ރާއްޖެ ކޮމަންވެލްތާ އަލުން ގުޅުމުން ކޮމަންވެލްތު ސްކޮލަޝިޕްތަކަށް ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް އަނެއްްކާވެސް ހަމަޖައްސައިފިއެވެ.
07 ފެބުރުއަރީ 2020
ރާއްޖެ ކޮމަންވެލްތާ އަލުން ގުޅުމުން ކޮމަންވެލްތު ސްކޮލަޝިޕްތަކަށް ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް އަނެއްްކާވެސް ހަމަޖައްސައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ކޮމަންވެލްތު ސްކޮލަޝިޕް ހޯދަން ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް އެ ޖަމާއަތުން ހަމަޖެއްސީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާ އެކު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު ބޭއްވެވި ބައްދަލުވުމުގައި ޝާހިދު އެކަމަށް އެދިވަޑައިގަތުމުން ކަމަށެވެ. ދިވެހިންނަށް ކުރިމަތިލެވޭ ސްކޮލަޝިޕްތަކާ ބެހޭ މައުލޫމާތު ވަރަށް އަވަހަށް ކޮމަންވެލްތުން ހާމަކުރާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ފަހު، އެ ޖަމިއްޔާގެ މެމްބަރުކަން އަލުން ލިބުނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ރާއްޖެ އަކީ މިހާރު ކޮމަންވެލްތުގެ 54 ވަނަ މެމްބަރު ގައުމެވެ.
ކޮމަންވެލްތާ އަލުން ގުޅުމުން، އެ ޖަމާއަތުގެ މައި އިދާރާގައި އިއްޔެ ދިވެހި ދިދަ ނެގި އެވެ.
އިނގިރޭސި ވިލާތުގެ ލަންޑަނުގައި ބޭއްވި، ރާއްޖޭގެ ގައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާއި ރާއްޖެ އިން އެ ގައުމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލާއި ކޮމަންވެލްތުގެ 53 ގައުމުގެ މަންދޫބުން ބައިވެރިވެވަޑައިގަތެވެ.
ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނުކަން އެންގެވުމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިދިޔަ ހޮނިހިރު ދުވަހު ފޯނުން ގުޅުއްވުމުން އެ މަނިކުފާނު ވަނީ އެކަމާ އުފާފުޅުކުރައްވައި ދިވެހި ސަރުކާރަށް ދެއްވި އެއްބާރުލުމާއި އެހީތެރި ކަމަށްޓަކައި ޝުކުރު އަދާކުރައްވައިފަ އެވެ.
ރާއްޖެ، ކޮމަންވެލްތާ އަލުން ގުޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުގައި ވެސް ހިމެނޭ ކަމެކެވެ.
ޔާމީންގެ ސަރުކާރުގައި ރާއްޖެ، ކޮމަންވެލްތުން ވަކިވީ، އޭރު ސަރުކާރުން ބައެއް ކަންކަމުގައި އަމަލު ކުރަމުން އައި ގޮތުން، ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) ގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނައި، އިސްލާހު ނުވެއްޖެ ނަމަ އެ ޖަމާއަތުން ޜާއްޖެ ސަސްޕެންޑު ކުރާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށެވެ. އެހެންވެ، ކޮމަންވެލްތުން ވަކިވާން ޔާމީންގެ ސަރުކާރުން ނިންމީ އެ ފިޔަވަޅުން ސަލާމަތް ވުމަށެވެ.
ކޮމަންވެލްތުގެ އިދާރާގައި ދިވެހި ދިދަ ވިހުރެން ފަށައިފި
ކޮމަންވެލްތުގައި ދިވެހި ދިދަ ނަގަން ޝާހިދު ލަންޑަނަށް
ކޮމަންވެލްތު ބައްދަލުވުމުގައި ރާއްޖެ ބައިވެރިކުރަންޖެހޭ
ރާއްޖެ ކޮމަންވެލްތާ ގުޅުން އަވަސްކުރަން އެދިއްޖެ
ކޮމަންވެލްތާ ގުޅެން ލިއުންތައް ހުށަހަޅައިފި
ސަމިޓުގައި ރާއްޖެއަށް ޖާގަ ލިބޭނެ ކަމަަށް އުންމީދުކުރަން
އިންތިޚާބު އޮބްޒާވް ކުރަން ކޮމަންވެލްތުން ހުށަހަޅައިފި
އަލުން ގުޅޭތީ ކޮމަންވެލްތުގެ މަރުހަބާ ރާއްޖެއަށް
ރާއްޖެ، ކޮމަންވެލްތާ ގުޅެން ދެކޮޅު ގައުމެއް ނެތް
އެސެސްމަންޓް ހަދަން ކޮމަންވެލްތުގެ ޓީމެއް ރާއްޖެއަށް