަ ޓުރުތު އެބައުޓް އެމަނުއަލް"ގެ ވާހަކަ ކަމަށެވެ.
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ދަ ޓުރުތު އެބައުޓް އެމަނުއަލް" ގައި ކިޔައިދިނީ ތުއްތު ދަރިފުޅު މަރުވުމުން އަންހެނަކާއި ކުޅޭ ބުދަކާ ދޭތެރޭ އުފެދޭ އާދަޔާހިލާފު ގުޅުމެއްގެ ސަބަބުން ކުރިމަތިވާ އާދަޔާހިލާފު ހާދިސާތަކެވެ.
ނުވަ އެޕިސޯޑާ އެކު ގެނެސްދިން "ސާވަންޓް" ގައި ދައްކުވައި ދިނީ ދެމަފިރިއެއްގެ ތުއްތު ދަރިފުޅު މަރުވުމުން އެ މީހުން ދަރިފުޅުގެ ބަދަލުގައި ބުދެއް ގެންގުޅެން ފެށުމުން ދިމާވާ ހާދިސާތަކެވެ.
ފްރާންސެސްކޯ ބުނިގޮތުގައި "ދަ ސާވަންޓް" ގެ ތަފާތަކީ އޭގެ މައި ކެރެކްޓާ އަށް ފިރިހެނަކަށް ބަދަލުކޮށްފައި އޮތުން ކަމަށާއި އެ ނޫން މާ ބޮޑު ތަފާތެއް ވާހަކައިގައި ނެތް ކަމަށެވެ. އަދި "ދަ ޓުރުތު އެބައުޓް އެމަނުއަލް" އާ ބެހޭ ގޮތުން އޭނާ ބުނީ އެ ވާހަކަ އަކީ އޭނާ ދަރިއަކު ހޯދަން ކުރި ތަޖުރިބާ އާއި މަންމަ ވަކިވެ ދިޔުމާ ގުޅިގެން އަމިއްލަ އަށް ތަޖުރިބާކުރަން ޖެހުނު ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ގެނެސްދިން އެއްޗެއް ކަމަށެވެ. އެހެންވެ އޭނާގެ ފިކުރީ މުދަލަކުން އެހެން ބަޔަކު ވައްކަންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުންޏެވެ.
މި މައްސަލާގައި "ސާވަންޓް" ގެ ޓީމުން ބުނީ ދޭތީގައި އެއްގޮތް ކަމެއް ހުރުމަކީ އިއްތިފާގެއް ކަމަށާއި ކޮޕީނުކުރާ ކަމަށެވެ. އަދި "ދަ ޓުރުތު އެބައުޓް އެމަނުއަލް" ބަލާފައި ވެސް ނުވާ ކަމަށް ޝިއަމަލަން އާއި ޓޯނީ ބުންޏެވެ.
"ސާވަންޓް" އަށް ލިބުނު ބޮޑު ތަރުހީބާ ގުޅިގެން އެޕަލް ޓީވީ ޕްލަސް އިން ވަނީ އޭގެ ދެވަނަ ސީޒަނެއް ގެނެސްދޭން ވެސް ނިންމައިފަ އެވެ.
އޭއައިގެ މައްސަލާގައި މިއުޒިކް ލޭބަލްތަކުން ދައުވާކުރަނީ
"ޕެރައިސައިޓް" އަށް އިންޑިއާ އިން ކޮޕީގެ ތުހުމަތު
ޗައިނާގެ ޓޫރިޒަމް ލޯގޯއެއް ޑިޒްނީގެ ލޯގޯއާ ވައްތަރު
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ އަޕްޑޭޓެއް
މާގޯ ރޮބީއަށް ކުއްޖަކު ލިބިއްޖެ
"ގޭމް އޮފް ތުރޯންސް"ގެ ފިލްމެއް އުފައްދަނީ
ކްރިސްޓޮފާ ނޯލަންގެ ވެމްޕަޔާ ފިލްމަކަށް ޓޮމް ހޮލެންޑް
"ޑެއާޑެވިލް" ގެނެސްދެނީ އަންނަ އަހަރު މާޗުގައި
ފަލަސްތީނުގެ ދިފާއުގައި އެންޑްރޫ ވާހަކަދައްކައިފި
"ޖޯކާ 2" ބޮޑު ފްލޮޕަކަށް ވެއްޖެ