Roadha Mihaaru
އައްޑޫ އެއާޕޯޓްގެ އެސްޓީއޯގެ ހިއްސާ ދޫކޮށްލަން ނިންމައިފި

އައްޑޫ އެއާޕޯޓް ކުންފުނީގެ އެސްޓީއޯގެ ހިއްސާ ދޫކޮށްލަން ނިންމައިފި

17 ފެބުރުއަރީ 2020

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނި އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް (އޭއައިއޭ) ހިމެނޭ އެސްޓީއޯގެ ހިއްސާ ދޫކޮށްލަން އެ ކުންފުނިން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނި އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް (އޭއައިއޭ) ހިމެނޭ އެސްޓީއޯގެ ހިއްސާ ދޫކޮށްލަން އެ ކުންފުނިން ނިންމައިފި އެވެ.

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ އިން ނެރުނު ބަޔާނެއްގައި ބުނީ 2011 ގައި އުފެއްދި އޭއައިއޭގައި އޮތީ މޫނުމަތީ އަގުގެ 1,000.00ރ. ގެ 40,000.00 އާންމު ހިއްސާ ކަމަށެވެ.

އެސްޓީއޯ އިން ބުނީ އޭއައިއޭގައި ހިމެނޭ އެ ކުންފުނީގެ ހުރިހާ ހިއްސާއެއް އޭގެ މައި ހިއްސާދާރު ކަމަށްވާ ސަރުކާރުގެ ނަމަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަން ކުރަނީ އޭއައިއޭގައި ހިމެނޭ އެސްޓީއޯގެ ހިއްސާ ސަރުކާރުގެ ނަމަށް ބަދަލުކޮށް، ކުންފުނީގެ ހިސާބުތަކުގައި ހުރި ހިއްސާތައް އަގުކުރެވިފައިވާ އަގަށް ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.

އޭއައިއޭ އަކީ ސަރުކާރާއި އެސްޓީއޯ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިތުރުން މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސައިން އަފީފުގެ ކުންފުނި ކާސާ ހޯލްޑިން ހިއްސާވެގެން އުފެއްދި ކުންފުންޏެކެވެ.

މި ކުންފުނީގެ ހިއްސާ ބެހިގެންވާ ގޮތަށް ބަލާ އިރު 50 ޕަސެންޓް ހިއްސާ ސަރުކާރަށް އޮންނަ އިރު، ކާސާ ހޯލްޑިންގްސް އަށް 30 ޕަސެންޓް، އެމްއޭސީއެލަށް 10 ޕަސެންޓް އަދި އެސްޓީއޯ އަށް ވެސް އޮންނަނީ 10 ޕަސެންޓްގެ ހިއްސާ އެވެ.