ކޮމަންވެލްތުގެ މެމްބަރަކަށް ވުމަށް ރާއްޖެއިން އަލުން ހުށަހެޅި ހުށަހެޅުމަށް ކޮމަންވެލްތުން އިއްޔެ މަރުހަބާ ކިޔައިފި އެވެ.
20 ޑިސެމްބަރ 2018
ކޮމަންވެލްތުގެ މެމްބަރަކަށް ވުމަށް ރާއްޖެއިން އަލުން ހުށަހެޅި ހުށަހެޅުމަށް ކޮމަންވެލްތުން އިއްޔެ މަރުހަބާ ކިޔައިފި އެވެ.
ކޮމަންވެލްތުގެ މެމްބަރެއްގެ ގޮތުގައި އޮތުމަށް ފަހު އެ ޖަމާއަތުން ރާއްޖެ ވަނީ ކުރީގެ ސަރުކާރުގައި 2016 ވަނަ އަހަރު އެވެ. އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން އަލުން އެ ޖަމާއަތުގައި ބައިވެރިވުމަށް މިހާރު ވަނީ ރަސްމީކޮށް ހުށަހަޅުއްވައިފަ އެވެ.
އެކަމާ ގުޅިގެން ކޮމަންވެލްތްގެ ސެކެޓްރީ ޖެނެރަލް ޕެޓްރީސިއާ ސްކޮޓްލަންޑް އިއްޔެ ނެރުއްވި ބަޔާނެއްގައި ވަނީ ކޮމަންވެލްތުން ރާއްޖެ ވަކިވުމުން، އެ ނިންމުމަކީ ވަގުތީ ނިންމުމަކަށް ވާނެ ކަމަށް އޭރު ވެސް އޭނާ އުއްމީދު ކުރެއްވި ކަމަށެވެ. އަދި އަލުން އެ ޖަމާއަތާ އަލުން ގުޅުމަށް ރާއްޖެއިން ހުށަހެޅި ހުށަހެޅުމަށް މަރުހަބާ ކިޔާ ކަމަށާއި ރާއްޖޭގެ ސަރުކާރާއި ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރަން އެ ޖަމާއަތުން ތައްޔާރަށް އޮތް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ކޮމަންވެލްތާ އަލުން ގުޅެން ރާއްޖެއިން ހުށަހެޅިއިރު، 15 އަހަރު ފަހުން ޒިމްބާބްވޭ އިން ވެސް ވަނީ އެ ޖަމާއަތާ އަލުން ގުޅެން ހުށަހަޅައިފަ އެވެ. ކޮމަންވެލްތުގެ އުސޫލުތައް އޮންނަ ގޮތުން އެ ޖަމާއަތުގެ މެމްބަރު ކަން ލިބޭނީ ސެކެޓްރީ ޖެނެރަލްގެ ބެލުމުގެ ދަށުން ހިންގާ އެސެސްމަންޓްތަކަކަށް ފަހު އެވެ.
އެކި ކަންކޮޅުތަކުން 53 ގައުމަކުން ބައިވެރިވެފައިވާ ކޮމަންވެލްތްގެ މެމްބަރެއްގެ ގޮތުގައި 34 ވަންދެން އޮތުމަށް ފަހު އެ ޖަމާއަތުން ރާއްޖެ ވަކިވީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމާއި ރާއްޖެއާ މެދު އެ ޖަމާއަތުން ތަފާތު ކުރުން ގެންގުޅޭ ކަމަށް ބުނެ އެވެ.
އިދިކޮޅު ލީޑަރުން ޖަލަށްލުމާއި ހައްގުތައް ހަނިކޮށް ގާނޫނުތައް ހެދުން ފަދަ ކަންކަމަކީ ކޮމަންވެލްތްގެ ފާޑު ކިޔުން އޭރު ވެސް އަމާޒުވި ކަމަށެވެ.
ރާއްޖެ ކޮމަންވެލްތާ ގުޅުން އަވަސްކުރަން އެދިއްޖެ
ކޮމަންވެލްތާ ގުޅެން ލިއުންތައް ހުށަހަޅައިފި
ފޮރިން ސާވިސް ބިލް: ނުފޫޒުގެ ތުހުމަތާއި ތައުރީފު
"އިންޑިއާގެ ގުޅުމަށް ފާޑުކިޔަނީ ތަރައްގީ ހަޖަމުނުވާތީ"
ރާއްޖެ-ކޮޗިން ފެރީ ދަތުރުތައް 3 މަސްތެރޭގައި ފަށަނީ
ކޮވިޑާ ދެކޮޅަށް އަދިވެސް ބޭރުގެ އެހީ މުހިއްމު: ރައީސް
ކޮމަންވެލްތުގެ އިދާރާގައި ދިވެހި ދިދަ ވިހުރެން ފަށައިފި
ކޮމަންވެލްތު ބައްދަލުވުމުގައި ރާއްޖެ ބައިވެރިކުރަންޖެހޭ
އިންތިޚާބު އޮބްޒާވް ކުރަން ކޮމަންވެލްތުން ހުށަހަޅައިފި
މުޓުންގާ އަނެއްކާ ރާއްޖެ އަށް، ލަންކާ އަށް ވެސް ދާނެ