04 ފެބުރުއަރީ 2020
ހިޔާ މަޝްރޫއަށް ކުރިމަތިލައި ފްލެޓަށް ޝަރުތު ހަމަވީ މީހުންގެ ތެރެއިން މިހާރު ދިރިއުޅުމުގެ ހާލަތު ބަލަމުން އަންނަ ފަސް ކެޓަގަރީގެ ތެރެއިން، ފްލެޓް ކޮމިޓީން ނުދާ ގެތަކުގެ މައުލޫމާތު އަންގައިދޭން ރައީސް އޮފީހުން މިއަދު އެދިއްޖެ އެވެ.
ހިޔާ މަޝްރޫއަށް ކުރިމަތިލައި ފްލެޓަށް ޝަރުތު ހަމަވީ މީހުންގެ ތެރެއިން މިހާރު ދިރިއުޅުމުގެ ހާލަތު ބަލަމުން އަންނަ ފަސް ކެޓަގަރީގެ ތެރެއިން، ފްލެޓް ކޮމިޓީން ނުދާ ގެތަކުގެ މައުލޫމާތު އަންގައިދޭން ރައީސް އޮފީހުން މިއަދު އެދިއްޖެ އެވެ.
ކުރީގެ ސަރުކާރުން ހުޅުވާލި ހިޔާ މަޝްރޫއުގެ 7،000 ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ފޯމުގައި ދީފައިވާ މައުލޫމާތު ފުރިހަމަތޯ ބަލަން، ފްލެޓް ކޮމިޓީގެ މެމްބަރުން ގޭގެއަށް ދަނީ ފޯމުގައި ދީފައިވާ ނަމްބަރަށް ގުޅުމަށް ފަހު އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މިހާރު ހާލަތު ބަލަމުން އަންނަނީ H13 ، H12 ، H5 ، H4 އަދި H15 ، ކެޓެގަރީގަ އެވެ. މި ފަސް ކެޓަގަރީ އަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން ތަކުރާރުކޮށް މަސައްކަތްކޮށްގެން ވެސް ނުގުޅޭ ބަޔަކު ތިބި ކަމަށް ރައީސް އޮފީހން ބުންޏެވެ.
އެ ލިސްޓު ގެޒެޓްގައި އާއްމުކޮށްފައިވާ އިރު، ލިސްޓުގައި ހިމެނޭ ފަރާތްތަކުން 7761108 އަށް ގުޅައިގެން އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ކުރިން މައުލޫމާތު ހިއްސާކޮށްދޭން ވަނީ އެދިފަ އެވެ. އެ ނަމްބަރުން ގުޅޭ ގޮތް ނުވެއްޖެ ނަމަ އެސްއެމްއެސްއެއް ފޮނުވަން ވަނީ އެދިފަ އެވެ.
ހިޔާ މަޝްރޫއުގައި އެންމެ ގިނައިން މާކްސް ލިބެނީ ދިރިއުޅުމުގެ ހާލަތުގެ ބައިންނެވެ. އެކަމަކު ފްލެޓްތައް ދޭން މީހުން ކަނޑައަޅާފައި ވަނީ ފޯމު ހުށަހެޅި ގިނަ ބައެއްގެ ދިރިއުޅުމުގެ ހާލަތު ނުބަލަ އެވެ.
ކުރީގެ ސަރުކާރުގައި ހުޅުވާލި ހިޔާ މަޝްރޫއުގެ 7،000 ފްލެޓަށް 22،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި އެވެ. މި ސަރުކާރުން ފްލެޓް ކޮމިޓީއެއް ކަނޑައެޅީ އޭގެތެރެއިން ގިނަ ފްލެޓްތައް ދޫކުރީ ބޭއިންސާފުން ކަމަށް ތުހުމަތު ކުރުމުންނެވެ.
ހިޔާ މަޝްރޫއުގެ 12 ކެޓަގަރީ އަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވި ގިނަ މީހުންނަށް ވަނީ ފްލެޓް ލިބުނު ކަމުގެ ލިއުން ވެސް ދޫކޮށްފަ އެވެ. އޭރުގެ ހައުސިން މިނިސްޓަރު ސޮއި ކުރައްވައި ދެއްވާފައި އޮތީ ސަރުކާރުގެ ސައްހަ ލިއުމެކެވެ. އެކަމަކު އެ މަޝްރޫއު ކުރިއަށް ގެންދިޔައީ ޕޮއިންޓް ދޭން އާއްމުކުރި އުސޫލާ ވެސް އެއްގޮތަށް ނޫން ކަމަށާއި މިހާތަނަށް ބެލި އިރު ވެސް ބޮޑެތި މައްސަލަތަކެއް ފެނިފައިވާ ކަމަށް ފްލެޓް ކޮމިޓީން ވަނީ ބުނެފަ އެވެ.
އެ މަޝްރޫއުން ފްލެޓްތައް ދިން ގޮތް ބަލައި ލިސްޓު އާއްމުކުރަން ތައްޔާރުވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ހުޅުމާލޭގައި އިމާރާތްކޮށްފައިވާ އެ ފްލެޓްތައް މި އަހަރުގެ ތެރޭގައި ދޫކުރާނެ އެވެ.
ފްލެޓް ހައްގުވާ ލިސްޓު އިއުލާންކުރަން ތައްޔާރުވެއްޖެ
ހިލޭ ބަހާ ގޯތީގައި މުޅި އާބާދީ ހިޔާވަހިކުރެވޭ!
ހިޔާއަށް ކުލި ނުދައްކާ، އެޅޭނެ ފިޔަވަޅެއް ވެސް ނެތް!
ކުލި ކުޑަވާނީ 7 އަހަރަށް، ލޯނަށް އިތުރެއް ނުވާނެ
ހިޔާއަށް މަހަކު 6،300ރ. ދައްކާ ގޮތަށް ހަަދައިފި
ހައްވައްތަ އުފަލުން ރޮވިފައި، ގަނަތެޅުން ނިމުމަކަށް!
ހިޔާ ފްލެޓަށް އިތުރަށް 3.2 ބިލިއަން ދައްކަންޖެހޭ
ހިޔާ ފްލެޓް އެއްބަސްވުމުގައި ސޮއިކުރުން ޖުލައި 14ގައި
ފަންނީ މީހުން އާ ފްލެޓަށް ހުށަހެޅުމުގެ ފުރުސަތު ދީފި
ސްޓެލްކޯގެ ފްލެޓް ދޭން ނިންމި ގޮތް ކަމަކު ނުދޭ!