Roadha Mihaaru
ޖަރުމަނުގެ ސަފީރަކަށް ޖަމީލާ ހަމަޖައްސަނީ

ޖަރުމަނުގެ ސަފީރަކަށް ޖަމީލާ ހަމަޖައްސަނީ

05 އޮކްޓޯބަރ 2016

ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރަކަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ނައިބު ރައީސް ޖަމީލާ އަލީ ހާލިދު އައްޔަން ކުރުމަށްޓަކައި އޭނާއަށް ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯދުމަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވައިފި އެވެ.

މަޖިލިހުގެ މި އަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މާދަމާ ފަށާއިރު، ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރަކަށް ޖަމީލާ ހަމަޖެއްސުމުގެ މައްސަލަ ވަނީ އެޖެންޑާކޮށްފަ އެވެ.

ޖަމީލާ އަކީ ސީއެސްސީގެ މެމްބަރުކަމަށް ވަޑައިގަތުމުގެ ކުރިން ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެކެވެ.

ރާއްޖޭގެ އެމްބަސީއެއް އުފެއްދީ މިދިޔަ ޖޫން 21ގަ އެވެ. އަދި އެ ގައުމުގައި ދިވެހި އެމްބަސީ ރަސްމީކޮށް ހުޅުވީ މިދިޔަ މަހުގެ 29ގަ އެވެ.

ދިވެހި އެމްބަސީއެއް ޖަރުމަނުގައި ގާއިމްކޮށް، އެތަނުގެ މަސައްކަތް ފޮރިން މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދަން ރައީސް ޔާމީން ނިންމަވާފައިވާއިރު، އެ މިނިސްޓްރީގެ މަސައްކަތްތަކަށް ގެނެސްފައިވާ ބަދަލުތަކާ ގުޅޭ މައްސަލަ ވެސް މަޖިލިހުގެ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.

ޖަމީލާއަށް ރުހުން ހޯދުމުގެ މައްސަލައިގެ އިތުރުން ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރަކަށް ގ. ޕެންޒީމާގޭ 1، އައިޝަތު ޝާން ޝާކިރު އައްޔަން ކުރެއްވުމާ ގުޅޭ މައްސަލަ ވެސް މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވެ އެވެ.