Roadha Mihaaru
ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނަގަން އަމުރުކޮށްފި

ކުޑަ ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނަގަން އަމުރުކޮށްފި

06 ފެބުރުއަރީ 2020

މެދު ރާއްޖެތެރޭ ރަށެއްގައި ދިރިއުޅޭ ހަ އަހަރުގެ ކުޑަ ކުއްޖަކާ ހަވާލުވެތިބި ފަރާތްތަކުން އިހުމާލުވަމުންދާތީ އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަށް ފެމެލީ ކޯޓުން މިރޭ އަމުރުކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މެދު ރާއްޖެތެރޭ ރަށެއްގައި ދިރިއުޅޭ ހަ އަހަރުގެ ކުޑަ ކުއްޖަކާ ހަވާލުވެތިބި ފަރާތްތަކުން އިހުމާލުވަމުންދާތީ އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަށް ފެމެލީ ކޯޓުން މިރޭ އަމުރުކޮށްފި އެވެ.

އެ ކުއްޖާއަކީ ނުރައްކަލަށް ހުށަހެޅިފައި ހުރި ކުއްޖެއް ކަމުގައި ބެލެވޭތީ ގާނޫނީ ބެލެނިވެރިކަން ދައުލަތަށް ނެގުމަށް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ވަނީ ފެމެލީ ކޯޓުގައި އެދިފަ އެވެ.

މިރޭ ބޭއްވި އަޑުއެހުމަށް ފަހު ކޯޓުން އަމުރުކުރީ 24 ގަޑިއިރުގެ ތެރޭގައި ކުއްޖާ ދައުލަތާ ހަވާލު ކުރުމަށެވެ. އެ އަމުރު ތަންފީޒު ކުރުމަށް ހުރަސްއަޅާ ނަމަ، އެކަން ހުއްޓުވައި އެ ކުއްޖާ ދައުލަތާ ހަވާލުކުރުމަށް ފުލުހުންގެ މައްޗަށް ވެސް އަމުރު ކޮށްފައިވެ އެވެ.

އެ ކުޑަ ކުއްޖާއާ ގުޅޭ އިތުރު މައުލޫމާތެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

މިދުވަސްވަރު ކުޑަކުދިންނަށް އިހުމާލުވާ މައްސަލަތަކާއި ޖިންސީ ގޯނާކޮށްގެން ހުށަހެޅޭ މައްސަލަތައް ވަނީ އިތުރުވެފަ އެވެ.