ރައްޔިތުންގެ މަޖިލީހުގައި 25 އަހަރު ހޭދަކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުން ކުރެއްވި ކޮމްޕިއުޓަރު ހިތަދޫ ސްކޫލަށް ހަދިޔާކޮށްފި އެވެ.
04 ފެބުރުއަރީ 2020
ރައްޔިތުންގެ މަޖިލީހުގައި 25 އަހަރު ހޭދަކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުން ކުރެއްވި ކޮމްޕިއުޓަރު ހިތަދޫ ސްކޫލަށް ހަދިޔާކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގައި ކުރިން ބޭނުންކުރި 60 ކޮމްޕިއުޓަރެއް އައްޑޫ ހިތަދޫ ސްކޫލަށް ހަދިޔާކޮށްފައިވާ ކަަމަށެވެ. އޭގެ ތެރޭގައި ހިންނަވަރު ދާއިރާގެ މެމްބަރެއްގެ ގޮތުގައި ޚިދުމަތް ކުރެއްވި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުން ކުރެއްވި ކޮމްޕިއުޓަރު ވެސް ހިމެނޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ ހިތަދޫ ސްކޫލަށް ހަދިޔާ ކުރީ 18 ވަަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބޭނުންކުރެއްވި ކޮމްޕިއުޓަރުތަކެއް ކަމަށާއި މަޖިލީހުގެ ރައީސް އެ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އޭރު ބޭނުންކުރެއްވި ކޮމްޕިއުޓަރުގެ ވާހަކަ ކަމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އިރު މީޑިއާ އާ ވާހަކަ ދައްކަވަނީ.
ނަޝީދު ވިދާޅުވީ ހިތަދޫ ސްކޫލަށް ހަދިޔާކުރި ކޮމްޕިއުޓަރުތައް މަރާމާތުކުރަން ފައިސާ ހަރަދުކުރަން ނުޖެހުނު ކަމަށާއި އެހެން ނަމަވެސް "މެމޮރީ ފުހެލުމުގެ ނާޒުކު މަސައްކަތް" ކުރަން ޖެހުނު ކަމަށެވެ.
"މަރާމާތުކުރާކަށް އަޅުގަނޑުމެންނަކަށް ފައިސާ ހަރަދުކުރާކަށް ނުޖެހުނު. އެހެން ނަމަވެސް ވަރަށް ނާޒުކު މަސައްކަތެއް ކުރަން ޖެހުނު. އެއީ އިއްޒަތްތެރި މެމްބަރުންގެ މެމޮރީ ފޮހެލުން ކޮމްޕިއުޓަރުގައި ހުރި. އޭގެ ތެރޭގައި އެ އިއްޒަތްތެރި މެމްބަރުން ވެދެވަޑައިގެންފައިވާ ސައިޓުތަކާއި އެހެން މައުލޫމާތުތައް ވެސް ހިމެނޭ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ހިތަދޫ ސްކޫލަށް ހަދިޔާކުރި ކޮމްޕިއުޓަރުތައް މަޖިލީހަށް ގަތްއިރު އެކަމަށް ހަރަދުވެފައި ވަނީ 757،700ރ. ކަމަށެެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (ކ) އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
ނަޝީދު ވިދާޅުވީ މަޖިލީހުން ދިން ކޮމްޕިއުޓަރުތަކަކީ ހިތަދޫ ސްކޫލަށް ބޭނުންތެރި ތަކެއްޗަށް ވާނެ ކަމަށް އުއްްމީދުކުރައްވާ ކަމަށެވެ. އަދި ދައުލަތުގެ އެހެން އިދާރާތަކުން ވެސް ބާވެގެން ނަގާ އެއްޗެހި ނީލަން ފިހާރަ އަށް ފޮނުވުމުގެ ބަދަލުގައި މަރާމާތުކޮށް، އެ ބޭނުންކުރާނެ އެހެން ބަޔަކު ތިބިތޯ ބަލަން އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.
"ދެން އަަޅުގަނޑު ވަރަށް ބޮޑަށް އެދެން ނީލަން ފިހާރަ އަށް ފޮނުވުމުގެ ބަދަލުގައި ކޮންމެ ވުޒާރާއަކުން ވެސްް ކޮންމެ އިދާރާއަަކުން ވެސްް އެތަކެތި މަރާމާތުކޮށްލައްވާފައި ދެން ބޭނުންކުރާ އެެހެން މީހަކު، އެހެން ވުޒާރާއެއް އެެހެން ތަނެއް ހުރިތޯ ބައްލަވާފައި، އެފަދަ ތަނެއް ހުރިއްޔާ އެފަދަ ތަނަކަށް އެތަކެތި ދެއްވުން،" އެމަނިކުފާނު ވިދާޅުވި އެވެ.
މަޖިލީހުން ދިން ކޮމްޕިއުޓަރުތައް ހިތަދޫ ސްކޫލުން ބޭނުންކުރުމުން ނަޝީދު އެ ސްކޫލަށް ޝުކުރު ދަންނަވާ ތައުރީފު ވެސް ކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ އެއީ 1974 ވަނަ އަހަަރުން ފެށިގެން ހިންގަމުން އަންނަ ސްކްކޫލެއް ކަމަށާއި ރާއްޖޭގެ އެހެން ގިނަ ސްކޫލްތަކާ އެ ސްކޫލް ތަފާތު ކަމަށެވެ. ހިތަދޫ ސްކޫލަކީ 900 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލެކެވެ.
މެމްބަރުންގެ ކުރީގެ ކޮމްޕިއުޓަރުތައް ހިތަދޫ ސްކޫލަށް
ދާއިރާގެ ސްޓިއަރިން ކޮމިޓީން އަޒާނާ ދެކޮޅަށް ބަޔާނެއް
"ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންނަށް"
ޖެނުއަރީން ފެށިގެން މުސާރައެއް ނުނަގަން: ނަޝީދު
"ނަޝީދުގެ ހަމަލާއާ ގުޅޭ ރިޕޯޓަށް އަމަލުކުރަން ޖެހޭ"
"މާލެއާ އެއްފެންވަރަށް އައްޑުތަރައްގީކުރަން ބޭނުން"
މެމްބަރުކަމުގެ މުސާރަ އުނިކޮށްދޭން ނަޝީދު އެދިވަޑައިގެންފި
ނަޝީދުގެ މައްސަލަ ނުފެށި ކޮމިޓީގައި 2 އަހަރު!
ނަޝީދު ދިރިއުޅުން ބަދަލުކުރެއްވީ މަޖިލީހަށް ނާންގަވާ!
ނަޝީދު ގާނާ އަށް ދިރިއުޅުއްވުން ބަދަލުކުރައްވައިފި