Roadha Mihaaru
ޖަލު އޮފިސަރުންނަށް ގައިދީން ގޯނާކުރޭ: މުނާޒް

ޖަލު އޮފިސަރުންނަށް ގައިދީން ގޯނާކުރޭ: މުނާޒް

04 ޖެނުއަރީ 2020

ޖަލުތައް ބަލަހައްޓާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ އޮފިސަރުންނަށް ގައިދީންގެ ފަރާތުން އެކިއެކި ގޯނާތައް ކުރިމަތިވާ ކަމަށާއި އޮފިސަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޖަލުތައް ބަލަހައްޓާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ އޮފިސަރުންނަށް ގައިދީންގެ ފަރާތުން އެކިއެކި ގޯނާތައް ކުރިމަތިވާ ކަމަށާއި އޮފިސަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ރޭ ވިދާޅުވެއްޖެ އެވެ.

މުނާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައިދީންގެ ފަރާތުން އޮފިސަރުންނަށް ގޯނާ ކުރުމަކީ ދޭތެރެ ދޭތެރެއިން ހިނގާ ކަމެއް ކަމަށެވެ. އެފަދަ ގައިދީިންނަށް ނަސޭހަތްތެރިވެ އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަން ކުރާ މީހުންނަށް ވެސް ހެޔޮގޮތް ވިސްނައިދީ ރިހިބިލިޓޭޓްކޮށް މުޖުތަމައުއަށް ބޭނުންތެރި ބައެއްގެ ގޮތުގައި ޖަލުން ނެރެ އާއިލާތަކަށް އުފާވެރިކަން ގެނެސް ދިނުމަކީ އެމްސީއެސްގެ އޮފިސަރުންގެ އަމާޒު،" މުނާޒްގެ ޓުވީޓްގައި ވިދާޅުވި އެވެ.

މުނާޒް ކުރެއްވި ޓްވީޓް

އޭނާ ވިދާޅުވި ގޮތުގައި އޮފިސަރުންގެ ރައްކާތެރި ކަމަށްޓަކައި އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް ކެތްތެރިކަމާ އެކު ކަރެކްޝަންސް އިން އަޅާނެ އެވެ.

ކަރެކްޝަންގެ އޮފިސަރުންނަށް ގައިދީން ހަމަލާދިނުމުން ޖަލުތަކުގައި ހަމަނުޖެހުންތައް ވެސް ހިނގާފައި އެބަހުއްޓެވެ. ވަރަށް ފަހުން އެފަދަ މައްސަލައެއްގައި ކަރެކްޝަންގެ އޮފިސަރަކު ސަސްޕެންޑްކޮށްފައި ވެސް ވެ އެވެ.

ޖާގައަށް ވުރެން ގައިދީން އިތުރުވެ ތޮއްޖެހުން ބޮޑުވެފައިވާ އިރު ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލަތައް ހޯދަން ހަވާލުކުރި ކޮމިޓީން ވަނީ ގިނަ ކަންކަމަށް ހައްލު ހޯދަން ގޮވާލައި ރިޕޯޓެއް ވެސް ނެރެފަ އެވެ. އެކަމަކު އެ ރިޕޯޓުގައި ހިމަނާފައިވާ ގިނަ ކަންކަން އިސްލާހުކުރި ކަމެއް ކަރެކްޝަނަލް ސާވިސްއަކުން މިހާތަނަށް ބުނެފައެއް ނުވެ އެވެ.