Roadha Mihaaru
ވައިރަހާ ދެކޮޅަށް ބިލްގޭޓްސް 100 މިލިއަން ޑޮލަރު

ކޮރޯނާވައިރަހާ ދެކޮޅަށް ގޭޓްސް ފައުންޑޭޝަނުން 100 މިލިއަން ހަދފިޔާކޮށްފި

11 ފެބުރުއަރީ 2020

ޗައިނާ އިން އުފަންވެ، ދުނިޔޭގެ އެކި ހިސާބުތަކަށް މިހާރު ފޯރާފައިވާ ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އެހީވާން، އެމެރިކާގެ މަޝްހޫރު މަހުޖަނު ބިލް ގޭޓްސް އާއި އަންހެނުން މެލިންޑާގެ ގޭޓްސް ފައުންޑޭޝަނުން 100 މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗައިނާ އިން އުފަންވެ، ދުނިޔޭގެ އެކި ހިސާބުތަކަށް މިހާރު ފޯރާފައިވާ ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އެހީވާން، އެމެރިކާގެ މަޝްހޫރު މަހުޖަނު ބިލް ގޭޓްސް އާއި އަންހެނުން މެލިންޑާގެ ގޭޓްސް ފައުންޑޭޝަނުން 100 މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.

މިކަމާ ބެހޭ ގޮތުން ގޭޓްސް ފައުންޑޭޝަނުން ނެރުނު ބަޔާނުގައި ބުނީ އެ އެހީ އަކީ ބަލިފެތުރުން ކޮންޓްރޯލްކުރުމަށާއި ބަލި ދެނެގަތުމަށް ކުރާ މަސައްކަތާއި ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމުގެ އިތުރަށް ކޮރޯނާވައިރަށް ވެކްސިނެއް ތައްޔާރުކުރަން ދޭ އެހީއެއް ކަމަށެވެ.

މި 100 މިލިއަން ޑޮލަރުގެ ތެރެއިން 20 މިލިއަން ޑޮލަރު ހާއްސަކޮށްފައި ވަނީ އެމެރިކާގެ ސެންޓަ ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ އިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތްތަކަށެވެ. މީގެ އިތުރުން ބިލް އާއި މެލިންޑާގެ ފައުންޑޭޝަނުން ދިން އެހީން ކޮރޯނާވައިރަހުގެ ނުރައްކާ އެންމެ ބޮޑު ޗައިނާގެ ކަމާގުޅުން ހުރި ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ވެސް އެހީ ފޯރުކޮށްދޭނެ އެވެ.

ގޭޓްސް ފައުންޑޭޝަނުން ބުނި ގޮތުގައި ބަލި ފެތުރުމެން ދިއުމުގެ ފުރުސަތު އަދިވެސް އޮތުމާ އެކު، އޭޝިއާ އާއި އެފްރިކާ ބައްރުގެ ގައުމުތަކުގެ ތެރެއިން އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބޭ ގައުމުތަކުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ފައުންޑޭޝަނުން ހަދިޔާކުރި 100 މިލިއަނުން ޑޮލަރުން 20 މިލިއަން ޑޮލަރު ހާއްސަކޮށްފައިވެ އެވެ.

ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް މާލީ ގޮތުން ބޮޑެތި އެހީތައް ފޯރުކޮށް ދީފައިވާ މަހުޖަނުންގެ ތެރޭގައި ޗައިނާގެ އެންމެ މުއްސަނދި މީހާ އަދި އަލީބާބާ ގްރޫޕްގެ ކުރީގެ ވެރިޔާ ޖެކް އާއި ޗައިނާ ޓެކް ކުންފުނި ޝޯމީގެ ސީއީއޯ ލީ ޖުން ހިމެނެ އެވެ.

ޖެކް މާ 100 މިލިއަން ޔުއާން (14.4 މިލިއަން ޑޮލަރު) ހަދިޔާކޮށްފައިވާ އިރު، ލީ ހަދިޔާކޮށްފައި ވަނީ 12.7 މިލިއަން ޔުއާން (1.8 މިލިއަން ޑޮލަރު) އެވެ.

ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު 800 އަށް ވުރެ ގިނަ އެވެ.