22 ފެބުރުއަރީ 2020
ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސާވިސް ޗާޖު ވެސް މި ސަރުކާރުން ރެގިއުލޭޓް ކުރާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސާވިސް ޗާޖު ވެސް މި ސަރުކާރުން ރެގިއުލޭޓް ކުރާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ރޭ މާލޭގައި ބޭއްވި "ރަށްވެހި ފަތިސް" ޖަލްސާ އާއި މިއަދު އޮތް ނިއުސް ކޮންފަރެންސްގައި ވެސް އެމަނިކުފާނު އެކަން ފާހަގަކުރެއްވި އެވެ.
"ސާވިސް ޗާޖު ވެސް ރަނގަޅަށް ބަހާނީ މި ސަރުކާރުން،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، މުވައްޒަފުންނަށް ދޭންޖެހޭ އެންމެ ކުޑަ އުޖޫރައިގެ ކަންކަން ވެސް ނިންމާނީ މި ސަރުކާރުން ކަމަށާއި ކުރީގެ ސަރުކާރުގެ އިސްވެރިން، މިނިމަމް ވޭޖު ކޮބައިތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު ކުރަން ލަދު ގަންނަންޖެހޭ ކަމަށެވެ.
ސާވިސް ޗާޖު ފުރިހަމަ އަށް ރެގިލޭޓުކޮށް، ރިސޯޓު މުވައްޒަފުންނަށް ހަމަ އަގު ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވައުދެކެވެ.
ނަމަވެސް، މިދިޔަ އަހަރުގެ ފަހުކޮޅު، ރިސޯޓުތަކުން ސާވިސް ޗާޖު ދިނުމާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެއްކެވި ވާހަކަތަކަކާ ގުޅިގެން އޭނާ އަށާއި މި ސަރުކާރަށް ގިނަ ބަޔަކު ފާޑުކިޔާފައި ވެ އެވެ.
ސާވިސް ޗާޖާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން، ޖަވާބުގައި އަލީ ވަހީދު ވަނީ އެ ވާހަކަތައް ދައްކަނީ "ފޭކް އެކައުންޓްތައް" ހަދައިގެން އުޅޭ މަދު ބައެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖޭގެ ރިސޯޓުތަކުގައި ދިވެހި މުވައްޒަފުން ހިފަހައްޓާ މިންގަނޑާއި ސާވިސް ޗާޖުގެ މިންގަނޑު ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް ގާނޫނުގައިވާ ގޮތުން، ރިސޯޓުތަކުން ސާވިސް ޗާޖު ނަގާ ނަމަ މުވައްޒަފުންނަށް ދޭންޖެހެ އެވެ. އެކަމަކު، ސާވިސް ޗާޖުގެ ގޮތުގައި ނަގަންޖެހޭ މިންވަރާއި އެ ނުނަގައިފި އަމަލު ކުރާނެ ވަކި ގޮތެއް ގާނޫނުގައި ކަނޑައަޅައިފައެއް ނެތެވެ.
އެމްޑީޕީގެ ހަތަރު މެމްބަރަކު ވިޕްލައިނާ ޚިލާފުވެއްޖެ
ތިބެވެނީ މާ މަޑުން، އެމްޑީޕީ ހިންދެމިލަންޖެހޭ: ނަޝީދު
މީހުން މަދުވީ އުއްމީދުތަކުގައި ކުލަ ނުޖެހުމުން: ނަޝީދު
ކައުންސިލް އިންތިހާބުން ބަލިވީ ސަރުކާރާ ހެދި: ނަޝީދު
ކެމްޕެއިންގައި އަޅުގަނޑު ހުރީ އެކަހެރިކޮށްފައި:އަކްރަމް
ވޯޓާ ކުޅޭ ނަމަ މަޑަކުން ނުތިބޭނަން: އިދިކޮޅު
މާލެއިން ނާކާމިޔާބުވީ ކަންބޮޑުވުންތަކާ ގުޅިގެން: ރައީސް
މުއިއްޒަށް އެއްބާރުލުން ދޭނަން: ނަޝީދު
އިންސާފުވެރި ނަމަ ސަރުކާރު ބަލިކުރާނަން: އިދިކޮޅު
އެމްޑީޕީން މިއަދު ވެސް ކުރީ ކެމްޕެއިން: އިދިކޮޅު