Roadha Mihaaru

ކުޑަކުއްޖާގެ ބައްޕަ ވެސް ހައްޔަރުކޮށްފި

17 ޖެނުއަރީ 2020

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތު ކުރެވިފައިވާ އެ ކުއްޖާގެ ބައްޕަ ހުޅުމާލޭގައި ދިރިއުޅެމުންދާ ފްލެޓްތަކުގެ ބިއްލޫރިތައް ތަޅާލައި އެ ހިސާބުގައި އާންމުން ހަމަނުޖެހުން ހިންގަމުން އެބަ ދެ އެވެ.

މަންޒަރު ދުށް މީހުން ބުނާގޮތުގައި އޭނާ ހައްޔަރު ކުރުމަށް އެދި އާންމުން އެ ސަރަހައްދަށް މިއަދު ހަވީރު ވަނީ އެއްވެފަ އެވެ. އަދި އޭނާ ހައްޔަރު ނުކުރެވޭ ނަމަ އެ މީހުންނާ ހަވާލުކުރުމަށް ވެސް އެ ހިސާބުގައި ދަނީ ގޮވަމުންނެވެ. ވަރަށް ގިނަ ބަޔަކު އެއްވެ ތިބި ކަމަށް ވެ އެވެ.

ކުޑަކުއްޖާގެ ބައްޕަ ދިރިއުޅޭ ފްލެޓްގައި ކައިރީގައި އާންމުން އެއްވެފައި

ކުޑަކުއްޖާގެ ބައްޕަ ދިރިއުޅޭ ފްލެޓްގައި ކައިރީގައި އާންމުން އެއްވެފައި

އެ ސަރަހައްދުގައި އެއްވެ ތިބި މީހުން ދުރަށް ފޮނުވާލުމަށް ޕެޕާ ސްޕްރޭ ވެސް ޖެހި އެވެ. އެކަމަކު އާންމުގަނޑު ކޮންޓްރޯލް ނުވުމާ އެކު ރަޔަޓް ގިޔަރުގައި ފުލުހުން މިހާރު އަންނަނީ ހަރަކާތްތެރި ވަމުންނެވެ.

ކަނޑުހުޅުދޫގައި ކުޑަ ކުއްޖާ ރޭޕް ކުރި ކަމުގެ ތުހުމަތު ކުރެވިފައި ވަނީ އެ ކުއްޖާގެ ބައްޕަ އާއި ކާފަ އާއި މުނިކާފަ އަށެވެ. އޭގެ ތެރެއިން ކާފަ އާއި މުނިކާފަ މިއަދު މެންދުރު ފަހު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އާންމުންގެ ވާހަކަތަކުން އެނގޭ ގޮތުގައި ދެ ގަޑިއިރު ވީ އިރުވެސް ކުއްޖާގެ ބައްޕަ ފުލުހުންނަށް ހައްޔަރު ކުރެވިފައި ނުވަނީ ކޯޓު އަމުރެއް ނުލިބިގެންނެވެ. އެކަމަކު މިކަމާ ދޭތެރޭ ފުލުހުން އަދި ކޮމެންޓެއް ނުކުރެ އެވެ.

އިތުރު ތަފުސީލު އަންނަނީ