Roadha Mihaaru
ވޯޑް، އެކްސެލް އަދި ޕަވަޕޮއިންޓް އެއް އެޕްލިކޭޝަނަކަށް

މައިކްރޮސޮފްޓް އޮފީސް ޕެކޭޖްގައި ހިމެނޭ ތިން އެޕްލިކޭޝަނެއް އެއްކޮށްލައި ސްމާޓްފޯނުތަކަށް

19 ފެބުރުއަރީ 2020

އެންޑްރޮއިޑް ސްމާޓްފޯނުތަކުގައި ބޭނުންކުރެވޭ ގޮތަށް، މައިކްރޮސޮފްޓް އޮފީސް ޕެކޭޖްގައި ހިމެނޭ އެންމެ ބާރުގަދަ ތިން އެޕްލިކޭޝަން، ވޯޑް، އެކްސެލް އަދި ޕަވާޕޮއިންޓް އެއްކޮށްލައި އަދި އެއް އެޕްލިކޭޝަނަކަށް ހަދައި އާންމުކޮށްފި އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެންޑްރޮއިޑް ސްމާޓްފޯނުތަކުގައި ބޭނުންކުރެވޭ ގޮތަށް، މައިކްރޮސޮފްޓް އޮފީސް ޕެކޭޖްގައި ހިމެނޭ އެންމެ ބާރުގަދަ ތިން އެޕްލިކޭޝަން، ވޯޑް، އެކްސެލް އަދި ޕަވާޕޮއިންޓް އެއްކޮށްލައި އަދި އެއް އެޕްލިކޭޝަނަކަށް ހަދައި އާންމުކޮށްފި އެވެ.

މި ފެންނަނީ އެންޑްރޮއިޑް މާކެޓްގައި މައިކްރޮސޮފްޓް ހަރަކާތްތެރިވާ މަންޒަރެވެ. މިކަމުން ކޮންމެވެސް މާނައެއް ދޭހަވާން އެބަ ޖެހެ އެވެ. ބެލެވެނީ، އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް އިން ހިންގާ ގޮތަށް ޑިވައިސްތަކެއް މައިކްރޮސޮފްޓުން އުފައްދަން އުޅޭ ކަމަށެވެ.

މައިކްރޮސޮފްޓް ވޯޑް، އެކްސެލް އަދި ޕަވާޕޮއިންޓް އަކީ މީގެ ކުރިން ވަކިވަކިި ތިން އެޕްލިކޭޝަނެކެވެ. މި ތިން އެޕްލިކޭޝަނަކީ، އެންމެ ފުރަތަމަ މައިކްރޮސޮފްޓް ވިންޑޯޒްގައި ބޭނުންކުރެވޭ ގޮތަށް އުފެއްދި ތިން އެޕްލިކޭޝަނެވެ. އެޕްލިކޭޝަންތައް ވަކި ވަކިން އުފައްދާފައި ވަނީ ވިޔަފާރި ނަފާ އިތުރުކުރުމަށެވެ. އެހެން ނަމަވެސް، ސްމާޓްފޯންތައް ބޭނުންކުރާ މީހުން އޮބިނޯންނަ ވަރަށް އިތުރުވެ، ފަސޭހަ ގޮތްތައް ބޭނުންވާ ފެށުމުން މި ވަނީ ތިން އެޕްލިކޭޝަން އެއްކޮށްލާފަ އެވެ. އެކަމަކު، އަދި އެންޑްރޮއިޑް ސްމާޓްފޯންތަކަށެވެ. ޓެބްލެޓްތަކަށްކަށް ނޫނެވެ.

މައިކްރޮސޮފްޓް އިން އެންޑްރޮއިޑް ސްމާޓްފޯނުތަކަށް ހަދިޔާ ދޭ މިންވަރު އިތުރުކުރުމަކީ އެންޑްރޮއިޑް ފޯނުތައް ބޭނުންކުރާ މީހުން އުފާކުރާނެ ކަމެކެވެ. ސްމާޓް އޮޕަރޭޓިން ސިސްޓަމްތަކަށް ގާބިލު އެޕްލިޭޝަންތައް އުފެއްދުމަކީ މައިކްރޮސޮފްޓް އަށް މީގެ ކުރިން ވެސް ކުރެވެން އޮތް ކަމެކެވެ. އެހެން ނަމަވެސް، އަމަލުން ދައްކާފައެއް ނުވެ އެވެ.