30 ޖެނުއަރީ 2020
ސެޓްލްމެންޓް އެގްރީމެންޓް ހަދައި ދައުލަތުން ނޫމަޑިއަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުނު މައްސަލަ އާއި ބޯހިޔާވަހިކަމުގެ މުހިއްމު ދެ މައްސަލައެއްގެ އިތުރުން ޕަބްލިކް ފައިނޭންޝިއަލް މެނޭޖްމަންޓް ސިސްޓަމް ވަރުގަދަކުރުމުގެ އޮޑިޓް ރިޕޯޓާ މެދު ކޮމިޓީތަކުން ނިންމި ގޮތުގެ ރިޕޯޓަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދީފި އެވެ.
ސެޓްލްމެންޓް އެގްރީމެންޓް ހަދައި ދައުލަތުން ނޫމަޑިއަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުނު މައްސަލަ އާއި ބޯހިޔާވަހިކަމުގެ މުހިއްމު ދެ މައްސަލައެއްގެ އިތުރުން ޕަބްލިކް ފައިނޭންޝިއަލް މެނޭޖްމަންޓް ސިސްޓަމް ވަރުގަދަކުރުމުގެ އޮޑިޓް ރިޕޯޓާ މެދު ކޮމިޓީތަކުން ނިންމި ގޮތުގެ ރިޕޯޓަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދީފި އެވެ.
މި ހަތަރު ރިޕޯޓް ވެސް ވަނީ، މަޖިލީހުގެ ވެބްސައިޓުގައި އާއްމުކޮށްފަ އެވެ. މެމްބަރުން ބޭނުންވާ އިސްލާހުތަކުގެ ލިއުން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުށަހެޅުމަށް މަޖިލީހުން ވަނީ އެދިފަ އެވެ.
މުހިއްމު އެއް ރިޕޯޓެއްގެ ގޮތުގައި އޮތީ ނޫމަޑި އަށް ބަދަލު ދިން ގޮތުގެ މައްސަލަ މާލިއްޔަތު ކޮމިޓީން ނިންމި ގޮތެވެ. މުޅި އެ މަޝްރޫއު ހިންގި ގޮތާއި އާބިޓްރޭޝަނަށް ނޫމަޑިން މައްސަލަ ހުށަހަޅާފައި އޮއްވާ ސެޓްލްމެންޓް ކޮމިޓީން ބަދަލު ދޭން ޖެހުނު ސަބަބު އެ ރިޕޯޓުގައި ވެ އެވެ. އެ މައްސަލައިގައި ކޮމިޓީގެ ނިންމުމަކަށް ވީ ނޫމަޑީގެ އެގްރީމެންޓް ބާތިލްކުރި މައްސަލައިގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އެޅުމަށެވެ.
އޭގެތެރޭގައި، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް ހިމެނެ އެވެ. އޭނާގެ މައްސަލަަ ކަމާބެހޭ އިދާރާތަކަށް ފޮނުވަން ނިންމީ، ކޮމިޓީ އަށް ދޮގު މައުލޫމާތު ދެއްވި ކަމަށް ތުހުމަތުކޮށެވެ. އެކަމަކު، މުއިއްޒު ވަނީ އެ ތުހުމަތު ދޮގުކުރައްވައިފަ އެވެ.
ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެ އިން ބިން ދޫކޮށްލާ ފަރާތްތަކާއި ގުޅީފަޅުން ބިން ގަނެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ހަމަޖެއްސުމާ ގުޅޭ ގޮތުން ހުޅަހަޅާފައިވާ ގަރާރު ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ވެސް ވަނީ ހިޔާލު ހުށަހަޅަން ފުރުސަތު ދީފަ އެވެ.
ކެލާ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ހުށަހެޅުއްވި އެ ގަރާރުގައި ވަނީ ރާއްޖޭގެ ވެރިރަށް މާލެއަކީ ބިމުގެ ޖާގައިގެ ދަތިކަން އިންތިހާ އަށް ކުރިމަތިވެ މީހުން ތޮއްޖެހިފައިވާ ތަނަކަށް ވާތީ އެކަމުގެ ސަބަބުން މާލޭގައި ބިންކޮޅެއް އޮވެ، އެ ބިންކޮޅު ކުޑަވުމުގެ ސަބަބުން މާލޭގައި ދިރިއުޅެވެން ދަތިވެ، ބޯހިޔާވަހިކަމުގެ ހައްގުން މާލޭގެ ގިނަ ރައްޔިތުންތަކެއް މަހްރޫމްވެފައިވާ ކަމަށެވެ.
އެހެންވެ، ސަރުކާރުން ބޯހިޔާވަހިކަމުގެ ބިލެއް އެކުލަވާލާ އިރު، އެ ބިލްގައި ކަމާ ގުޅޭ އުސޫލުތައް ކަނޑައަޅައި މާލޭގެ ރައްޔިތުންގެ ތެރެއިން އެމީހުންގެ މިލްކިއްޔާތުގައި ހުރި ބިންތައް ދޫކޮށްލަން ޖެހިފައިވާ މީހުންނަށް ދާއިމީ ބޯހިޔާވަހިކަން ގާނޫނަކުން ފަހިކޮށްދޭން ފެންނަ ކަމަށް ގަރާރުގައިވެ އެވެ.
މީގެއިތުރުން، ގެދޮރު ނެތް ފަރާތްތަކަށާއި އަލަށް ޒަވާޖީ ހަޔާތެއް ފަށާ، ދިވެހިންނަށް ގޯތި ދެވޭވަރުގެ ޖާގަ އޮތް ރަށްރަށުން ގޯތި ދޫކުރުމާ ގުޅޭ ގޮތުން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ވެސް އިސްލާހު ފޮނުވުމުގެ ފުރުސަތު ވަނީ ދީފަ އެވެ.
މައްސަލަ ފުންޏެއް، އޮޅުންބޮޅުމާއި އޮޅުވާލުން ގިނަ!
މާލޭގެ ދަފްތަރު އުވާލަން ޖެހޭ: އަސްލަމް
މުއިއްޒު؛ ސިފައިން/ފުލުހުންގެ ފްލެޓާ ގުޅުމެއް ނެތް
ފްލެޓް ހައްގުވާ ލިސްޓު އިއުލާންކުރަން ތައްޔާރުވެއްޖެ
7،000 ފްލެޓް ނިންމާ ލޯނުގެ ޔަގީންކަން ލިބިއްޖެ
ފްލެޓު ދޫކުރަންވީ މާލެ ސިޓީ ކައުންސިލުން: އާޒިމް
ފްލެޓު ލިބުނު ބޭފުޅުންގެ މައްސަލަ ބަލަން ޖެހޭ: ވިސާމް
ފުށިދިއްގަރު ފަޅަކީ މާލެ ރައްޔިތުންގެ ހައްގެއް: ބޮންޑޭ
ރަށްރަށުގެ މެމްބަރުން ހުޅުމާލެއިން ގޯތި ހޯދަން ނޫޅޭތި
ގުޅިފަޅުން ބިން ގަތް މީހުންނަށް ގޯތި ދޭން ގަރާރެއް