މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ފަދަ ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގަން ރާއްޖެ އިން ބޭރުން މީހުން ހޯދައި އެ މީހުންގެ ކޮންޓްރޯލަށް، އެ ތަންތަން ދޫކޮށްލަން އުޅެނީ ވަކި މަގްސަދެއް އޮވެގެން ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެ އެވެ.
19 ފެބުރުއަރީ 2020
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ފަދަ ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގަން ރާއްޖެ އިން ބޭރުން މީހުން ހޯދައި އެ މީހުންގެ ކޮންޓްރޯލަށް، އެ ތަންތަން ދޫކޮށްލަން އުޅެނީ ވަކި މަގްސަދެއް އޮވެގެން ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވިއިރު، ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި އެމްއޭސީއެލް އަށް ފުރަތަމަ ފަހަރަށް ސީއީއޯއެއް ހޯދަން ވަނީ އިއުލާންކޮށްފަ އެވެ. ނަމަވެސް، ސީއީއޯއެއް ހޯދަނީ އަބްދުއްރަހީމް އެ ވިދާޅުވާ މަގުސަދުގައި ނޫން ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.
އެ ކުންފުނިން ބުނީ، ސީއީއޯ އަކު ހޯދަން އިއުލާންކުރީ ވަކި މީހަކު އެ މަގާމަށް ހަމަޖައްސަން ނޫން ކަމަށެވެ. އެ މަގާމަށް ކުރިމަތިލާން ހުޅުވާލައި އެކަން ކުރިއަށް ދިޔަ ނަމަވެސް އަދި ވަކި މީހަކު ކަނޑަނާޅާކަން އެމްއޭސީއެލްގެ އިސް އޮފިޝަލަކު ކަށަވަރު ކޮށްދެއްވި އެވެ
މަނީލޯންޑަރިންގެ މައްސަލަ ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި އިދިކޮޅުން ރޭ ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ، ޔާމީން ސަރުކާރުގައި ކުންފުނިތައް ހަރުދަނާކަމާ އެކު ހިންގީ ދިވެހިން އިސްކޮށް ތިބެ ކަމަށެވެ. އެކަމަކު މި ސަރުކާރުގެ ވިސްނުން ހުރީ ކޮންމެ ކުންފުންޏެއް ހިންގަން ވެސް ބޭރު ގައުމަކުން މީހަކު އައްޔަންކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމްގެ ސީދާ ތުހުމަތެއް އެމްއޭސީއެލްއާ ގުޅުވައި ވިދާޅުވީ އެތަނުގެ ހިންގުން ހަވާލުކުރަން އުޅެނީ ރާއްޖެ އިން ބޭރުގެ މީހަކާ ކަމަށެވެ.
އެމްއޭސީއެލަށް ސީއީއޯއަކު ހޯދަން މިދިޔަ މަހުގެ ފަހުކޮޅު ވަނީ އިއުލާންކޮށްފަ އެވެ. ބޭރުގެ ބައެއް ނޫސްތަކާއި އެމްއޭސީއެލްގެ ވެބްސައިޓުގައި، ސީއީއޯއަކު ހޯދަން އިއުލާންކުރީ، ޔާމީންގެ ވެރިކަން ބަދަލުވި ފަހުން އެތަނަށް މެނޭޖިން ޑިރެކްޓަރަކު އައްޔަން ނުކޮށް އަހަރެއް ފާއިތުވި ފަހުންނެވެ.
