Roadha Mihaaru
އޭޑީކޭގެ "ގަންނަ މާޓް" ފިހާރަ ހުޅުވައިފި

އޭޑީކޭގެ "ގަންނަ މާޓް" ފިހާރަ ހުޅުވައިފި

16 ޖެނުއަރީ 2020

ރާއްޖޭގެ އިމްޕޯޓު ވިޔަފާރީގައި ފާހަގަކޮށްލެވޭ ކުންފުނި، އޭޑީކޭއިން "ގަންނަ މާޓް" ގެ ނަމުގައި މާލޭގައި ބޮޑު ފިހާރައެއް މިރޭ ހުޅުވައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގެ އިމްޕޯޓު ވިޔަފާރީގައި ފާހަގަކޮށްލެވޭ ކުންފުނި، އޭޑީކޭއިން "ގަންނަ މާޓް" ގެ ނަމުގައި މާލޭގައި ބޮޑު ފިހާރައެއް މިރޭ ހުޅުވައިފި އެވެ.

ކޯރުކެނޑިމަގުގައި ހުންނަ މ. އަލިވެލި، ގްރައުންޑް ފްލޯގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފިހާރަ ހުޅުއްވައިދެއްވީ އޭޑީކޭ ގްރޫޕް އޮފް ކޮމްޕެނީސްގެ ޗެއާމަން އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) އެވެ. ދެ ބުރިއަށް ހިންގާ ފިހާރައިގެ ތިރީ ބައި ހާއްސަކޮށްފައި ވަނީ ބަދިގެ ސާމާނާއި ކެއުމަށް ބޭނުންކުރާ އެކި ބާވަތްތަކަށެވެ. ފުރަތަމަ ފަންގިފިލާގައި ހުރީ ރީތިވާ ސާމާނާއި ކުޑަކުދިން ކުޅޭ އެއްޗިއްސެވެ.

އޭޑީކޭ ހޮސްޕިޓަލް ވެސް ހިންގާ ކުންފުނިން އެތެރެކުރާ ބޭހުގެ ބާވަތްތައް ވެސް އެ ފިހާރައިން ލިބެން ހުންނާނެ އެވެ.

ގަންނަ މާޓުން ލިބެން ހުންނަ ބައެއް ތަކެތި ޑިސްޕްލޭ ކޮށްފައި-- ފޮޓޯ: މިހާރު

ގަންނަ މާޓުން ލިބެން ހުންނަ ބައެއް ތަކެތި ޑިސްޕްލޭ ކޮށްފައި-- ފޮޓޯ: މިހާރު

މި ފިހާރަ ހުޅުވީ ޚާއްސަ ޕްރޮމޯޝަނަކާ އެކުގަ އެވެ. މިރެ އިން ފެށިގެން ވަކި މުއްދަތެއް ވަންދެން ކުރާ ވިޔަފާރިތަކަށް 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް އޭޑީކޭ ކުންފުނިން ބުންޏެވެ.

ފިހާރަ ހުޅުވާފައި ހުންނަ ހުރިހާ ގަޑިތަކެއްގައި ވެސް، އެ ސަރަހައްދުގެ ގެތަކަށް ހިލޭ ޑެލިވަރީގެ ހިދުމަތް ދޭ ގޮތަށް ވެސް ވަނީ ނިންމައިފަ އެވެ.