Roadha Mihaaru
ލޯކަލް އިންތިޚާބާ އެކު ކޯލިޝަންގެ "މޫނު" އަޅާނަން: ދޮންބިލެތް

ލޯކަލް އިންތިޚާބާ އެކު ކޯލިޝަންގެ "މޫނު" އަޅާނަން: ދޮންބިލެތް

17 ފެބުރުއަރީ 2020

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބު ކުރެވިއްޖެ ނަމަ، ވެރިކަން ހިންގާ ކޯލިޝަން ނިމުމަކަށް ގެންނާނެ ކަމުގެ އިންޒާރު ބިލެއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ދޮންބިލެތް އަހުމަދު ހަލީމް މިއަދު ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އޭޕްރީލް ހަތަރެއްގައި ބާއްވާ ލޯކަލް އިންތިޚާބަށް ފަހު، ކޯލިޝަންގެ ސަރުކާރު ނިމުމަކަށް އައުމަކީ އޭނާގެ އުންމީދެއް ކަމަށެވެ.

ދޮންބިލެތް ވިދާޅުވީ، އެމްޑީޕީ އަށް ލޯކަލް އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ، ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ އެކު އެންމެ ދުވަހަކު ވެސް "އަޅުގަނޑުމެން އުޅޭކަށް ނެތިން" ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ދޮންބިލެއް ހަލީމް ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ދޮންބިލެއް ހަލީމް ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލީހުގެ އިދާރާ

"އަޅުގަނޑުމެންނަށް އެ މީހުންނާ އެކު ސަރުކާރު ހިންގޭނެ ކަމަކަށް ނުފެނޭ،" ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދޮންބިލެތް ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް މި މަހުގެ 10 ގައި ޖަވާބު ދެއްވަނީ: އޭނާއާ މެދު ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ވެސް ދޮންބިލެތް މިއަދު ދެއްވި.---ފޮޓޯ: މަޖިލީހުގެ އިދާރާ

އޭނާ ވިދާޅުވި ގޮތުގައި، އެމްޑީޕީ ފިޔަވައި ކޯލިޝަންގެ އެހެން ޕާޓީތަކުގެ ސްލޮޓްގައި އައްޔަން ކޮށްފައިވާ ވަޒީރުންނަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެއްވެ އެވެ. އަދި ވަޒީރުންގެ ތެރެއިން، މައުމޫންގެ ފަރާތްޕުޅުން ފިޝަރީޒް މިނިސްޓަރުކަމަށް އައްޔަން ކުރައްވާފައިވާ ޒަހާ ވަހީދާ ދޭތެރޭގައި ވެސް ވަރަށް އަވަހަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދޮންބިލެތް ދެއްވި އެވެ.

"އަދި ޚާއްސަކޮށް އޭޕްރީލް ހަތަރުވަނަ ދުވަހަކީ އެމްޑީޕީގެ ރައްޔިތުންނަށް އުފާވެރި ދުވަހަކަށް ވާނެ. [ އެ ދުވަހަށް ފަހު] ކޯލިޝަންގެ މޫނު އަޅާނެ ކަމުގެ ޔަގީންކަން އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް މި ފުރުސަތު ދެން،" ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ދޮންބިލެތް ވިދާޅުވި އެވެ.

މި ސަރުކާރު ނޮވެމްބަރު 17، 2018 ގައި ވެރިކަމަށް އައީ ހަތަރު ޕާޓީ ހިމެނޭ ކޯލިޝަންގެ ވަރަށް ބުރަ މަސައްކަތުން ކަމަށް ވިޔަސް، އެ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އިސްބޭފުޅުންނާއި އެ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގެންދަވަނީ ކޯލިޝަނާގެ އެހެން ޕާޓީތަކާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ.

"އަދި ޚާއްސަކޮށް އޭޕްރީލް ހަތަރުވަނަ ދުވަހަކީ އެމްޑީޕީގެ ރައްޔިތުންނަށް އުފާވެރި ދުވަހަކަށް ވާނެ. [ އެ ދުވަހަށް ފަހު] ކޯލިޝަންގެ މޫނު އަޅާނެ ކަމުގެ ޔަގީންކަން އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް މި ފުރުސަތު ދެން: ދޮންބިލެތް

ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ އެންމެ ބޮޑު އެއް ކާމިޔާބީ އަކީ ސިޔާސީ ގޮތުން ތަފާތު ފިކުރުގެ ބޭފުޅުންނާ އެކު، ކޯލިޝަން ސަރުކާރު ދެމެހެއްޓުން ކަމަށެވެ. އަދި ކޯލިޝަން ސަރުކާރު ދަމަހައްޓާނެ ކަމުގެ ޔަގީންކަން ތަފާތު ފޯރަމްތަކުގައި އެމަނިކުފާނު ދެއްވާފައި ވެ އެވެ.