Roadha Mihaaru
ދެ އަހަރުނުވާ ކުއްޖާގެ މައްސަލާގައި ބައްޕަ ދޫކޮށްލައިފި

ދެ އަހަރުނުވާ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލާގައި އިހުމާލުގެ ތުހުމަތު ކުރެވޭ ބައްޕަ ދޫކޮށްލައިފި

18 ފެބުރުއަރީ 2020

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުއްޖަކަށް އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާކުރި މައްސަލައިގައި އިހުމާލުގެ ތުހުމަތު ކުރެވޭ އެ ކުއްޖާގެ ބައްޕަ ބަންދުން ދޫކޮށްލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުއްޖަކަށް އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާކުރި މައްސަލައިގައި އިހުމާލުގެ ތުހުމަތު ކުރެވޭ އެ ކުއްޖާގެ ބައްޕަ ބަންދުން ދޫކޮށްލައިފި އެވެ.

ދެ އަހަރު ނުވާ ކުއްޖަކަށް ކަނޑުހުޅުދޫގައި ޖިންސީ ގޯނާކުރި މައްސަލަ މިދިޔަ މަހު ފެންމަތިވުމާ އެކު، އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ހައްޔަރުކޮށް، އެ ދެ މީހުންނަށް ވަނީ ދައުވާކޮށްފަ އެވެ. އަދި އެކަން އެނގި ހުރެ ސިއްރު ކުރުމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ ވެސް ހުޅުމާލެ އިން ހައްޔަރުކުރި އެވެ.

ފުލުހުން މިރޭ ބުނީ އެ ކުއްޖާގެ ބައްޕަ ބަންދުން ދޫކޮށްލީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ މަޝްވަރާ ކުރުމަށް ފަހު އިއްޔެ ކަމަށެވެ. އަދި އެ ކުއްޖާގެ ބައްޕަގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި މިދިޔަ އާދިއްތަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޖިންސީ ގޯނާގެ މައްސަލަ ފެންމަތިވުމާ އެކު، އެ ކުއްޖާގެ ބައްޕަ ހައްޔަރުކުރީ ހުޅުމާލޭގެ ފްލެޓެއްގައި ހުއްޓާ އޭނާ އަށް ކުރިމަތިިލާން އާންމުން އެ ސަރަހައްދަށް އެއްވެ ހިނގި ހަމަނުޖެހުންތަކަށް ފަހު އެވެ.

ޖިިންސީ ގޯނާގެ ރެކޯޑް އޮންނަ އެ ކުއްޖާގެ މުނިކާފަގެ މައްޗަށް އެ މައްސަލާގެ ތުހުމަތު ކުރެވުމާ އެކު، އެފަދަ ކަންކަމުގައި ފިޔަވަޅު ނާޅާ ކަމުގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވި އެވެ. އޭގެ ފަހުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ އެތައް މައްސަލަތަކެއް ފެންމަތިވި އެވެ.