22 ފެބުރުއަރީ 2020
ޕެރިސް (ފެބްރުއަރީ 22) - އިންސާފުން ބޭރުން އޭނާ އަށް ދިން އަދަބުގެ ސަބަބުން ފުޓްބޯޅައިގައި އޭނާގެ އަގު ވަރަށް ބޮޑަށް ވައްޓާލާފައިވާ ކަމަށާއި އަލުން ގިނަ ބަޔެއްގެ އިތުބާރު ހޯދުުމުގެ ގޮތުން ފުޓްބޯޅައިގައި މަސައްކަތްކުރަން ބޭނުންވާ ކަމަށް ޔުއެފާގެ ކުރީގެ ރައީސް މިޝެލް ޕްލެޓިނީ ވިދާޅުވެއްޖެ އެވެ.
ޕެރިސް (ފެބްރުއަރީ 22) - އިންސާފުން ބޭރުން އޭނާ އަށް ދިން އަދަބުގެ ސަބަބުން ފުޓްބޯޅައިގައި އޭނާގެ އަގު ވަރަށް ބޮޑަށް ވައްޓާލާފައިވާ ކަމަށާއި އަލުން ގިނަ ބަޔެއްގެ އިތުބާރު ހޯދުުމުގެ ގޮތުން ފުޓްބޯޅައިގައި މަސައްކަތްކުރަން ބޭނުންވާ ކަމަށް ޔުއެފާގެ ކުރީގެ ރައީސް މިޝެލް ޕްލެޓިނީ ވިދާޅުވެއްޖެ އެވެ.
ޕްލެޓިނީ ސަސްޕެންޑްކުރީ އޭނާ އާއި ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ސަސްޕެންޑްކުރީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން 2011 ވަނަ އަހަރު ކޮރަޕްޝަންގެ ގޮތުގައި ދެ މިލިއަން ޑޮލަރުގެ މުއާމަލާތެއް އެއްބަސްވުމުގެ ބޭރުން ހިންގާފައިވާތީ އެވެ. ޕްލެޓިނީ އަށް މި މައްސަލައިގައި ފުރަތަމަ އައީ އަށް އަހަރުގެ ސަސްޕެންޝަނެކެވެ. އެ މައްސަަލަ އެޕީލްކޮށް ހޯދި ލުޔާ އެކު މިދިޔަ އަހަރުގެ އޮކްޓޫބަރު މަސް ތެރޭ ޕްލެޓިނީ ވަނީ އޭނާ އަށް ދިން ސަސްޕެންޝަން އެއްކޮށް ފުރިހަމަކޮށްފަ އެވެ.
އިނގިރޭސި ނޫހެއް ކަމަށްވާ ދި ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ޕްލެޓިނީ ވިދާޅުވީ ފުޓްބޯޅައިގައި މަސައްކަތްކުރުމަކީ އޭނާ އަށް އަބަދުވެސް އޮންނާނެ ކަމެއް ކަމަށާއި ވިސްނުން ހުރީ ކްލަބަކަށް ވުރެ މަތީ މަގާމަކަށް ދިއުމަށް ކަމަށެވެ.
"ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަން. ޔުއެފާ، ފީފާ ނޫނީ ފިފްޕްރޯ މިއީ ކުރިއަށް އޮތް ތިން އަހަރަށް ބަލާއިރު އަހަރެން މަސައްކަތްކުރުމުގެ ޝައުގުވެރިކަން ހުރި ދިމާތައް. މީގެން ތަނެއްގައި މަސައްކަތްކުރަން ފުރުސަތު ލިބިއްޖެނަމަ އަހަންނަށް ރަނގަޅު ކަންތައްތަކެއް ކުރެވޭނެ،" ޕްލެޓިނީ ވިދާޅުވި އެވެ.
މި ވަގުތު ކަންތައްތައް ހުރި ގޮތުން އޭނާ ފުޓްބޯޅައިގެ މަގާމަަކަށް އަތުވެދާނެތީ ފީފާ އިން އެކަމަށް ހުރަސްއަޅާނެ ކަމަށާއި އެކަމަކު ދުވަސްތައް ކުރިއަށްދާ ވަރަކަށް ކަންތައްތައް ބަދަލުވާނެ ކަމަށް ވިދާޅުވި އެވެ.
