Roadha Mihaaru
މަސް ބަންދުކުރާ ހަތަރު ކާރުހާނާއެއް ގާއިމުކުރަނީ

މަސް ބަންދުކުރާ ހަތަރު ކާރުހަނާއެއް އެޅުމަށް ސައުދީން އެހީވާން ނިންމައިފި

07 އޮކްޓޯބަރ 2016

ރާއްޖޭގެ ހަތަރު ރަށެއްގައި ދަޅުގައި މަސް ބަންދު ކުރާ ކާރުހާނާތަކެއް ހެދުމަށް ސައޫދީ އަރަބިއްޔާ އިން އެހީވާން ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ ހަތަރު ރަށެއްގައި ދަޅުގައި މަސް ބަންދު ކުރާ ކާރުހާނާތަކެއް ހެދުމަށް ސައޫދީ އަރަބިއްޔާ އިން އެހީވާން ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީން ސައޫދީ އަށް ކުރެއްވި ދަތުރުފުޅާ ގުޅޭ ގޮތުން ޝައިނީ "މިހާރު" އަށް ވިދާޅުވީ މަސްވެރިކަން ރަނގަޅު ހަތަރު ސަރަހައްދެއްގައި އަޅަން ނިންމީ އިކްރޯ ކޭނަރީ ފެކްޓްރީތަކެއް ކަމަށެވެ.

ނަމަވެސް ކާރުހާނާ އަޅަނީ ކޮންކޮން ރަށްތަކެއްގައި ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ޝައިނީ ވިދާޅުވި ގޮތުގައި މަސްވެރިން ބާނާ މަހަށް ރަނގަޅު އަގު ހޯދުމަށް ކުރާ ދަތުރުގެ ސަބަބުން ބޮޑު ހަރަދެއް ދެ އެވެ. އަދި އަލަށް އަޅާ ކާރުހާނާތަކުގެ އެންމެ ބޮޑު ބޭނުމަކީ، މަސްވެރިން ބާނާ މަހަށް ރަނގަޅު އަގު ހޯއްދަވައި ދެއްވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކުދިކުދި ކާރުހާނާތަކެއް އަޅާނީ، މިހާރު އެއް ތަނެއްގައި ކާރުހާނާ ހަދައިގެން ހުރިހާ މަހެއް އެތަނަށް ގެންދަންވީމަ ހަރަދު ވަރަށް ބޮޑުވެގެން ދަނީ،" ޝައިނާ ވިދާޅުވި އެވެ.

ސައޫދީ އަރަބިއްޔާ އިން ރާއްޖެ އަށް 150 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 2.3 ބިލިއަން ރުފިޔާ) ރާއްޖޭގެ އިގްތިސާދާއި މާލީ ހާލަތު ރަނގަޅު ކުރަން ދޭން ނިންމައިފި ކަމަށް ދިވެހި ސަރުކާރުން ރޭ ވަނީ ބުނެފަ އެވެ. ރާއްޖެ އަށް ސައޫދީ އަރަބިއްޔާ އިން ދެމުން އަންނަ ސްކޮލަޝިޕްގެ އަދަދު 300 އަށް އިތުރު ކުރުމަށް ވެސް އެ ގައުމުން ވަނީ ނިންމައިފަ އެވެ.