ހުޅުމާލެ އިން ހުށަހެޅުނު މައްސަލައެއް ތަހުގީގު ކުރަން އުޅުމުން ފުލުހަކަށް ރޭ މަރުގެ އިންޒާރު ދީ، މާރާމާރީ ހިންގަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުސް އޮފީހުން މިރޭ ބުނެފި އެވެ.
02 ފެބުރުއަރީ 2020
ހުޅުމާލެ އިން ހުށަހެޅުނު މައްސަލައެއް ތަހުގީގު ކުރަން އުޅުމުން ފުލުހަކަށް ރޭ މަރުގެ އިންޒާރު ދީ، މާރާމާރީ ހިންގަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުސް އޮފީހުން މިރޭ ބުނެފި އެވެ.
ފުލުހުންތަކެއް ރޭ ދަންވަރު މީހަކަށް އަނިޔާކުރަނީ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ވީޑިއޯއެއް އާއްމުކޮށްފަ އެވެ. މި ވީޑިއޯއާ ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖްގައި ވަނީ، ދައުރުވާ ވީޑިއޯގައި ފެންނަ މަންޒަރާ ގުޅުވައި ކުރާ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
އެކަން ހިނގި ގޮތް ކިޔައިދެމުން ފުލުހުން ބުނީ ހުޅުމާލޭގައި ފްލެޓެއްގައި ދިރިއުޅޭ މީހަކަށް މަރުގެ އިންޒާރުދޭ ކަަމަށް ބުނާ މައްސަލަ ހުށަހެޅުމުން އެކަން ތަހުގީގު ކުރަން އެ ގޭގައި ފުލުހުން ތިއްބައި ދެ މީހަކު ދަނޑިބުރި ހިފައިގެން ގޮސް މާރާމާރީ ހިންގަން އުޅުނު ކަމަށެވެ. އެ ދެ މީހުން އެ އެޕާޓްމެންޓަށް ވަނަ ނުދީ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރެވޭތޯ ބެލި ކަމަށް ފުލުހުން ބުންޏެވެ.
"ނަމަވެސް އެ ދެ މީހުން އޭރު ތިބީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވޭތީ، ފުލުހުން އެ މީހުން ގާތު ދެއްކި އެއްވެސް ވާހަކައެއް އަޑުއެހުމެއް ނެތި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދައްކައި، އެ ތަނުން އެއް ފުލުހަކަށް މަރުގެ އިންޒާރުދީ އޭނާގެ ގަޔަށް ވަޅި ހަރާނެ ކަމަށް ބުނެ ފުލުސް މީހާގެ ގަޔަށް އަތްލާ އޭނާއާ މެދު މާރާމާރީ ހިންގަން އުޅުމުން، ފުލުހުން ވަނީ އެ ރޭ 03:50 ހާއިރު އެ ދެ މީހުން ހައްޔަރުކޮށްފަ އެވެ،" މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖުގައިވެ އެވެ.
ދެ މީހުން ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ގަދަ ދެއްކުމުން ފުލުހުން ވަނީ ޕެޕަ ސްޕްރޭ ބޭނުންކޮށްފަ އެވެ. ނުކިޔަމަންތެރިކަން ދައްކައި އުޅުނު ގޮތުން، އެ ދެ މީހުން ބިޑިއަޅުވަން މަސައްކަތް ކުރި ގަޑީގައި އެތަނުން އެކަކު ވެއްޓި ބިންމަތީގައި ބޯ ޖެހުމުގެ ސަބަބުން ބޯ ދުޅަވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަނިޔާވި މީހާ ޑޮކްޓަރަށް ދައްކައި ފަރުވާ ދިން ކަމުގެ ޔަގީންކަން ވެސް ފުލުހުން ދެ އެވެ.
ބާރުގެ ބޭނުންކޮށް، ބަޔަކު ހުއްޓުވަން އުޅުމުގެ ތެރޭގައި އަނިޔާކުރި ކަމަށް ތުހުމަތުކުރާ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުންގެ ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީން ވެސް އަންނަނީ މައްސަލަ ބަލަމުންނެވެ.
އަނިޔާގެ ރިޕޯޓަކާހެދި ވަންއިރު ފެނުނީ 17 ކިލޯ ޑްރަގް
ވަގަށް ނެގި 20،000 ޑޮލަރު ހޯދައިފި
200 ބަނގުރާފުޅިއާ އެކު ތިން ބިދޭސީއަކު ހައްޔަރު
ބަނގުރާ ފުޅިތަކަކާ އެކު 57 އަހަރުގެ މީހަކު ހައްޔަރު
ފަހައި ދުއްވައިގެން އަތުލައިގަތް ޕިކަޕެއްގައި ބަނގުރާ
ހުއްޓުވި 1،000 މީހެއްގެ ކުށުގެ ރެކޯޑް އޮތް
އަމުރަށް ތަނާބުވެ،ސައިކަލްގައި ޖައްސައި ޒަހަމްކޮށްލައިފި
ރައީސަށް އިންޒާރުދިން މީހާގެ ބަންދަށް 10 ދުވަސް
ކަރޯކޭ ސިސްޓަމް ހިފައިގެން މި ދަނީ ކާކު؟
ކުއްޖާއަށް އަނިޔާކުރި މުވައްޒަފުން ވަކިކޮށްފި