Roadha Mihaaru
އެހެން ޕާޓީތަކުން ދައްކަނީ ގައުމެއް ހަލާކުވާނެ ސިފަތައް

ގައުމެއް ހަލާކުވާނެ ހުރިހާ ސިފައެއް ވާދަވެރި ޕާޓީތަކުގެ ސިޔާސީ ހަރަކާތްތަކުގައި ދައްކާ: ނަޝީދު

16 ޖެނުއަރީ 2020

ގައުމެއް ހަލާކުވާނެ ހުރިހާ ސިފައެއް އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުގެ ސިޔާސީ ހަރަކާތްތަކުގައި ދައްކަމުންދާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގައުމެއް ހަލާކުވާނެ ހުރިހާ ސިފައެއް އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުގެ ސިޔާސީ ހަރަކާތްތަކުގައި ދައްކަމުންދާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

އަންނަ އޭޕްރީލް ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ދިމާކޮށް، އެމްޑީޕީން ތިލަދުއްމައްޗަށް ކުރަމުން އަންނަ ކެމްޕެއިން ދަތުރުގެ ތެރެއިން، ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ، 2018 ގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު އޭރުގެ އިދިކޮޅު ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންނެވީ ހިތުގެ އަޑިން ގަބޫލުފުޅު ކުރެއްވޭ ވާހަކަތަކެއް ކަމަށެވެ. އެ ވައުދުތަކަކީ އެމްޑީޕީ އުފެދުމުގެ އަސާސް ކަމަށާއި އެއީ އެހެން ސިޔާސީ ޕާޓީތަކުން އެއްވެސް ގޮތަކަށް ދަންނަ ކަންކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމްޑީޕީއާ ވާދަވެރި ޕާޓީތަކުން ކުރިއަރައި މޮޅުވެފައިވާ ކަންތައްތައް އެބަހުއްޓެވެ. ފުރަތަމަ ކަމަކީ، ނަޝީދު ވިދާޅުވި ގޮތުގައި، އެމްޑީޕީއާ ދިމާއަށް ލާދީނީ ބައެއް ކަމަށް ގޮވުމެވެ. އެކަމަކު، އެއީ ރާއްޖޭގެ އެއްވެސް ބަޔަކު ގަބޫލުކުރާ ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ

އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ

ނަޝީދު ވިދާޅުވީ، އެހެން ޕާޓީތަކުގެ އެންމެ ބޮޑު ހުނަރަކީ ފިތުނަ އާއި ފަސާދަ އުފެއްދުމާއި ދޮގު ހެދުމާއި ދެބައޮޑުވުން ކަމަށެވެ.

އެހެން ޕާޓީތަކަށް ނަޝީދު ފާޑުވިދާޅުވާއިރު، އެމަނިކުފާނު ވެސް 2008 ގައި ވެރިކަމަށް ވަޑައިގަތީ އެ ވިދާޅުވާ ސިޔާސީ ޕާޓީތަކުގެ ބޮޑު ކޯލިޝަނަކުން ގުޅިގެން ކުރި ބުރަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. އަދި 2018 ގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ލިބިވަޑައިގަތީ ވެސް ހަމަ އެ ޕާޓީތައް ހިމެނޭ ބޮޑު ކޯލިޝަނަކުން އެމަނިކުފާނާއި އެމްޑީޕީ އަށް ކޮށްދިން މަސައްކަތްތުންނެވެ.

"ގައުމެއް ހަލާކު ވެގެންދާނެ ހުރިހާ ސިފަތަކެއް އެ ބޭފުޅުންގެ ސިޔާސީ ހަރަކާތްތަކުގައި ދައްކަމުން އެ ގެންދަނީ. ނަސްލީ އިމްތިޔާޒުގެ އެންމެހައި ސިފަތައް އެ ބޭފުޅުންގެ ވާހަކަތަކުން އެ ބޭފުޅުންގެ ކޮންމެ ހަރަކާތަކުން އަޅުގަނޑުމެންނަށް ފެންނަމުން މި ދިޔައީ އަދި ރާއްޖޭގެ ރައްޔިތުންނަށް މާ ބޮޑަށް ސާފުވަމުން މި ދިޔައީ މި ބޭފުޅުންނަކީ ހަމައެކަނި ފިތުނަފަސާދަ އުފައްދަން ތިއްބަވާ ބޭފުޅުންކަން،" އެހެން ޕާޓީތަކުގެ އެހީތެރިކަމާއި އެއްބާރުލުމާ އެކު ވެރިކަމަށް އާދެވުނު އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.

އެހެން ޕާޓީތަކަށް ނަޝީދު ފާޑުވިދާޅުވާއިރު، އެމަނިކުފާނު ވެސް 2008 ގައި ވެރިކަމަށް ވަޑައިގަތީ އެ ވިދާޅުވާ ސިޔާސީ ޕާޓީތަކުގެ ބޮޑު ކޯލިޝަނަކުން ގުޅިގެން ކުރި ބުރަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. އަދި 2018 ގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ލިބިވަޑައިގަތީ ވެސް ހަމަ އެ ޕާޓީތައް ހިމެނޭ ބޮޑު ކޯލިޝަނަކުން އެމަނިކުފާނާއި އެމްޑީޕީ އަށް ކޮށްދިން މަސައްކަތްތުންނެވެ.

