ލ. ގަމު ހަމަދު ބިން ހަލީފާ އާލް ސާނީ ސްކޫލުގެ ކްލާހެއްގައި ކުދިންތަކެއް ތިއްބައި އެ ކްލާހުގެ ފަންކާ ވެއްޓި ދެ ކުއްޖަކަށް މިއަދު އަނިޔާވެއްޖެ އެވެ.
21 ޖެނުއަރީ 2020
ލ. ގަމު ހަމަދު ބިން ހަލީފާ އާލް ސާނީ ސްކޫލުގެ ކްލާހެއްގައި ކުދިންތަކެއް ތިއްބައި އެ ކްލާހުގެ ފަންކާ ވެއްޓި ދެ ކުއްޖަކަށް މިއަދު އަނިޔާވެއްޖެ އެވެ.
އެ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ޝައުކަތު "މިހާރު" އަށް ވިދާޅުވީ، ފަންކާ ވެއްޓުނީ ކްލާހުގެ ޑެސްކެއްގެ މައްޗަށް ކަމަށް ވިޔަސް އޭގެ ފިޔައަކުން ދެ ކުއްޖެއްގެ ގައިގައި ޖެހި ކޮންމެވެސް ވަރަކަށް އަނިޔާވި ކަމަށެވެ.
އެ ދެ ކުދިން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނެވެ. އެކަމަކު ސީރިއަސް އަނިޔާއެއް ނުވާ ކަމަށް ޝައުކަތު ވިދާޅުވި އެވެ.
"[އެ ދެކުދިންގެ ގައިން] ކުޑަ ތަންކޮޅެއް މަށައިގެން ގޮސް އިނީ. [ހޮސްޕިޓަލުން އައިސް] މިއަދުގެ ސެޝަން ފުރިހަމަ ކޮށްފައި އެ ދެ ކުދިން ގެއަށް ވެސް ދިޔައީ،" ޕްރިންސިޕަލް ވިދާޅުވި އެވެ.
ހެނދުނު 10 ޖަހާކަން ހާއިރު ހިނގި މި ހާދިސާގައި ފަންކާ ވެއްޓި އަނިޔާވީ ގްރޭޑް ހަތެއްގެ ކުދިންތަކެއްގެ ކްލާހެއްގެ ދެ ކުއްޖަކަށެވެ.
ޝައުކަތު ވިދާޅުވި ގޮތުގައި، މީގެ 22 އަހަރު ކުރިން ހުޅުވި ހަމަދު ސްކޫލްގެ އެ ކްލާހުގައި އާ ފަންކާއެއް ހަރުކުރާނެ އެވެ. އަދި މާދަމާގެ ކުރިން އެކަން ކޮށް ނިންމުމުގެ އިތުރުން، އެހެން ކްލާސްތަކުގެ ހާލަތު ވެސް މިއަދު ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އައްޑޫ ހައި ސްކޫލުގެ ބޮޑު ވަފުދެއް ހަމަދު ސްކޫލަށް
ކައުންސިލުން އެދެނީ ރައީސްގެ އިވެންޓަށް ދަރިވަރުން ދާން
ހަމަދު ސްކޫލުގެ އަހަރީ ދުވަސް ތަފާތު ގޮތަކަށް!
ހަމަދު ސްކޫލުން އެއްވަނަ ޖައިލަމް އާއި ހުމެއިޝާ އަށް
ހަމަދު ސްކޫލުގެ 35 ކެޑޭޓަކު ހުވާކޮށްފި
ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަށައިފި
އިނގިރޭސިން ދިވެހި ކުދިންނަށް ދުނިޔޭގެ ވަނަތަކެއް
"އެކްޓިވިޓީ ކަލަންޑަރު" ހެދުމުގެ ކުރިން ހިޔާލު ހޯދަނީ
އޯވަލޯޑު ނުވާނެ ގޮތަކަށް ހަރަކާތްތައް ބާއްވަން އެދިއްޖެ
ރީރަޖިސްޓްރީނުކުރާ 101 ތަނެއްގެ ސަނަދު ގަބޫލުނުކުރާނެ