މެޑްރިޑް (ފެބްރުއަރީ 19) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ އެތުލެޓިކޯ މެޑްރިޑުން އަމިއްލަ ދަނޑުގައި 1-0 އިން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ބަލިކޮށްފި އެވެ.
19 ފެބުރުއަރީ 2020
މެޑްރިޑް (ފެބްރުއަރީ 19) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ އެތުލެޓިކޯ މެޑްރިޑުން އަމިއްލަ ދަނޑުގައި 1-0 އިން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ބަލިކޮށްފި އެވެ.
މި ނަތީޖާއާ އެކު އަންނަ މަހު 11 ވަނަ ދުވަހު ލިވަޕޫލް ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗު އެއްވަރުކޮށްލައިގެން ވެސް އެތުލެޓިކޯ އަށް ކުއާޓާ އަށް ދެވޭނެ އެވެ. އެ މެޗު އިތުރު ވަގުތު ކުޅެން ޖެހޭނީ ލިވަޕޫލް 1-0 އިން މޮޅުވެއްޖެނަމަ އެވެ. އެ ނޫން ނަތީޖާ އަކުން މޮޅުވެ ލިވަޕޫލް ކުއާޓާ އަށް ދަތުރުކުރާނަމަ ދެ ލަނޑުގެ ތަފާތަކުން އެތުލެޓިކޯ ބަލިކުރަންޖެހޭނެ އެވެ.
ލިވަޕޫލުން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ތަށި އުފުލާލި ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން އެ ޓީމަށް ހަމަޖެހިނުލެވެނީސް އެތުލެޓިކޯ އިން ވަނީ މެޗުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްފަ އެވެ. މެޗުގެ ހަތަރު ވަނަ މިނިޓްގައި އެތުލެޓިކޯ އަށް ލިބުނު ކޯނަރެއްގައި އޭރިއާ ތެރެއިިން ލިބުނު ފުރުސަތުން މި ގޯލު ޖެހީ ސައުލް ނިގޭޒް އެވެ. އެތުލެޓިކޯ އަށް ލީޑުފުޅާކޮށްދޭން އަލްވާރޯ މޮރާޓާ ޖެހި ބޯޅަ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ ހާފުގައި ލިވަޕޫލްގެ މުހައްމަދު ސަލާހު ގޯލެއް ޖެހި ނަމަވެސް އެ ބޯޅަ އޭނާ އަށް ދިންއިރު އެ ޓީމުގެ ރޮބާޓޯ ފިރްމީނޯ އޮފްސައިޑްގައި ހުރުމުން ރެފްރީ ނިންމީ އެ ގޯލު ބަލައިނުގަންނާށެވެ. މުޅި މެޗަށް ބަލާއިރު ވެސް ލިވަޕޫލަށް ލިބުނު ފުރުސަތުތަކުގައި އެތުލެޓިކޯގެ ކީޕަރު ޔެން އޮބްލަކް އަށް ނުރައްކާކުރާވަރުގެ ހަމަލާއެއް ފޮނުވާނުލެވުނެވެ. ދެ ވަނަ ހާފުގައި ސަލާހު ހުސްކޮށް ހުރެފައި ބޮލުން ޖެހި ބޯޅައެއް ދަނޑިކައިރިން ދިޔައިރު، ކެޕްޓަން ޖޯޑަން ހެންޑަސަން ފޮނުވާލި ބޯޅަ ވެސް ދިޔައީ އަރިމަތިން ބޭރަށެވެ.
މިއީ ސްޕެއިނުގެ ކްލަބަކާ ދެކޮޅަށް އެ ގައުމުގައި ލިވަޕޫލުން މޮޅެއް ނުލިބި ފުރިހަމަކުރި ހަ ވަނަ މެޗެވެ. ލިވަޕޫލްގެ ކޯޗުކަމާ ޔާގެން ކްލޮޕް ހަވާލުވި ފަހުން އެ ޓީމު ޔޫރަޕްގެ ނޮކައުޓް މެޗަކުން ބަލިވެފައިނުވާއިރު ރޭގެ މެޗަށް ފަހު ވެސް އޭނާ ބުނީ އަމިއްލަ ދަނޑުގައި ނަތީޖާ ނެރެވޭނެ ކަމަށެވެ.
"ޔަގީނުން ވެސް މި މެޗު އަދި ނުނިމޭ. އެއީ އެންފީލްޑް އަށް ދާން ޖެހޭ މެޗު މިއޮތީ. އަހަރެމެންގެ ސަޕޯޓަރުން ބޭނުންވާ ތަފާތު ދައްކާނެ،" ކްލޮޕް ބުންޏެވެ.
އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ ލިވަޕޫލް ކަހަލަ ތަފާތު ފޯމެއްގައި އޮތް ޓީމެއް ކައިރިން މޮޅުވެވޭނީ ވަރަށް ރަނގަޅަށް ކުޅެގެން ކަމަށާއި އެހެންވުމުން އޭނާގެ ޓީމަށް ތައުރީފު ހައްގުކަމަށެވެ.
ދެވަނަ ލެގު އެއްވަރު: ލިވަޕޫލާއި ސިޓީ ވެސް ސެމީ އަށް
ފުރަތަމަ ލެގުގައި ސިޓީން އެތުލެޓިކޯ ބަލިކޮށްފި
އޭސީ މިލާން ސަލާމަތެއް ނުވި، އެތުލެޓިކޯ ދެވަނަ ބުރަށް
މެސިއަސްގެ ލަނޑުން އޭސީ މިލާން އުންމީދު ދަމަހައްޓައިފި
ލިވަޕޫލް ދެވަނަ ބުރަށް، އޭސީމިލާނަށް ފުރަތަމަ ޕޮއިންޓް
ލިވަޕޫލުން، އެކަކު މަދުކޮށްކުޅުނު އެތުލެޓިކޯ ބަލިކޮށްފި
އެތުލެޓިކޯ އަތުން ބަލިވެ ޗެމްޕިއަން ލިވަޕޫލް ކަޓައިފި
"ހާލަތު މުހިއްމެއް ނޫން، އެތުލެޓިކޯ އަކީ ބިރެއް"
ސެމީގައި މެޑްރިޑާއި ބަޔާން އަދި ލިވަޕޫލާއި ރޯމާ
ޕީއެސްޖީން ލީގު ބުރުގެ އެއްވަނަ ލިވަޕޫލް ކަޓުވާލައިފި