"ގައުމެއް ހަލާކު ވެގެންދާނެ ހުރިހާ ސިފަތަކެއް އެ ބޭފުޅުންގެ ސިޔާސީ ހަރަކާތްތަކުގައި ދައްކަމުން އެ ގެންދަނީ. ނަސްލީ އިމްތިޔާޒުގެ އެންމެހައި ސިފަތައް އެ ބޭފުޅުންގެ ވާހަކަތަކުން އެ ބޭފުޅުންގެ ކޮންމެ ހަރަކާތަކުން އަޅުގަނޑުމެންނަށް ފެންނަމުން މި ދިޔައީ އަދި ރާއްޖޭގެ ރައްޔިތުންނަށް މާ ބޮޑަށް ސާފުވަމުން މި ދިޔައީ މި ބޭފުޅުންނަކީ ހަމައެކަނި ފިތުނަފަސާދަ އުފައްދަން ތިއްބަވާ ބޭފުޅުންކަން،" ނަޝީދު

ނަޝީދު ރޭ ވިދާޅުވީ، އެހެން ޕާޓީތަކުގެ މަސައްކަތްތައް މިދިޔަ ދުވަސްތަކުގައި ބައްޓަން ކޮށްފައި ވަނީ އެމްޑީޕީގެ އެއް މެމްބަރަކު އަނެއް މެމްބަރެއްގެ މެދުގައި ފިތުނަ އުފެއްދުމަށް ކަމަށް ވިޔަސް އެމްޑީޕީ އަލުން ވެރިކަމާ ހަވާލުވެ، ބޮޑުކޮށް ދައްކާފައި ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި އިންތިޚާބު [ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު] އަޅުގަނޑުމެން ކާމިޔާބު ކުރާނީ ފަސޭހަކަމާ އެކީގައި. ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑުމެން ހިންގަމުން މި ދާ މަސައްކަތް ކުޑަކޮށް ވެސް އޮޅިފައެއް ނުވޭ،" ނަޝީދު ވިދާޅުވި އެވެ.

ކޮންމެ ފަހަރަކު ވެސް ކޯލިޝަން ޕާޓީތަކުގެ އެހީތެރިކަމާ އެކު، ވެރިކަން ހޯއްދެވުމަށް ފަހު، ކޯލިޝަންގެ ބޭނުންތެރިކަމާ ދެކޮޅަށް ވާހަކަފުޅު ދައްކަވާ ނަޝީދު ވިދާޅުވީ، އެމަނިކުފާނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވީ އެކުގައި ކަމަށެވެ. އަދި ވިދާޅުވީ، އެ ދެ ބޭފުޅުން ނުކުމެވަޑައިގެން، ހިފާ ކޮންމެ ފަހަރަކު ވާދަވެރި ޕާޓީތަކުން އެތައް ތަނަކުން ބަލިވާ ކަމަށެވެ.

އެހެންވެ، މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ނުކުމެވަޑައިގެން އެހެން ޕާޓީތައް ބޮޑުތަނުން ބަލިކުރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ކުޅުދުއްފުށީގައި ރޭ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީ އަށް އަޣުލަބިއްޔަތު ލިބެންޖެހޭ ކަމަށާއި އެހެން ނޫން ނަމަ ސަރުކާރުގެ ވައުދުތައް ފުއްދަން އުނދަގޫ ވެދާނެ ކަމަށެވެ.

MDP ah council ge majority  nulibijje nama vaudhuthah fuhdhumugai hurasthah kurimathivaane: Raees

MDP ah council ge majority nulibijje nama vaudhuthah fuhdhumugai hurasthah kurimathivaane: Raees

The most trusted news source in the Maldives

Mihaaru

އެމްޑީޕީ އަށް ކައުންސިލްތަކުގެ މެޖޯރިޓީ ނުލިބިއްޖެ ނަމަ ވައުދުތައް ފުއްދަން ހުރަސްތައް ކުރިމަތިވާނެ: ރައީސް

"ކުޅުދުއްފުއްޓާއި ތިލަދުއްމަތީގެ ހުރިހާ ރައްޔިތުންގެ އަރިހުން އަޅުގަނޑު މި އެދެނި ރިޔާސީ އިންތިޚާބުގައި ތިޔަ ދެއްވި ތާއީދާއި ރައްޔިތުންގެ މަޖިލީހުގައި ތިޔަބޭފުޅުން ތިޔަ ދެއްވި ތާއީދާ އެއްގޮތަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވެސް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތިޔަ ބޭފުޅުން ވޯޓު ދެއްވާށޭ،" ރައީސް ވިދާޅުވި އެވެ.

މިއީ މިދިޔަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިންގައި ވެސް ރައީސާއި އެމްޑީޕީން ދެއްކި ފަދަ ވާހަކަތަކެކެވެ.