21 ޖެނުއަރީ 2020
ކޮމިޝަނާ އޮފް ޕްރިޒްންސްގެ މަގާމުން އަބްދުﷲ މުނާޒް މިއަދު ވަކިކުރައްވައި އެ މަގާމަށް އެހެން ބޭފުޅަކު ހަމަޖައްސަވައިފި އެވެ.
ކޮމިޝަނާ އޮފް ޕްރިޒްންސްގެ މަގާމުން އަބްދުﷲ މުނާޒް މިއަދު ވަކިކުރައްވައި އެ މަގާމަށް އެހެން ބޭފުޅަކު ހަމަޖައްސަވައިފި އެވެ.
ޖަލުގެ އާ ވެރިއަކަށް އައްޔަން ކުރެއްވީ އިންސްޕެކްޓާ އޮފް ޕްރިޒްންސްގެ މަގާމުގައި މިހާތަނަށް ހުންނެވި އަހުމަދު މުހައްމަދުފުޅެވެ. އޭނާ އަކީ ޕޮލިޓިކަލް ސައިންސާއި އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
މޭ 16، 2019 ގައި އިންސްޕެކްޓާ އޮފް ޕްރިޒްންސް ކަމަށް އައްޔަން ކުރުމުގެ ކުރިން އަހުމަދު ހުންނެވީ ހިއުމަން ރައިޓްްސް ކޮމިޝަންގެ ޑިރެކްޓާ އޮފް ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ މަގާމުގަ އެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޕްރިޒްންސް ކޮމިޝަނަރަށް ހަމަޖެއްސި މުނާޒް އެ މަގާމުން މި ވަކިކުރީ ޖަލުގެ ހާލަތު ރަނގަޅު ނުވެ، އޭނާ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ވެފައި ވަނިކޮށެވެ. ޚާއްސަކޮށް ޖަލުތަކުގައި އިސްލާހުކުރަން ޖެހޭ ވަރަށް ގިނަ މައްސަލަތަކެއް އޮޑިޓް ރިޕޯޓުގައި ވެސް ފާހަގަ ކޮށްފައިވާއިރު، އެކަން ނުވެ ދިގުލައިގެންދާތީ މުނާޒަަށް ވަރަށް ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ.
މާފުށީ ޖަލުގައި ދާދި ފަހުން ހަމަޖެހުން ބޮޑުވެ، ޖަލު އޮފިސަރުންނަށް ނުރައްކާވާ ހިސާބަށް ގޮސްފައި ވަނިކޮށް، މި މަހުގެ އަށް ވަނަ ދުވަހު ބޭއްވި ނިއުސް ބްރީފިންއެއްގައި ވެސް މުނާޒް ވަނީ ދިފާއު ވާން ވަރަށް ބޮޑަށް މަސައްކަތް ކުރައްވައިފަ އެވެ. ނޫސްވެރިންގެ ގިނަ ސުވާލުތަކަށް ފުރުސަތު ނުދެއްވައި ބޭއްވި އެ ނިއުސް ބްރީފިންގައި މުނާޒް ވިދާޅުވެފައި ވަނީ ޖަލުގެ ހާލަތު ރަނގަޅު ކުރުމަށް އޭނާ ކުރައްވާ މަސައްކަތްތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު އޮތް ކަން ޔަގީން ކަމަށެވެ.
— Abdulla Munaz (@a_munaaz) January 21, 2020
މަގާމުން ވަކިކުރެއްވިކަން އަންގަވައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، މުނާޒަށް ފޮނުއްވި ސިޓީ
ޖަލުގެ ހާލަތު ރަނގަޅު ކުރުމާއި ޖަލުގައި ހިންގާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގެ ތެރޭގައި ހޯމް މިނިސްޓަރު އިމްރާންގެ ވާހަކަތަކާއި މުނާޒް ދައްކަވާ ވާހަކަ ދިމާނުވާ ހާލަތު ވެސް ކުރިމަތިވެފައި ވެ އެވެ. އަދި އެންމެ ފަހުން ޖަލުގައި ގައިދީން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ވެސް މުނާޒް ވާހަކަ ދެއްކެވީ ފުލުހުން ބުނި ވާހަކަތަކާ ފުށުއަރާ ގޮތަށެވެ.
މީގެ އިތުރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާފު ނުދެއްވާ ގައިދީއަކު ދާދި ފަހުން ދޫވުމުގައި ވެސް މުނާޒްގެ މަސްލަހަތު ހިމެނޭ ކަމަށް އެއް ބަޔަކު ތުހުމަތު ކުރެ އެވެ. އެއީ ކުށްވެރިން ޖަލުން ދޫވާނީ އޮފެންޑާ ޑިޕާޓްމެންޓުގެ އިސް ވެރިޔާ އާއި ޕްރިޒްންސް ކޮމިޝަނަރުގެ ހައިސިއްޔަތުން މުނާޒް ވެސް ޗިޓުގައި ސޮއި ކުރެއްވުމުން ކަމަށް ވާތީ އެވެ. ނަމަވެސް މުނާޒް ވިދާޅުވެފައި ވަނީ އެހެން ބަޔަކު ކުރި ކަމަކަށް އޭނާ ޒިންމާވާން ނުޖެހޭނެ ކަމަށެވެ.
