Roadha Mihaaru
އައްޑޫ ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ހިދުމަތް ފަށައިފި

އައްޑޫ އާ ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ހިދުމަތް ފަށައިފި

20 ފެބުރުއަރީ 2020

އައްޑޫގައި ތަރައްގީކޮށްފައިވާ އާ ޓާޝަރީ ހޮސްޕިޓަލް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ސީޓީ ސްކޭންގެ ހިދުމަތް މިއަދު ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އައްޑޫގައި ތަރައްގީކޮށްފައިވާ އާ ޓާޝަރީ ހޮސްޕިޓަލް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ސީޓީ ސްކޭންގެ ހިދުމަތް މިއަދު ފަށައިފި އެވެ.

އެ ހިދުމަތް ފެށިކަން އިއުލާން ކުރުމުގެ ގޮތުން އެ ހޮސްޕިޓަލުން ކުރި ޓްވީޓެއްގައި ބުނީ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ޓެކްނިކަލް މުވައްޒަފުން ސީޓީ ސްކޭންގެ ހިދުމަތަށް އަހުލުވެރިކޮށްފައިވާ ކަމަށެވެ.

ޖެނުއަރީ މަހު ހުޅުވި އެ ހޮސްޕިޓަލުގައި 11 ދާއިރާއަކުން ފަރުވާ ދެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އާންމު ބަލިތައް، ދަތުގެ ބަލިތައް، ސްކޭން، ކުޑަކުދިންގެ ބަލިތައް، އޮޕަރޭޝަންސް، ކަރުންމަތީގެ ބަލިތައް، ކަށީގެ ބަލިތައް، ނަފުސާނީ ބަލިތައް، އަންހެނުންގެ ބަލިތައް، ހަމުގެ ބަލިތައް އަދި ހިތުގެ ބަލިތަކެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ހިދުމަތް ފެށުން--- ފޮޓޯ: އިކުއެޓޯރިއަލް ހޮސްޕިޓަލް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ހިދުމަތް ފެށުން--- ފޮޓޯ: އިކުއެޓޯރިއަލް ހޮސްޕިޓަލް

ހިދުމަތް ދޭން ފެށި ނަމަވެސް އެތަނުގައި ކުރަން ޖެހޭ މަސައްކަތްތައް އަދިވެސް އެއްކޮށް ނުނިމޭތީ ބައެއް މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

މި ޓާޝަރީ ހޮސްޕިޓަލަކީ ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން 171 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހަދަން ފެށި ތަނެކެވެ.