Roadha Mihaaru
ހަމަދު ސްކޫލުން އެއްވަނަ ޖައިލަމް އާއި ހުމެއިޝާ އަށް

ހަމަދު ސްކޫލުން އެއްވަނަ ލިބުނީ ޖައިލަމް އާއި ހުމެއިޝާ އަށް

23 އޮކްޓޯބަރ 2016

ލ. ގަމު ހަމަދު ސްކޫލުގެ މިިދިޔަ އަހަރުގެ ސާނަވީ ބައިން އެއްވަނަ ފާތިމަތު ހުމެއިޝާ އަދި މަތީ ސާނަވީ ބައިން އެއްވަނަ ޖައިލަމް ޖަލީލް ހޯދައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލ. ގަމު ހަމަދު ސްކޫލުގެ މިިދިޔަ އަހަރުގެ ސާނަވީ ބައިން އެއްވަނަ ފާތިމަތު ހުމެއިޝާ އަދި މަތީ ސާނަވީ ބައިން އެއްވަނަ ޖައިލަމް ޖަލީލް ހޯދައިފި އެވެ.

އޯ ލެވެލްގެ ގައުމީ ގަދަ 10ގެ ހަ ވަނަ މަގާމް ހުމެއިޝާ ހޯދިއިރު ޖައިލަމް ވަނީ އޭލެވެލްގެ ގައުމީ ގަދަ 10 އިން ހަ ވަނަ މަގާމް ހޯދައިފަ އެވެ. މި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ހަމަދު ސްކޫލުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި، ޕަބްލިކް އެގްޒަމިނޭޝަންގެ ޑިރެކްޓަރު އަހުމަދު ޝަކީބެވެ.

ހަމަދު ސްކޫލުން ސާނަވީ ބައިން އެއްވަނަ ލިބުނު ހުމެއިޝާ އަށް، ޕަބްލިކް އެގްޒަމިނޭޝަން ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޝަކީބު އިނާމު ހަވާލުކޮށްދެއްވަނީ. --ފޮޓޯ: ހަމަދު ސްކޫލް

ހަމަދު ސްކޫލުން ސާނަވީ ބައިން އެއްވަނަ ލިބުނު ހުމެއިޝާ އަށް، ޕަބްލިކް އެގްޒަމިނޭޝަން ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޝަކީބު އިނާމު ހަވާލުކޮށްދެއްވަނީ. --ފޮޓޯ: ހަމަދު ސްކޫލް

މިދިޔަ އަހަރު ހަމަދު ސްކޫލުން 55 ދަރިވަރުން އޯ ލެވެލް ހެދިއިރު ތިން ދަރިވަރުން ވަނީ ގައުމީ ގަދަ ދިހެއްގައި ހިމެނިފަ އެވެ. އަދި 22 ދަރިވަރުން އޭ ލެވެލް ހެދިއިރު ގައުމީ ގަދަ ދިހެއްގައި ހިމެނުނީ އެންމެ ދަރިވަރެކެވެ.

އެ ރޭގެ ހަފުލާގައި 27 ދަރިވަރުންނަށް ވަނީ އިނާމު ހަވާލުކޮށްފަ އެވެ.

ހަމަދު ސްކޫލުގެ މިިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރުންނަށް އިނާމު ދިނުމަށް އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ސްކޫލުގެ ބައެއް ދަރިވަރުން ބައިވެރިވަނީ.-- ފޮޓޯ: ހަމަދު ސްކޫލް

ހަމަދު ސްކޫލުގެ މިިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރުންނަށް އިނާމު ދިނުމަށް އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ސްކޫލުގެ ބައެއް ދަރިވަރުން ބައިވެރިވަނީ.-- ފޮޓޯ: ހަމަދު ސްކޫލް

ހަމަދު ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝައުކަތު ވިދާޅުވީ އެ ސްކޫލުގެ ދަރިވަރުން އިމްތިހާނުތަކުން ހޯދަމުން އަންނަ ނަތީޖާ ރަނގަޅުވަމުން އަންނަކަމަށެވެ. މިިދިޔަ އަހަރު އޯ ލެވެލް އިމްތިހާނު ހެދި ދަރިވަރުންގެ ނަތީޖާ، އޭގެ ކުރީ އަހަރާ އަޅާބަލާއިރު 16 ޕަސެންޓު ކުރިއެރުން ހޯދާފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އެ ސްކޫލުގައި ގްރޭޑް 1-12 އަށް 480 ދަރިވަރުން އަންނަނީ ތައުލީމް ހާސިލްކުރަމުންނެވެ.