06 އޮކްޓޯބަރ 2016
ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް 150 މިލިއަން ޑޮލަރު ދޭން ނިންމައިފި ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.
ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް 150 މިލިއަން ޑޮލަރު ދޭން ނިންމައިފި ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.
ރައީސް އަބްދުﷲ ޔާމީން ސައުދީ އަށް ކުރެއްވި ދަތުރުފުޅާ ބެހޭ ގޮތުން ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ "މިހާރު" އަށް ވިދާޅުވި ގޮތުގައި ސައުދީން ދޭން ނިންމި ގާތްގަނޑަކަށް 2.3 ބިލިއަން ރުފިޔާއަކީ ގައުމުގެ އިގްތިސާދާއި މާލީ ހާލަތު ރަނގަޅު ކުރަން ދޭ އެހީއެއް ކަމަށެވެ. އެއީ ހިލޭ އެހީއެއް ނޫން ކަމަށާއި އެކަމަކު އެ ފައިސާ ދެއްކިދާނެ ގޮތަކާ ދޭތެރޭ ކުރިއަށް އޮތްތާނގައި ވާހަކަ ދައްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ހިލޭ އެހީއަކަށް ނުވާނެ. އެކަމަކު އަޅުގަނޑުމެން ވާހަކަ ދައްކަމުން ދާނަން ކުރިއަށް އޮތް ތަނުގައި މި ފައިސާ ސައުދީ އަށް ދެއްކިދާނެ ގޮތަކާ މެދުގައި،" ޝައިނީ ވިދާޅުވި އެވެ.
އެ ފައިސާ ރާއްޖެއާ ހަވާލު ކުރުމުގެ ކަންކަން މިހާރު ހަމަޖެހިފައިވާ ކަމަށާއި ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި އެ ފައިސާ ލިބިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވި ގޮތުގައި ސައުދީން ދިނުމަށް ހަމަޖެހިފައިވާ އެހީއަކީ ވަކި ދާއިރާއަކަށް ހާއްސަކޮށްގެން ދިން އެހީއެއް ނޫނެވެ. ނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނައިރު، މި އެހީގެ ސަބަބުން އެ މަޝްރޫއުތައް އަވަހަށް ނިންމުމަށް މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިވެހި ސަރުކާރުގެ އިސް ވަފުދަކާ އެކު ރައީސް ސައުދީ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގަތީ މިއަދެވެ. އެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލްސައުދާ ބައްދަލު ކުރައްވައި ރަސްމީ ވާހަކަފުޅުތައް ވެސް ބާއްވަވައިފަ އެވެ.
ޝައިނީ ވިދާޅުވީ މި ދަތުރުފުޅުގެ ސަބަބުން ރާއްޖެ އާއި ސައުދީއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ދުނިޔޭގައި ވެސް ސައުދީން ރާއްޖެއާއެކު އޮންނާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެ އަށް ސައޫދީ އަރަބިއްޔާ އިން ދެމުން އަންނަ ސްކޮލަޝިޕްގެ އަދަދު 300 އަށް އިތުރު ކުރުމަށް އެ ގައުމުން ވަނީ ނިންމައިފަ އެވެ. ތަފާތު އެކި ދާއިރާތަކުން މަތީ ތައުލީމް ހާސިލް ކުރުމަށް ސައުދީން މިހާރު ވެސް ރާއްޖެ އަށް 100 ސްކޮލަޝިޕް ދެ އެވެ.
ސައުދީ ސަމިޓްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެންފި
ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރުމުން މަރުހަބާ ކިޔައިފި
ސައޫދީ ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރައްވައިފި
ރަސްގެފާނަށް ފާޑު ކިޔުމަކީ އިސްލާމީ އުސޫލު ނެތިކޮށްލުން
ރާއްޖެ-ސައޫދީގެ ރަސްމީ ވާހަކަތައް ބާއްވައިފި
ސަލްމާން މިސްކިތް ފުރަތަމަ ހުކުރު ނަމާދަށް ފުރާލައިފި
"ރައީސާ ގުޅޭ އެއްވެސް ވާހަކައެއް ސައުދީން ނުދައްކާ"
އިބޫއަށް ރަސްގެފާނު ގުޅުއްވައި، މަރުހަބާ ވިދާޅުވެއްޖެ
ރައީސް، ސައޫދީގެ އިންޓީރިއާ މިނިސްޓަރާ ބައްދަލުކޮށްފި
ސައުުދީގެ ވެރިރަށަށް ދިން ހަމަލާ ރާއްޖޭން ކުށްވެރިކޮށްފި