ރާއްޖޭގެ ކޮންމެ 10 އަންހެނަކުން އެކަކު ހިތާނުކޮށްފައިވާ ކަމަށް، ސަރުކާރުން ހަދާފައިވާ ޑިމޮގްރަފިކް އެންޑް ހެލްތު ސާވޭއާ ހަވާލާދީ ޔުނިސެފުން ބުނެފި އެވެ.
10 ފެބުރުއަރީ 2020
ރާއްޖޭގެ ކޮންމެ 10 އަންހެނަކުން އެކަކު ހިތާނުކޮށްފައިވާ ކަމަށް، ސަރުކާރުން ހަދާފައިވާ ޑިމޮގްރަފިކް އެންޑް ހެލްތު ސާވޭއާ ހަވާލާދީ ޔުނިސެފުން ބުނެފި އެވެ.
އެ ޖަމިއްޔާ އިން މިއަދު އާއްމުކުރި ދިރާސާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އުމުރުން 15-49 އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން 13 ޕަސެންޓް މީހުން ވަނީ ހިތާނުކޮށްފަ އެވެ. އުމުރުން ދޮށީ މީހުންގެ ތެރޭގައި އެ ނިސްބަތް ގިނަ އެވެ.
އެގޮތުން އުމުރުން 45-49 އަހަރާ ދެމެދުގެ 38 ޕަސެންޓް އަންހެނުން ހިތާނުކޮށްފައިވާއިރު، އުމުރުން ހަގުވާ ވަރަކަށް އެ ނިސްބަތް ވަނީ ދަށްވެފަ އެވެ. ރިޕޯޓުގައިވާ ގޮތުން، 15-19 އަހަރާ ދެމެދުގެ އަންހެން ކުދިން ހިތާނުކޮށްފައިވަނީ އެންމެ ޕަސެންޓެކެވެ.
އެހެންވެ، މިއީ ކުރިން ރާއްޖޭގައި އާއްމު އަދި މިހާރު މަދުވެފައިވާ ސަގާފަތެއްކަން އެނގެ އެވެ.
އާބާދީ އާއި ސިއްހަތާ ގުޅޭގޮތުން މީގެ ކުރިން ރާއްޖޭގައި ހަދާފައިވާ ގިނަ ދިރާސާތަކުން ހޯދާފައިވާ މައުލޫމާތުތަަކަށް ބަލައި ޔުނިސެފުން ތައްޔާރުކުރި ރިޕޯޓުގައި ބުނާގޮތުން ހިތާނުކުރި ގިނަ މީހުން އެކަންކޮށްފައިވަނީ އެ މީހުންގެ އުމުރުން ފަސް އަހަރު ނުފުރެނީހެވެ. އެކަމަކު ބައެއް މީހުން، އުމުރުން 5-9 އަހަރާ ދެމެދު ހިތާނުކޮށްފައިވާކަމަށް އެ ދިރާސާ އިން ދައްކަ އެވެ.
ހިތާނުކޮށްފައިވާ، އުމުރުން 15-24 އަހަރާ ދެމެދުގެ ޒުވާނުންގެ އުމުރުފުރާއަށް ބަލާއިރު، ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ހިތާނުކޮށްފައިވަނީ ޑޮކްޓަރެއް ނުވަތަ ނަރުހެއް ލައްވަ އެވެ. އެކަމަކު ދިވެހި ބޭސްވެރިން ލައްވައި ވެސް އެކަން ކުރި މީހުން ގިނަ އެވެ.
There is evidence of dramatic generational change in the prevalence of Female Genital Mutilation in the Maldives.
— UNICEF Protects (@unicefprotects) February 9, 2020
Women and girls who have undergone #FGM:
Ages 15 to 19 = 1 per cent
Ages 45 to 49 = 38 per cent
Read the new country profile data ➡️ https://t.co/5aZeVAtpgp pic.twitter.com/LSisGHYUC5
އަންހެން ކުދިން ހިތާނުކުރުމުގެ ސަގާފަތާ ގުޅޭގޮތުން އަންހެނުންނާއި ޒުވާން ކުދިން ދެކޭ ގޮތާ މެދު އެ ދިރާސާގައި ބަލާފައި ވެ އެވެ.
އެގޮތުން އުމުރުން 15-49 އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން 66 ޕަސެންޓް ގަބޫލު ކުރަނީ އެއީ ހުއްޓުވަން ޖެހޭ ކަމެއްގެ ގޮތުގަ އެވެ. އަދި އަށް ޕަސެންޓް މީހުން، އެއީ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ދެކޭއިރު އެއީ ދީނީ ގޮތުން ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި 10 ޕަސެންޓް މީހުން ގަބޫލު ކުރާ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.
އަންހެން ކުދިން ހިތާނުކުރަން ޖެހޭނެ ކަމަށް ގަބޫލުކުރާ މީހުންގެ ތެރެއިން މި އުމުރުފުރާގެ އެންމެ ދޮށީ މީހުންނެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންނަކީ ތައުލީމީ ފެންވަރު ދަށް މީހުން ކަމަށް ދިރާސާގައި ބުނެފައި ވެ އެވެ.
އަންހެނުން ހިތާނު ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އެކަމަށް ހިތްވަރު ނުދޭ ކަމަށް ސަރުކާރުން ވަނީ ދާދި ފަހުން ބުނެފަ އެވެ. އަދި އަންހެން ކުދިން ހިތާނު ކުރަން ޖެހޭ އެއްވެސް އަސާސެއް އިސްލާމީ ޝަރީއަތުގައި ނެތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ވިދާޅުވެފަ އެވެ.
ޅަފަތުގައި ކުދިން މަރުވާ ރޭޓަށް ރެކޯޑް ދަށްވުމެއް
ޣައްޒާގެ 17،000 ކުއްޖަކު ތިބީ އާއިލާއާ ވަކިވެފައި
އިޒްރޭލްގެ ހަމަލާތަކުގެ ޝިކާރައަކަށްވާ ކުޑަކުދިން ގިނަ
ޕާކިސްތާނުގެ ފެންބޮޑުވުމުގައި އިތުރު މީހުން މަރުވަނީ
ޔޫކްރޭންގެ 4.8 މިލިއަން ކުޑަކުދިން ވިއްސިވިހާލިވެއްޖެ
ޖަރުމަންގެ ކުޑަ ފޭނަށް ހާއްސަ ފަންޑު ޔުނިސެފަށް
އަންހެންކުދިން ހިތާނުކުރުމެއް ދީނަކު ނެތް: މައުމޫނު
އެންމެ ބޮޑު ކެންވަސް ކުރެހުމަށް 62 މިލިއަން ޑޮލަރު
ކޮވިޑް-19 އާ ހެދި ކުދިންނަށް ވެކްސިން ނުދެވިފައި
ސްކޫލްތައް ހުޅުވަން އަށް މިލިއަން ރުފިޔާ ބޭނުންވޭ