ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިޔާނާތްތެރިވެވަޑައިނުގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް އެބައޮތް ކަމަށް، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
19 މެއި 2020
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިޔާނާތްތެރިވެވަޑައިނުގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް އެބައޮތް ކަމަށް، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުގެ ރައީސް ނަޝީދާއި އެ ޕާޓީގެ ބައެއް މެމްބަރުން ގެންދަވަނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަމަލު ކުރަމުންދާ ގޮތްތަކަށް ފާޑު ވިދާޅުވަމުންނެވެ. ހާއްސަކޮށް ރަށްރަށުން އެކި ބޭނުންތަކަށް މާލެއައިސް ތިބި މީހުންގެ ތެރެއިން ލޮކްޑައުންގެ ސަބަބުން އެ މީހުންގެ ރަށްތަކަށް އެތައް ސަތޭކަ ބަޔަކަށް ނުދެވިވާ ކަމަށް ވިދާޅުވެ ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
Alhugandah ves kei kureveynee vaki min varakah: Nasheed
The most trusted news source in the Maldives
Mihaaru
ކެތް ކުރެވޭނީ ވަކި ވަރަކަށް ކަމަށް ނަޝީދު ވިދާޅުވުން
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރައްވަމުން މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު ސަރުކާރަށް ފާޑުވިދާޅުވާން ފެއްޓެވުމުން ހުއްޓުވައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ފައިސާގައި ޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ކުރީގެ މަޖިލީހުގައި ތިއްބެވި މެމްބަރުންނަށް އެބޭފުޅުންގެ ޒިންމާ އަދާ ނުކުރެއްވުނީ އޭރު ރައީސަކަށް ހުންނެވި ބޭފުޅާއާ ދޭތެރޭ އެވަރުގެ ޔަގީންކަމެއް ނެތުމުން ކަމަށް ވެދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް ވަކި ބޭފުޅެއްގެ ނަމެއް ވިދާޅެއްނުވެ އެވެ.
"ދެން ކުރީގައި ތިއްބެވި އިއްޒަތްތެރި މެމްބަރުންނަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާއާ ގުޅޭގޮތުން އެފަދަ ބޮޑު އިތުބާރެއް ނެތުނީމާ ކަމަށް ވެދާނޭ އެ އިއްޒަތްތެރި މެމްބަރުންނަށް އެހާ ޖޯޝާއެކީގައި އޭރު ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތު އަދާ ކުރަމުން ނުގެންދެވުނީ،" ނަޝީދު ވިދާޅުވި އެވެ.
ނިމިދިޔަ މަޖިލީހުގެ މެޖޯރިޓީ އޮތީ އޭރު ސަރުކާރު ހިންގި ޕީޕީއެމްގަ އެވެ. އެ ސަރުކާރަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނުއިރު އެކަންކަން އޭރު މަޖިލީހުގެ ތެރެއަކުން ނުބެލި އެވެ.
ނަޝީދު އެގޮތަށް ވިދާޅުވުމުން ރައްދު ދެއްވައި ސައީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ފައިސާގައި ޖެހިވަޑައިގެންފައި ނުވާކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޔާމީން ޖަލަށް ލާފައިވާއިރު އެ ޝަރީއަތަށް ސަރުކާރާއި ޖޭއެސްސީގެ ނުފޫޒު ފޯރުވާފައިވާ ކަމަށް ވެސް ސައީދު ތުހުމަތު ކުރެއްވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅަމުންދާ ބައެއް ފިޔަވަޅުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާތީ، ސަރުކާރާ ދޭތެރޭ ކެތް ކުރެވޭނީ ވަކި ވަރަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
"ވިޕަށް ވޯޓުނުދޭން ނިންމީ ރާއްޖެއަށް ގެއްލުންވެދާނެތީ"
ބައިބައިވުންތަކުގެ ތެރޭގައި މަޖިލިސް މަޑުޖެހުމުގެ ބިރު!
ފެކްޝަން ކޯޅުން ހޫނުވެ ރައީސްގެ އިސްތިއުފާއަށް ގޮވައިފި
ފައިސާ ހޯދަން ބޭރުކުންފުނިން މަސައްކަތްކޮށްދިން: ނަޝީދު
މެމްބަރުންގެ ބަސް: ހިޔާނާތްތައް ބެލުމުގައި ފެއިލްވެއްޖެ
"އޭސީސީ އަށް ބަލަން އެނގެނީ ކުދިކުދި މައްސަލަތައް"
އަޅުގަނޑު މަގާމުން ވަކިކުރާނީ ރައީސް: ފައްޔާޒު
ފައްޔާޒު އެކަހެރިވެވަޑައިގަތުމަށް ނަޝީދު އެދިވަޑައިގެންފި
ކޮރަޕްޝަން ނުހިންގާ ކަމުގެ ޔަގީންކަން ދެން: ފައްޔާޒު
މައުސޫމް އަލުން ހުވާކުރަން ލަފާދޭން ކޮމިޓީން ނިންމައިފި