ތިން މުބާރާތެއް ބާއްވަން ގައުމުތަކަށް ފުރުސަތު ދިނުމުގައި ކޮރަޕްޝަން ހިންގާފައިވޭތޯ ބެލުމަށް މިދިޔަ ޖޫން މަހު ފްރާންސްގެ ފުލުހުން ވަނީ ޕްލެޓިނީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލައިގައި ޕްލެޓިނީއާ ސުވާލުކުރުމަށް ފަހު އޭނާ ދޫކޮށްލި ނަމަވެސް ބޭނުންވެއްޖެ ހިނދެއްގައި އަލުން އޭނާ ފުލުހަށް ހާޒިރުވާންޖެހޭނެ ކަމަށް އެންގި އެވެ.
ފްރާންސްގެ އެންޓި-ކޮރަޕްޝަން ފުލުހުން ޕްލެޓިނީ ހައްޔަރުކުރީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ގަތަރަށް ފުރުސަތު ދިނުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ކުރެވޭ ތުހުމަތުގެ ތަހުގީގަށެވެ. އެކަމަކު އެ ތަހުގީގުގައި ޕްލެޓިނީއާ ވަނީ 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ އާއި މިދިޔަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް އަދި ގަތަރުގައި ބާއްވަން ނިންމާފައިވާ ވޯލްޑް ކަޕާ ބެހޭގޮތުން ސުވާލުކޮށްފަ އެވެ.
ދާދި ފަހުން ފީފާގެ ކުރީގެ ރައީސް ބްލެޓާ ވިދާޅުވީ 2010 ވަނަ އަހަރު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ފްރާންސްގެ ކުރީގެ ރައީސް ނިކޮލައި ސާކޯޒީ ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ރަޝިއާގައި އަދި 2022 ގެ ވޯލްޑް ކަޕް ގަތަރުގައި ބޭއްވުމަށް ފްރާންސުން ވޯޓު ދޭން ޕްލެޓިނީ އަށް އަންގައިފަ އެވެ. އެކަމަކު ޕްލެޓިނީ އެކަން ދޮގުކުރެ އެވެ.
"ދެކޭވޭ ވާހަކަތަކަށް ބަލާއިރު އޭރު ސަރުކާރުން އަހަންނަށް އެންގީ ގަތަރަށް ވޯޓު ދޭން. އެއީ ސިޔާސީ ނިންމުމަކަށް ހަދަން. އެކަމަކު އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން. އަހަރެމެން ވޯޓު ދިނީ ފުޓްބޯޅައިގެ ވިސްނުމުގައި،" ޕްލެޓިނީ ވިދާޅުވި އެވެ.
ފްރާންސާ އެކު 1984 ވަނަ އަހަރުގެ ޔޫރަޕިއަން ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރެއްވި ޕްލެޓިނީ ވިދާޅުވީ ފުޓްބޯޅައިގައި އޭނާ ކުރަން ބޭނުންވާ ގިނަ މަސައްކަތްތަކެއް އަދި ނުނިމި އެބަހުރި ކަމަށާއި އެގޮތުން ޕްލޭނަކާ އެކު ގިނަ ކަންތައްތަކެއް ކުރިއަށް އޮތްތަނުގައި ފަށާނެ ކަމަށެވެ. ޕްލެޓިނީ އަންނަނީ އޭނާ އަށް ފީފާ އިން ދިން އަދަބުގެ މައްސަލަ ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސް އަށް ހުށަހަޅައިގެން ބަދަލު ހޯދުމުގެ މަސައްކަތް ވެސް ކުރައްވަމުންނެވެ.
ބްލެޓާ އާއި ޕްލެޓިނީގެ ކުށެއް ނެތް ކަމަށް ނިންމައިފި
ބްލެޓާ އާއި ޕްލެޓިނީގެ މައްސަލައިގެ ޝަރީއަތް ފަށަނީ
މިނިވަން ވިޔަސް ޕްލެޓިނީ އަށް އިތުރު އަދަބެއްގެ ބިރު
ސުވާލުކުރުމަށް ފަހު ޕްލެޓިނީ ދޫކޮށްލައިފި
ކޮރަޕްޝަނުގެ ތުހުމަތުގައި ޕްލެޓިނީ ހައްޔަރުކޮށްފި
"އަންހެން ފުޓްބޯޅަ އަށް އިންފަންޓީނޯ ކުރީ މަލާމާތް"
ކޯޓުން މޮޅުވިއަސް ކުލަބުތައް ސުޕަ ލީގާ ދެކޮޅު
އިތުރު ވަގުތު ދިގުކުރުމުން ކުޅުންތެރިންނަށް ގެއްލުންވޭ
ސައުދީގެ ޓްރާންސްފާ ވިންޑޯއާ މެދު ފިޔަވަޅުއަޅާ: ކްލޮޕް
ރަޝިއާގެ ފުޓްބޯޅަ އަށް ކޯޓުން ވެސް ނާކާމިޔާބު