22 ޖުލައި 2019
އައްޑޫގައި ހަދާ 100 އެނދުނުގެ ޓާޝަރީ ހޮސްޕިޓަލަށް "އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް" ކިޔަން އައްޑޫ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.
އައްޑޫގައި ހަދާ 100 އެނދުނުގެ ޓާޝަރީ ހޮސްޕިޓަލަށް "އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް" ކިޔަން އައްޑޫ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.
މިއީ، އާ ހޮސްޕިޓަަލަށް ކިޔާނެ ތިން ނަމަކަށް ހިޔާލު ހޯދަން ކައުންސިލުން ހުޅުވާލުމުން ގިނަ ބަޔަކަށް އެންމެ ކަމުދިޔަ ނަމެވެ. މި ނަމުގެ އިތުރުން ހިޔާލަށް ހުޅުވާލީ އައްޑޫ ހޮސްޕިޓަލް އަދި ސުވާދިވް ހޮސްޕިޓަލެވެ.
ޓުވިޓާގައި އެންމެ ގިނަ ބަޔަކު ތާއީދުކުރީ ސުވާދިވް ހޮސްޕިޓަލް ކިޔާށެވެ.
އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު މިއަދު ވިދާޅުވީ ޓުވިޓާގައި ނަންތައް އާއްމު ކުރުމުގެ އިތުރުން ވަކިވަކިން ވެސް ރައްޔިތުންގެ ހިޔާލު ހޯދި ކަމަށެވެ. އެ ހުރިހާ ހިޔާލުތަކަށް ބަލާއިރު ގިނަ ބަޔަކު ބޭނުންވީ އިކުއަޓޯރިއަލް ހޮސްޕިޓަލް ކިޔަން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވެ އެ ނަން ކިޔަން ފާސްކޮށްފައި ވަނީ،" ސޯބެ ވިދާޅުވި އެވެ.
އިކުއަޓޯރިއަލް ނިސްބަތް ވަނީ ހޮސްޕިޓަލަކަށް ބަދަލު ކުރާ އައްޑޫ އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އަށެވެ. އެތަނަކީ 2011 ގައި 17 ވަނަ ސާކް ސަމިޓް ބާއްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިމާރާތް ކުރި ތަނެކެވެ. ނަމަވެސް އީސީސީ ހޮސްޕިޓަލަކަށް ބަދަކު ކުރަން ނިންމީ ރައީސް އަބުދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ.
އާ ހޮސްޕިޓަލަށް ކަނޑައެޅި ނަންތަކުގެ ތެރޭގައި ހިމެނޭ ސުވާދިވް ނިސްބަތް ވަނީ ދެކުނުގެ ހަތަރު އަތޮޅެއް އިނގިރޭސިންނާ ބައިވެރިވެގެން މީގެ 50 އެތައް އަހަރެއް ކުރިން އުފެއްދި ސަރުކާރަށެވެ.
ޒަމާނީ ފެންވަރަށް ހަދާ ރީތި އެ ހޮސްޕިޓަލް ހުޅުވަން ނިންމާފައި ވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި އާ ހޮސްޕިޓަލް ބޭނުން ކުރަން ފެށުމާ އެކު، މިހާރު ހިދުމަތް ދެމުން އަންނަ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަށް ހައްލު ލިބިގެން ދާނެ އެވެ. އޭގެ ތެރޭގައި ޖާގައިގެ ދަތިކަމާއި އިމާރާތް ބާވުމާއި ވަސީލަތްތަކުގެ މައްސަލަ ހިމެނެ އެވެ.
އާ ހޮސްޕިޓަލް ހުޅުވައި ރީޖަނަލް ހޮސްޕިޓަލް އުވާލަނީ
އައްޑޫގައި އެންޑޮސްކޮޕީގެ ހިދުމަތް ފަށައިފި
އެޗްއާރްއެޗްގެ ހުރިހާ ހިދުމަތްތަކެއް އައްޑޫ އާ ހޮސްޕިޓަލަށް
އައްޑޫ އާ ހޮސްޕިޓަލް ހުޅުވުން އަންނަ ހަފުތާގައި
އައްޑޫ އާ ހޮސްޕިޓަލް އޮގަސްޓްގައި ހުޅުވޭތޯ ބަލަނީ
އައްޑޫ ހޮސްޕިޓަލް ނިމިއްޖެ، މަދުވަނީ ސާމާނު: މުއިއްޒު
އޭއީއެޗްގައި ފުރަތަމަ ފަހަރަށް މީހަކު ވިއްސައިފި
އައްޑޫ ހޮސްޕިޓަލްގައި ކީމޯތެރަޕީގެ ފަރުވާ ފަށައިފި
އައްޑޫގައި ކުރި މައިބަދައިގެ ދެ އޮޕަރޭޝަން ކާމިޔާބު
އައްޑޫ އާ ހޮސްޕިޓަލުން ބޮޑު އޮޕަރޭޝަނެއް ކޮށްފި