އިސްލާމްދީނުގައި ހިތާނުކުރުން ޝަރުއުކުރައްވާފައި ވަނީ ހަމައެކަނި ފިރިހެން ކުދިންނަށް ކަމަށާއި އަންހެން ކުދިން ހިތާނުކުރުމެއް ނޯންނަ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު މިއަދު ވިދާޅުވެއްޖެ އެވެ.
އިސްލާމްދީނުގައި ހިތާނުކުރުން ޝަރުއުކުރައްވާފައި ވަނީ ހަމައެކަނި ފިރިހެން ކުދިންނަށް ކަމަށާއި އަންހެން ކުދިން ހިތާނުކުރުމެއް ނޯންނަ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު މިއަދު ވިދާޅުވެއްޖެ އެވެ.
އަންހެން ކުދިން ހިތާނުކުރުމުގެ ވާހަކަ ރާއްޖޭގައި އަނެއްކާވެސް ފެންމަތިވެފައި ވަނިކޮށް މައުމޫނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެންކުދިން ހިތާނުކުރަން ނުޖެހޭ ކަމަށް ވިދާޅުވި ވިދާޅުވުމަކީ އަމިއްލަފުޅު ރައުޔެއް ނޫން ކަަމަށެވެ.
"މިދެންނެވީ އަޅުގަނޑުގެ އަމިއްލަރައުޔެއްނޫން. މިސުރުގެފަތުވާއިދާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަންހެނުން ހިތާންކުރުމަކީ ދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވާފައި ކަމެއްކަމުގައި،" މައުމޫނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ހިތާނުކުރުމުގެ ނަމުގައި އަންހެންކުދިންގެ ޖިންސީ ގުނަވަނަށް ގެއްލުން ދިނުމަކީ ލާއިންސާނީ އަދި އަދި ނާތަހުޒީބު ކަމަށެވެ.
އިސްލާމް ދީނުގައި ޚިތާން ކުރުން ޝަރްޢު ކުރައްވާފައިވަނީ ހަމައެކަނި ފިރިހެން ކުދިންނަށް. އަންހެންކުދިން ޚިތާން ކުރުމެއް ނޯވޭ. ޚިތާން ކުރުމުގެ ނަމުގައި އަންހެން ކުދިންގެ ޖިންސީ ގުނަވަނަށް ގެއްލުން ދިނުމަކީ ލާއިސްލާމީ ނާތަހުޒީބީ ޢަމަލެއް. .
— Maumoon Abdul Gayoom (@maumoonagayoom) June 25, 2021
އަންހެން ކުދިން ހިތާނުކުރުމާ އެއްކޮޅަށް ރާއްޖޭގެ ބައެއް އިލްމުވެރިން ގެންދަވަނީ ސޯޝަލް މީޑިއާގައި ވާހަަކަ ދައްކަވަމުންނެވެ. އެގޮތުން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒް އަބްދުއް ލަތީފް، އެކަމާ އެއްކޮޅަށް ވާހަކަ ދެއްކެވުމުން އޭނާއަށް ވަރަށް ބޮޑެތި ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ. އޭނާ ޔުނިވާސިޓީ ވަކި ކުުރަން ވެސް ސޯޝަލް މީޑިއާގައި ބައެއް މީހުން ގޮވައިލި އެވެ.
ސަރުކާރުން ހަދާފައިވާ ޑާމޮގްރަފިކް ސާވޭއަކާ ހަވާލާދީ ޔުނިސެފުން މިދިޔަ އަހަރު ބުނީ ރާއްޖޭގެ ކޮންމެ 10 އަންހެނަކުން އެކަކު ހިތާނުކޮށްފައިވާ ކަމަށެވެ.
ޔުނިސެފުން މިދިޔަ އަހަރު ނެރުނު ދިރާސާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އުމުރުން 15-49 އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން 13 ޕަސެންޓް މީހުން ވަނީ ހިތާނުކޮށްފަ އެވެ. އުމުރުން ދޮށީ މީހުންގެ ތެރޭގައި އެ ނިސްބަތް ގިނަ އެވެ.
އެގޮތުން އުމުރުން 45-49 އަހަރާ ދެމެދުގެ 38 ޕަސެންޓް އަންހެނުން ހިތާނުކޮށްފައިވާއިރު، އުމުރުން ހަގުވާ ވަރަކަށް އެ ނިސްބަތް ވަނީ ދަށްވެފަ އެވެ. ރިޕޯޓުގައިވާ ގޮތުން، 15-19 އަހަރާ ދެމެދުގެ އަންހެން ކުދިން ހިތާނުކޮށްފައިވަނީ އެންމެ ޕަސެންޓެކެވެ.
"ކޮންމެ 10 އަންހެނަކުން އެކަކު ވަނީ ހިތާނުކޮށްފައި"
މިސްރުގައި ހިތާންކުރަނިކޮށް އަންހެން ކުއްޖަކު މަރުވެއްޖެ
ދެ އަހަރުގެ ކުއްޖާ ރޭޕްކުރުމަކީ ޖަނަވާރުންގެ އަމަލެއް
ޖިއާންގެ ހަށިގަނޑާ އެކު އާއިލާ ރާއްޖޭން ފުރައިފި
ކުދިންގެ ފޮޓޯ އާންމުކުރި މައްސަލާގައި ގެއެއް ފާސްކޮށްފި
ސޮދަގާތު ފައުންޑޭޝަންގެ ހިތާނީ ފެސްޓިވަލް ފަށައިފި
މައުމޫން ފައި މަގުގައި ހަތް ގަޑިއިރު!
އަންހެނުން ހިތާނުކުރާ މީހުންނަށް ދޭ އަދަބު ބޮޑުކުރަނީ
ހިތާނު ކުރަނިކޮށް އަންހެން ކުއްޖަކު މަރުވި ގޮތް ބަލަނީ
ހަ އަހަރުގެ އަރުޝީ ސްކޭޓް ބޯޑު މަތީގައި އުދުހެނީ