Alhuga'du Corrections ga huttaa jalu hiluvaalan coalition ge thereyn adhi beyrun gulhigen kulhunu kulhiga'du kaamiyaabu nuvumun miadhu alhuga'du vazeefaa in vaki kurumakee alhugandah libunu kaamiyaabeh. Alhamdhu lillaahi!
— Abdulla Munaz (@a_munaaz) January 21, 2020
މަގާމުން ވަކިކުރުމާ ގުޅިގެން މުނާޒް މިއަދު ކުރެއްވި ޓުވީޓް
މަގާމުން ވަކިކުރުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި، ކުރިން ސިފައިންގެ މީހެއްގެ ގޮތުގައި އުޅުއްވި މުނާޒް ވިދާޅުވެފައިވާ ގޮތުން ނަމަ، އޭނާއާ މެދު މި ސަރުކާރުން އެ ފިޔަވަޅު އެޅީ ޖަލު ހިލުވައިލާން ކޯލިޝަންގެ ތެރެއިންނާއި ބޭރުން ބަޔަކު ގުޅިގެން ކުޅުނު ކުޅިގަނޑު ކާމިޔާބު ނުވުމުންނެވެ. އަދި މި ހާލަތުގައި އޭނާ މަގާމުން ވަކިކުރުމަކީ ލިބިވަޑައިގެންނެވި ކާމިޔާބީއެއް ކަމަށް ވެސް މުނާޒް ވިދާޅުވި އެވެ.
ޖަލުތަކުގެ ހާލަތު ބަލަން މި ސަރުކާރުން އުފެއްދި ކޮމިޝަނުން އެކުލަވައިލި ރިޕޯޓުގައި 180 ކަމެއް އިސްލާހު ކުރަން ލަފާދީފައިވެ އެވެ. އޭގެ ތެރެއިން މިހާތަނަށް އިސްލާހުކޮށްފައި ވަނީ ކޮން ކަންތައްތަކެއްތޯ، މަގާމުގެ ހައިސިއްޔަތުން މުނާޒް އެންމެ ފަހުން ބޭއްވި ނިއުސް ބްރީފިންގައި ދެންނެވުމުން ވިދާޅުވެފައި ވަނީ ޕްރެސް އަށް ވަޑައިގަތީ އެ މައުލޫމާތަށް ތައްޔާރުވެގެން ނޫން ކަމަށެވެ. އެހެންވެ ތަފްސީލުކޮށް ވިދާޅުވާން އުޅުއްވައިގެން ކުށެއް ޖެހިދާނެ ކަމަށް ވިދާޅުވި އެވެ.
ފާޑުކިޔުންތަކާ ގުޅިގެން އަމިއްލަ އަށް ދިފާއުވެ، ނޫސްވެރިންގެ އެތައް ބައިވަރު ސުވާލުތައް "ބަންދު" ކުރެއްވުމަށް ފަހު، އޭނާ އެ ދުވަހު ހޯލުން ނުކުމެވަޑައިގަތީ ވަރަށް ގިނައިން ދެން ނޫސްވެރިންނާ ބައްދަލު ކުރައްވައި މައުލޫމާތުތައް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އާ ސީޕީއާ އެކު، ޖަލުގެ އޮޑިޓް ރިޕޯޓު ތަންފީޒު ކުރާނެ: އިމްރާން
ޖަލުން ކުރާ ހުރިހާ ފޯން ކޯލެއް މިހާރު މޮނިޓަކުރެވޭނެ
ޖަލުގައި ތިބޭ ކުދިންނަށް ކިޔަވައިދޭން ފަށަނީ
މުނާޒަށް އެއްބާރުލުން ދިނިން: އިމްރާން
ޖަލުތަކުގެ ރިޕޯޓް ތަންފީޒްކުރަން ހާއްސަ ކޮމިޓީއެއް
އިމްރާނާ ދެކޮޅަށް މުނާޒު ނުކުންނަވައިފި!
ޖަލުގައި ހިނގި ކަންކަން ހަމައަކަށް އެޅިއްޖެ: މުނާޒް
ޖަލުތަކުގެ އިސްލާހު "ވާނުވާގައި"، ހިތްހަމަނުޖެހުން!
ޖަލު އޮފިސަރުންނަށް ގައިދީން ގޯނާކުރޭ: މުނާޒް
ޖަލަށް މަނާތަކެތި ވައްދާ އޮފިސަރުންގެ މައްސަލަ ޕީޖީއަށް