ސަރުކާރުން ރައްޔިތުންގެ ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބިލުތައް ހުރީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ މެނިފެސްޓޯގައިވާ އަމާޒުތަކާ އެއްގޮތަކަށް ނޫން ކަމަށާއި އެއީ އަންޒަމާނު ކަރަޔަށް ވައި އެރި ޒަމާނުގެ އެއްޗެހި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
19 ފެބުރުއަރީ 2020
ސަރުކާރުން ރައްޔިތުންގެ ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބިލުތައް ހުރީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ މެނިފެސްޓޯގައިވާ އަމާޒުތަކާ އެއްގޮތަކަށް ނޫން ކަމަށާއި އެއީ އަންޒަމާނު ކަރަޔަށް ވައި އެރި ޒަމާނުގެ އެއްޗެހި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާ އިއްވެވުމަށް ފަހު ނަޝީދު ވިދާޅުވީ މިހާތަނަށް ފޮނުވާފައި އޮތް 56 ބިލަކީ ބޭރުގެ ޕްރެޝާ ބޮޑުވުމުން ސަރުކާރުތަކުން "ބަހަނާ ދެއްކުމުގެ ގޮތުުން" ކޮށްފައި ހުރި މަސައްކަތްތަކެއް ކަމަށެވެ. އެ ބިލްތަކަކީ ފުރިހަމަ މަސައްކަތްތަކެއް ނޫން ކަމަށާއި އެއީ ހަމަ އެކަނި ސުރުހީތަކެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"މިއަދު ދިވެހިން އެދެނީ އެ ބަހަނާތަކެއް ނޫން. އެކަން ކުރުމަށް. އެހެންވީމާ ހުށަހަޅުއްވާފައި، ސަރުކާރުން ހުށަހަޅުއްވާފައިވާ ބިލްތަކަކީ އެއްވެސް ހާލެއްގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެނިފެސްޓޯގެ އަމާޒުތައް ސީދާ ގޮތުގައި ފާހަގަވާ ބިލުތަކެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
ސަރުކާރުން ފޮނުވި ބިލްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ނަޝީދު ވަނީ އެއީ ގާތްގަނޑަކަށް 1980ގެ އަހަރުތަކުން ސުރެ އެކި ވުޒާރާތަކުގައި ހުރި ބިލްތަކެއް ކަމަށާއި އެހެންވީމާ އެ ބިލްތަކާ މެދު މިއަދުގެ ޒުވާން ރައްޔިތުން ފާޑުކިޔާނެ ކަަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑު އެކަން ބަލައިވެސް ގަންނަން. އެހެން ނަމަވެސް އެހުރިހާ ރައްޔިތުންނަށް ވެސް އަޅުގަަނޑު ސާފުކޮށްދޭން ބޭނުންވާ ކަމަކީ، މި ބިލްތަކަކީ އަންޒަމާނުކަރަޔަށް ވައި އެރި އިރުގެ ތަކެތިކަމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުން ބިލްތައް ރަނގަޅަށް އެކުލަވައި ނުލެވޭނެ ސަބަބެއް ކަމަށް ނަޝީދު ވިދާޅުވީ އެކަމުގެ ވަސީލަތްތައް ނެތުން ކަމަށެވެ. ބިލްތަކަށް ބޭނުންވާ މަޝްވަރާ ހޯދައި މީހުންނާ ވާހަކަ ދައްކަން ބޭނުންވާ ވަސީލަތްތައް ހުރީ ވެސް މަޖިލީހުގައި ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެން އެކަން އޮއްވައި މަޖިލީހުން ކުރާ މަސައްކަތް (ސަރުކާރުން) ނަކަލު ކުރަން އުޅުމަކީ މާބޮޑު ބޭނުންތެރިކަމެއް ނޫން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ބިލަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އޮންނަ މަޖިލީހަކީ މިއީ. ގާނުނު ހެދުމުގެ އެންމެހާ ކަންކަން ކުރާން އޮންނަ މަޖިލީހަކީ މިއީ. މިތަނުގައި ހޯލްތައް ވެސް ހުރީ. މިތަނުގައި މައިކްތައް ވެސް ހުރީ. މިތަނުގައި އިންތިޒާމެއް ވެސް ހަމަޖެހިފައި އޮތީ، ރާއްޖޭގެ އެކިއެކި ތަންތަނުން މީހުން ގެނެސްގެން ހިޔާލު ހޯދައި މަޝްވަރާކޮށް ހެދުމަށް. ރާއްޖޭގެ އެހެން ތަނެއްގައެއް މި އިންތިޒާމްތަކެއް ނުހުންނާނެ،" ނަޝީދު ވިދާޅުވި އެވެ.
ގާނޫނުތަކުގެ ދެލި ކޮޕީ ނުވަތަ ބިލްތައް ހެދުމަކީ މަޖިލީހުން ކުރަން ޖެހޭ ކަމެއް ކަމަށް ރައީސް ނަޝީދު މިދިޔަ އަަހަރުވެސް ވިދާޅުވި އެވެ. މަޖިލީހުގެ ކޮމިޓީތަކުން ބިލްތައް ޑްރާފްޓް ކުރަން އެ މަނިކުފާނު އޭރު މެމްބަރުންނަށް ލަފާ ވެސް ދެއްވި އެވެ. އަދި އެފަދަ ބައެއް މަސައްކަތްތައް އޭރު ކޮމިޓީތަކުން ފަށަން ވެސް ފެށި އެވެ. އެކަމަކު ފަހުން އެކަން ކުރިއަކަށް ނުދެ އެވެ.
"ވިޕަށް ވޯޓުނުދޭން ނިންމީ ރާއްޖެއަށް ގެއްލުންވެދާނެތީ"
ބައިބައިވުންތަކުގެ ތެރޭގައި މަޖިލިސް މަޑުޖެހުމުގެ ބިރު!
ފެކްޝަން ކޯޅުން ހޫނުވެ ރައީސްގެ އިސްތިއުފާއަށް ގޮވައިފި
ފައްޔާޒު އެކަހެރިވެވަޑައިގަތުމަށް ނަޝީދު އެދިވަޑައިގެންފި
މައުސޫމް އަލުން ހުވާކުރަން ލަފާދޭން ކޮމިޓީން ނިންމައިފި
ބަރުލަމާނީ ނިޒާމު ގެންނަން ޖާބިރު ހުށަހަޅުއްވަނީ
ވޯޓާ ގުޅެނީ ފައްޔާޒު "ބްރޯ" އަކަށް ވުމުގެ ބިރު؟!
ރައީސް ހިޔާނާތް ތެރިވެވަޑައިނުގަންނަވާނެ: ނަޝީދު
އަޅުގަނޑަށް ވެސް ކެތްވާނީ ވަކި މިންވަރަކަށް: ނަޝީދު
ޖަވާބު ދެވޭނީ އިދިކޮޅު ލީޑަރު އެނގިގެން: ނަޝީދު