"ދިވެހިރާއްޖޭގައި ނެތީތޯ އެއާޕޯޓްސް ކޮމްޕެނީ ހިންގޭނެ ވަރުގެ ގާބިލް ބޭފުޅުން، ނޫން އެބަތިއްބެވި. އަޅުގަނޑުމެންގެ ސަރުކާރުގައި އެކަން އޮންނާނީ ސާބިތުކޮށްދީފައި. ދެން ކީއްވެގެންތޯއޭ ވަކި ކުންފުންޏެއްގައި ސީއީއޯ ކަން ކުރައްވާފައި ހުންނަ ވަކި ގައުމެއްގެ މީހަކު ގެނެސްގެން އެ އެއާޕޯޓް ހަވާލުކުރަން މި ޖެހުނީ. އެއީ ކޮން ކަހަލަ ޑީލެއްގެ ދަށުން ކުރި ކަމެއްތޯއޭ،" އަބްދުއްރަހީމް
އެމްއޭސީއެލް ހިންގެވުމާ މިހާރު ހަވާލުވެ ހުންނަވަނީ ޑެޕިއުޓީ ޗީފް އިންފޮމޭޝަން އޮފިސަރު މޫސާ ސޯލިހެވެ. އޭނާ އަކީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހްގެ ބޮޑުބޭބޭފުޅެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އެމްއޭސީއެލަށް ގެންނަން އުޅެނީ މިހާރުގެ ސަރުކާރާ ގުޅުން އޮތް އަވަށްޓެރި ގައުމަކުންނެވެ. ސީދާ ކޮން ގައުމެއް ކަން ވިދާޅެއް ނުވެ އެވެ.
"ދިވެހިރާއްޖޭގައި ނެތީތޯ އެއާޕޯޓްސް ކޮމްޕެނީ ހިންގޭނެ ވަރުގެ ގާބިލް ބޭފުޅުން، ނޫން އެބަތިއްބެވި. އަޅުގަނޑުމެންގެ ސަރުކާރުގައި އެކަން އޮންނާނީ ސާބިތުކޮށްދީފައި. ދެން ކީއްވެގެންތޯއޭ ވަކި ކުންފުންޏެއްގައި ސީއީއޯ ކަން ކުރައްވާފައި ހުންނަ ވަކި ގައުމެއްގެ މީހަކު ގެނެސްގެން އެ އެއާޕޯޓް ހަވާލުކުރަން މި ޖެހުނީ. އެއީ ކޮން ކަހަލަ ޑީލެއްގެ ދަށުން ކުރި ކަމެއްތޯއޭ،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ އިސް ބޭފުޅަކު ވެސް މިއަދު ވިދާޅުވީ އަދުރޭގެ ތުހުމަތުގައި ހަގީގަތެއް ނެތް ކަމަށެވެ. އެންމެ ބޮޑު ކުންފުނި، އެމްއޭސީއެލް ހިންގަން ސީއީއޯއަކު ހޯދަން އިއުލާންކުރީ އެ ވިސްނުމުގައި ނޫން ކަމަށް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ދައުލަތަށް އާމްދަނީ ހޯދައިދޭ ކުންފުނިތަކުގައި ބޭރު މީހުން އަތްގަދަކުރަން ފުރުސަތު ދިނުމަކީ ސީރިއަސް މައްސަލައެކެވެ. އެއީ، ގައުމިއްޔަތު ކަފުންކޮށް ވަޅުލުން ކަމަށް ސިފަކުރައްވައި ބަލަހައްޓައިގެން ތިބެންވީތޯ ސުވާލު އުފެއްދެވި އެވެ.
"ގައުމަށްދޭ އަނިޔާއިން ޔާމީން ހިތްޕުޅަށްވާ ތަދު ބޮޑު"
ރައީސް ފާޑުވިދާޅުވީ އަސަރުކޮށްގެން: އިދިކޮޅު
ވަޒީފާތައް ގެއްލުނީ މަޓީއާ މަޝްވަރާ ނުކުރުމުން:އިދިކޮޅު
ވެރިކަން ނުހިފެހެއްޓޭނެ، ފެބްރުއަރީގައި ނިމޭނެ: ތޯރިގް
ރިފްއަަތަށް ކުރާ ތުހުމަތުތައް ސާފުކޮށްދޭން ގޮވާލައިފި
ސަރުކާރު އައީ ހަސަދަ ފިލުވައި، ބަދަލުހިފަން: ޕީޕީއެމް
ރައީސް ޔާމީން ހޮވާނީ ސަރުކާރު ވަސީލަތް ބޭނުންކޮށްގެން
ރައީސް ޔާމީނަށް ވޯޓު ނުދޭނީ ގައުމުގެ އަދުއްވުން:އަދުރޭ
ސަރުކާރުން ދެނީ ނުފެންނަ ގެއްލުންތަކެއް: ރޮޒެއިނާ
ޕީޕީއެމްގެ ހަރަކާތްތައް ރޯދަމަހަށް މެދުކަނޑާލަނީ