"ކޮޅަށް ހުންނައިރު ވެއްޓޭވަރުގެ ލޮޅުމެއް އެއީ، ވަރަށް ބާރު ލޮޅުމެއް އައީ،" މިއީ ރޭ އުތުރުގެ ރަށްތަކަށް އައި ބިންހެލުން ހއ. އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ސިފަ ކުރެއްވި ގޮތެވެ.
06 ފެބުރުއަރީ 2020
"ކޮޅަށް ހުންނައިރު ވެއްޓޭވަރުގެ ލޮޅުމެއް އެއީ، ވަރަށް ބާރު ލޮޅުމެއް އައީ،" މިއީ ރޭ އުތުރުގެ ރަށްތަކަށް އައި ބިންހެލުން ހއ. އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ސިފަ ކުރެއްވި ގޮތެވެ.
ރޭ ދަންވަރު 1:45 ކަންހާއިރު ރާއްޖޭގެ އެންމެ އުތުރުގެ ސަރަހައްދަށް އައި ބިންހެލުމުގެ އަސަރު އެ ހިސާބުގެ ގިނަ ރަށްތަކަށް ކުރި އެވެ. ބިންހެލުމުގެ ސަބަބުން ގާތްގަނޑަކަށް ހަތަރު ވަރަކަށް ސިކުންތުގެ ލޮޅުމެއް އައި ކަމަށް އެރަށް ރަށުން ބުނެ އެވެ. މިއީ ދިވެހީންނަށް ވަރަށް އާ ތަޖުރިބާއެކެވެ.
"ވަރަށް ގިނަ ބަޔަކަށް ތަޖުރިބާ ކުރެވުނު. ގިނަ މީހުންނަށް ހޭލެވުނީ އެނދު ތެޅޭތީ. ކޮޓަރީގެ ބޭރުގައި ހުރި ބިއްލޫރި ދޮރިތަކުގައި ހީވަނީ ބޭރުން ބަޔަކު ތަޅާހެން. އެ އަޑުފަށްގަނޑު ހުރި،" ބާރަށު ކައުންސިލްގެ ނައިބު ރައީސް އަލީ ޝަމީމްގެ ތަޖުރިބާތައް ވިދާޅުވި އެވެ.
ހއ. ގެ އިތުރުން ހދ. ގެ ބައެއް ރަށްތަކަށް ވެސް ބިންހެލުމުގެ އަސަރު ކުރި އެވެ. އޭގެ ތެރެއިން ނެއްލައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ނާޒިމް ވިދާޅުވި ގޮތުގައި ރޭގެ ލޮޅުމާއެކު އެ ރަށު ގިނަ ބައެއްގެ ހިތްތަކުގައި ވަނީ ބިރުވެރިކަން އުފެދިފަ އެވެ.
"ހަމައެކަނި ހެލުމެއް ނޫން. ބާރު އަޑުތަކެއް ވެސް އިވުނު. ބިރުގަންނަ ވަރަށް އަސަރު ކުރި،" ނާޒިމް ވިދާޅުވި އެވެ.
ބާރުގަދަ ލޮޅުމެއް އައި ނަމަވެސް އެއްވެސް ރަށެއްގެ އެއްވެސް ތަނަކަށް ގެއްލުމެއް ވެގެން މިހާތަނަށް ރިޕޯޓް ކޮށްފައެއް ނުވެ އެވެ. ގެއެއްގެ ފާރުގައި ރެނދުލުން ފަދަ ކަމެއް ވެސް ހިނގާފައި ނުވާ ކަމަށް ކައުންސިލްތަކުން ބުނެ އެވެ.
ބިންހެލުންތައް ދިރާސާކުރާ ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން ބުނެފައިވާ ގޮތުގައި ބިންހެލުން އައީ ހއ. ދިއްދޫއާ 47.2 މޭލު ބޭރުން ކަނޑުގެ ބިމުގެ 10 ކިލޯމީޓަރު ފުނުންނެވެ. ބިންހެލުމުގެ ބާރުމިނަކީ 4.5 މެގްނިޓިއުޑެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ އިން ބުނީ މި ލޮޅުމުގެ ސަބަބުން ރާއްޖެ އަށް ގެއްލުމެއް ކުރިމަތިވެދާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
ރާއްޖެ ކައިރިއަށް ކުޑަ ބިންހެލުމެއް، ނުރައްކަލެއް ނެތް
އިހަވަންދޫގައި ފެންބޮޑުވެ 12 ގެއަކަށް ގެއްލުންވެއްޖެ
ހދ.ގެ ރަށްތަކުގެ ބިންގަނޑަށް ލޮޅުމެއް އަތުވެއްޖެ
ސުމަޓްރާގެ ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ:މެޓް
ދެބަފައިންގެ މަސްދަތުރަށް ހިތްދަތި ނިމުމެއް
ރާއްޖެ އަށް ބިންހެލުމުގެ އަސަރުކޮށްފި
ފަހަތުންއަރައި އިހަވަންދޫ ބަލިކޮށް ދިއްދޫ ލީޑުފުޅާކޮށްފި
ރައީސް ޔާމީން، ހއ. ހދ ދަތުރުފުޅު ފަސްކުރައްވައިފި
ލޮޅުންތައް އަރަނީ އުމްރާނީ މަސައްކަތްތަކުން: މެޓް
48 މީހުންނާއެކު ދަތުރުކުރި ލޯންޗެއް އަޑިއަށް