06 ފެބުރުއަރީ 2020
ޖެންޑާ މިނިސްޓްރީގެ މެންޑޭޓު މާ ބޮޑު ކަމަށާއި އެކަށީގެންވާ ފަންނީ ވަސީލަތްތައް ނެތި އެ މިނިސްޓްރީ ނުހިންގޭނެ ކަމަށް، ސިޔާސީ ބައެއް ބޭފުޅުން މިއަދު ވިދާޅުވެއްޖެ އެވެ.
ޖެންޑާ މިނިސްޓްރީގެ މެންޑޭޓު މާ ބޮޑު ކަމަށާއި އެކަށީގެންވާ ފަންނީ ވަސީލަތްތައް ނެތި އެ މިނިސްޓްރީ ނުހިންގޭނެ ކަމަށް، ސިޔާސީ ބައެއް ބޭފުޅުން މިއަދު ވިދާޅުވެއްޖެ އެވެ.
އަމާޒުވަމުން ދިޔަ ބޮޑެތި ފާޑުކިޔުންތަކާއި ފިއްތުންތަކާ އެކު، ޖެންޑާ މިނިސްޓަރުކަމުން ޝިދާތާ ޝަރީފު މިއަދު އިސްތިއުފާ ދެއްވައިފަ އެވެ. އެއާއެކު އެ މަގާމަށް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ޖެންޑާ މިނިސްޓަރުކަން ކުރެއްވި އަދި އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އާއިޝަތު މުހައްމަދު ދީދީ ވަނީ އައްޔަންކުރައްވައިފަ އެވެ.
އެކަމާ ގުޅިގެން، ކުރީގެ ޖެންޑާ މިނިސްޓަރު އަދި އަންހެނުންގެ ހައްގުތަކުގައި އަޑުއުފުއްލަވަމުން އަންނަ އަނީސާ އަހުމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި މަސްތުވާތަކެތި ބޭނުންކުރާ މީހުން އަދި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އުފުލަން ޖެހޭ މިނިސްޓްރީގެ މެންޑޭޓް މާ ބޮޑުވެފައި އުނދަގޫ ކަމަށެވެ.
Ministry of Gender, Family and Social Services has a too huge and complex mandate (gender, children, disabled, elderly,drug offenders, social protection) for any minister to manage satisfactorily without adequate resources, specially technical resource. Needs attention.
— AneesaAhmed (@AneesaAhmed19) February 6, 2020
އެހެންކަމުން އެކަށީގެންވާ ވަސީލަތް ނެތި، ހާއްސަކޮށް ޓެކްނިކަލް ވަސީލަތް ނެތި، ހިތްހަމަޖެހޭ ފެންވަރުގައި އެ މިނިސްޓްރީގެ ކަންކަން ކުރަން ދަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވީ މުޅި ޖެންޑާ މިނިސްޓްރީގެ އޮނިގަނޑު ބަދަލުކޮށް އަދި ހަރުދަނާކުރަން ޖެހޭ ކަމަށެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި އެ މިނިސްޓްރީގެ މެންޑޭޓު އަލުން ރާވަން ޖެހެ އެވެ.
Minister Shidhatha isthiufa dhevvumakun mi raajjeygai kuramun dhaa jinsee gonaa aai aniyaa ahi ihumālu ge massalathakah halleh nulibey. Visnunves badhaleh nuvaane! Mee mulhi mujuthamau ga oiy bodu vabaaeh. Zimma nagan jehey meehun baivaru. Ekaku kathilaigen massala hallehnuvaane.
— Aminath Nadira. (@a_nadraa) February 6, 2020
"ބޭނުންވަނީ ތަމްރީނު ލިބިފައިވާ، ގާބިލް އަދި ތަޖުރިބާކާރުން. ހަމައެކަނި ސިޔާސީ އެކްޓިވިސްޓުންނެއް ނޫން. މިކަން ހުރިހާ މިނިސްޓްރީއަކަށް ނިސްބަތްވޭ. އިލްމީ މީހުންނާއި ސިވިލް ސާވެންޓުންނަށް ހިތްވަރު ބޭނުންވޭ،" ދުންޔާ ލިއުއްވި އެވެ.
ޝިދާތާއާ އެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގައި މަސައްކަތްކުރެއްވި އަދި މައުމޫން އުފެއްދެވި އެމްއާރުއެމްގެ އިސް ހިންގުންތެރިއެއް ކަމަށް ވާ އާމިނަތު ނާދިރާ ވިދާޅުވީ ޝިދާތާ އިސްތިއުފާ ދެއްވުމަކުން ރާއްޖޭގައި ޖިންސީ ގޯނާ އާއި އަނިޔާ އަދި އިހުމާލުގެ މައްސަލަތަކަށް ހައްލެއް ނުލިބޭ ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އެއީ "މުޅި މުޖުތަމައުގައި އޮތް ބޮޑު ވަބާއެކެ"ވެ.
"ޒިންމާ ނަގަން ޖެހޭ މީހުން ބައިވަރު. އެކަކު ކަތިލައިގެން މައްސަލަ ހައްލެއްނުވާނެ،" ނާދިރާ ވިދާޅުވި އެވެ.
ގޯނާގެ މައްސަލައާއެކު ޝިދާތާ އިހުސާސްތައް ބޭރުކޮށްލައިފި
މިނިސްޓަރު އަޒުމެއްގައި: އިންސާފުގެ ދޮރު ހުޅުވޭނެ
ނިޒާމު އޮތީ ފެއިލްވެފައި، އުފުލާ އަޑުތައް އިވޭ:އައިޝާ
އިސްތިއުފާ ދިނީ މަސްލަހަތަށް،އިހުމާލެއް ނުވަން: ޝިދާތާ
ޝިދާތާ އިސްތިއުފާ ދެއްވައިފި، އާ މިނިސްޓަރަކަށް އައިޝާ
މިއީ ހަމައެކަނި ޝިދާތާގެ އިހުމާލެއް ނޫން: އިދިކޮޅު
މިނިސްޓަރު ޝިދާތާ އިސްތިއުފާ ދީ: އެމްޑީޕީގެ މެމްބަރުން
ޖެންޑާގެ އެކި ޑިޕާޓްމަންޓުތަކުގެ ވެރިން ބަދަލުކޮށްފި
ނުރައްކާ އޮތް އާއިލާތަައް މޮނިޓާކުރަން އަންގަނީ
އިސްލާހުކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް: ޝިދާތާ