އިލާލާ ފިހާރައިގެ އަމިއްލަ ބްރޭންޑް "ކައުރީ" ގެ ފުޅިތަކުން 25 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
17 ޑިސެމްބަރ 2022
އިލާލާ ފިހާރައިގެ އަމިއްލަ ބްރޭންޑް "ކައުރީ" ގެ ފުޅިތަކުން 25 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އަންނަ މަހުގެ ހަތެއްގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި ޑިސްކައުންޓް ލިބޭނީ 18/8 ފުޑް ގްރޭޑްގެ ސްޓެއިންލެސް ސްޓީލު ފުޅިތަކުންނެވެ.
އިލާލާ އިން ބުނިގޮތުގައި އެ ފުޅި އަށް އަޅާ ހޫނު ބުއިންތައް 12 ގަޑިއިރާ ހަމައަށް ހޫނުކޮށް ހުންނާނެ އެވެ. ފިނި ބުއިންތައް 24 ގަޑިއިރާ ހަމައަށް ފިނިކޮށް ހުންނާނެ ކަމަށް ބުންޏެވެ.
އެއީ އޭގެ ބަރުކަން އިހުސާސް ނުވާ ގޮތަށް ޑިޒައިން ކޮށްފައިވާ ބީޕީއޭ ފްރީ ލެޑެއް ހިމެނޭ ފުޅިއެއް ކަމަށް އިލާލާ އިން ބުންޏެވެ. ފުޅި ތައްޔާރު ކޮށްފައި ވަނީ ޕްރިމިއަމް ކޮޕާ ކޯޓަޑު ވެކިއުން އިންސަލޭޝަނާ އެކު ކަމަށް ވެސް ބުންޏެވެ.
"ކައުރީ" ގެ ފުޅި އަކީ އެންޓި ސްވެޓް އަދި ބާން ފްރީ ފުޅިއެއް ކަމަށް ވެސް އިލާލާ އިން ބުނެ އެވެ. އެ ފުޅީގެ ތިން ސައިޒެއް އެ ފިހާރަ އިން ވިއްކަ އެވެ. އެއީ 550 އެމްއެލް އާއި 650 އެމްއެލް އާއި 720 އެމްއެލްގެ ފުޅި އެވެ.
އިލާލާގެ ހުރިހާ ފިހާރައެއްގައި ކުރިއަށް ގެންދާ އެ ޕްރޮމޯޝަނުގައި ހުރިހާ ސައިޒެއްގެ ފުޅިތަކުން ވެސް 25 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ.
ސްކޫލް ޗުއްޓީއަށް އައިކެއާއިން ޑިސްކައުންޓް ދެނީ
ޗުއްޓީއަށް އުރީދޫގެ ބޮޑެތި ޑޭޓާ ޕެކްތައް
ޗެމްޕިއަން ޓީމު ދިމާކޮށްގެން އެއް އަހަރުގެ ހިލޭ ޕިއްޒާ
ލޮލުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ސިޓީ އޮޕްޓިކަލަށް
ޓުޑޭސް ޓޭސްޓް ފޮށްޓެއް ގަތުމުން ބިސްކޯދު ބޮނޑި ހިލޭ
ސްކޫލް ޗުއްޓީ އަށް އުގެއިލް ފައުންޑޭޝަންގެ އެހީތެރިކަން
އެޗްއެސްސީން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް
"އެންމެނަށް މީޑިއާނެޓް" ޕްރޮމޯޝަނުން އަގުބޮޑު އިނާމު
ރެޑްވޭވުން ހިލޭ މާސްކް ދޭ ޕްރޮމޯޝަނަށް ތަރުހީބު ބޮޑު
އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ "ބެކް ޓު ސްކޫލް" ފަށައިފި