ޗައިނާގައި ފެތުރެން ފެށި ނުރައްކާތެރި ކޮރޯނާވައިރަހާ ގުޅުވައިގެން ދޮގު ހަބަރު ނުފެތުރުމަށް ރާއްޖޭގެ މީޑިއާތަކަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަނުން މިއަދު އިލްތިމާސް ކޮށްފި އެވެ.
31 ޖެނުއަރީ 2020
ޗައިނާގައި ފެތުރެން ފެށި ނުރައްކާތެރި ކޮރޯނާވައިރަހާ ގުޅުވައިގެން ދޮގު ހަބަރު ނުފެތުރުމަށް ރާއްޖޭގެ މީޑިއާތަކަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަނުން މިއަދު އިލްތިމާސް ކޮށްފި އެވެ.
މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން ނުފެތުރޭނެ ގޮތަށާއި ރާއްޖޭގެ އިގްތިސާދަށް އަސަރު ނުކުރާގޮތަށް ހަބަރުތައް ފެތުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެންގުންތަކުގެ މައްޗަށް ހަބަރު ފެތުރުމަށާއި ތެދު ހަބަރެއްކަން ކަށަވަރު ކުރުމަށް ފަހުގައި ނޫނީ ހަބަރު ނުފެތުރުމަށް އެމްއެމްސީން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ބްރޮޑްކާސްޓިން ކޮމިޝަނުން ބުނީ ކޮރޯނާ ވައިރަހުގެ ސަބަބުން ފެތުރެމުންދާ ބަލިމަޑުކަމާ ގުޅޭގޮތުން، އާންމުންގެ މެދުގައި ބިރުވެރިކަން އުފެދި، ނުތަނަވަސްކަން އަންނަ ގޮތަށް ސާބިތު ނުހިފޭ މައުލޫމާތު ގެނެސްދިނުމުން އެއްކިބާވުމަށާއި، މިކަމާ ގުޅޭ އެންމެހާ ކޮންޓެންޓް ގެނެސްދިނުމުގައި ޒިންމާދާރު ނޫސްވެރިކަން ކުރިއަށް ނެރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
"ސާފު ސީދާ ތެދު މަޢުލޫމާތު ގެނެސްދިނުމަށާއި، ކަމާގުޅޭ އިދާރާތަކުގެ ބަސް ހޯދައި، އެފަރާތްތަކާ ހަވާލާދީ ކޮންޓެންޓް ގެނެސްދިނުމަށް ވެސް އިލްތިމާސްކުރަމެވެ.،" ބްރޮޑްކާސްޓިން ކޮމިޝަންގެ ސާކިއުލާގައި ވެ އެވެ.
ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާއި އުސޫލުތަކަށާއި ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެ މަތިން އަމަލުކުރުމަށް ވެސް ހުރިހާ ބްރޯޑްކާސްޓަރުންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މި ދަނޑިވަޅުގައި ބްރޯޑްކާސްޓަރުން ގެނެސްދޭ ހަބަރާއި މައުލޫމާތު ކޮމިޝަނުން ވަރަށް ގާތުން މޮނިޓާކުރަމުންގެންދާ ކަމަށް ވެސް ސާކިއުލާގައި ބުނެފައިވެ އެވެ.
ކޮރޯނާ ވައިރަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ދޮގު މައުލޫމާތުތައް ދަނީ ފަތުރަމުންނެވެ. އެ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ބައެއް މީޑިއާތަކުން ހަބަރު ވެސް ގެނެސް ދީފައިވެ އެވެ.
ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
މީޑިއާތައް ބޭނުންވާ ނަމަ އެމްއެމްސީ/ބްރޯޑްކޮމް އުވާލަނީ
އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލާ ބިލް މަޖިލީހަށް
މީޑިއާ ކޮމިޝަންގެ ބިލް މަޖިލީހުން ބޭރުކޮށްލައިފި
އިންޒާރު ދެކޮޅެއް ނުޖެހޭ، ޚަބަރު ގެނެސްދޭން ދަތި
ނޫސްވެރިން ތިބީ ބިރުވެރިކަމެއްގައި، މިނިވަންކަމެއް ނެތް
މީޑިއާއަށް އޮތް އެންމެ ބޮޑު ބިރަކީ ބްރޯޑްކޮމް: ޝިފާޒް
އާ ކޮމިޝަން، މީޑިއާތަކަށް އިތުރު ބިރުވެރިކަމެއް؟!
އަނެއްކާވެސް ދިވެހި އޮބްޒާވަރުގެ ޒަމާނަށް!
މީޑިއާތައް ހުއްޓުވުމުގެ ބާރު އަލަށް އުފައްދާ ކޮމިޝަނަށް