މި މަހުގެ ދެ ވަނަ ދުވަހުގެ ރޭ، މޫނު ނިވާކޮށްގެން ތިބި ބަޔަކު ވެސްޓަން ޔުނިއަން އަށް ވަދެ އެތަނުގައި ތިބި މުވައްޒަފުން ބަނދެ އެތައް މިލިއަން ރުފިޔާއެއް ފޭރިގެން މައްސަލާގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.
މި މަހުގެ ދެ ވަނަ ދުވަހުގެ ރޭ، މޫނު ނިވާކޮށްގެން ތިބި ބަޔަކު ވެސްޓަން ޔުނިއަން އަށް ވަދެ އެތަނުގައި ތިބި މުވައްޒަފުން ބަނދެ އެތައް މިލިއަން ރުފިޔާއެއް ފޭރިގެން މައްސަލާގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި ބޮޑު ފޭރުމާ ގުޅިގެން މީހަކު ހައްޔަރުކުރިކަން ފިޔަވައި އެހެން މައުލޫމާތެއް އަދި ހާމަކުރެވެން ނެތް ކަމަށެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ފޭރުނު ފައިސާގެ ތެރެއިން ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހޯދައިފަ އެވެ. އެއީ 1.1 މިލިއަން ރުފިޔާ އާއި 321،000 އަށް ވުރެ ގިނަ ޑޮލަރު (4.9 މިލިއަން ރުފިޔާ) އެވެ.
އެންމެ ގިނަ ފައިސާ ހޯދީ، ވަގުން ދުވެފައި ގޮސް ވަން، ވެސްޓަން ޔޫނިއަން އޮފީހާ މާ ދުރުގައި ހުންނަ ހ. ތާޅަފިލިގޭގެ ލިފްޓް ގޮޅިންނެވެ. އެގޮތުން ފައިސާ އަޅާފައި ހުރި ދަބަހެއްގެ އިތުރުން ލިފްޓް ގޮޅީގެ ތެރެއިން ބިންމަތީގައި ވެސް، ފަސް ސަތޭކަ ރުފިޔާގެ އެތައް ބޮޑިއެއް ހުއްޓާ ފެނިފައިވެ އެވެ.
ނަމަވެސް ފޭރުނު ފައިސާގެ ޖުމުލަ އަދަދެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރާ ބޭރުގެ ވަރަށް ގިނަ ބަޔަކު އެމީހުންގެ ގައުމަށް ފައިސާ ފޮނުވަން ވެސްޓަން ޔޫނިއަން ބޭނުންކުރެ އެވެ. އެ އޮފީހުގެ އިތުރުން ވިލާ ޓްރެވަލްސްގެ ބައެއް ޓިކެޓިންގެ ހިދުމަތް ވެސް އެ ތަނުން ފޯރުކޮށްދެ އެވެ.
ކުޑަހުވަދޫ މީރާ އޮފީހުން ޗެކްތަކެއް ވަގަށް ނަގައިފި
އެންސިސްގެ ދެ މިލިއަން ރުފިޔާ ހުޅުމާލެ އިން ފޭރިގެންފި
ހެކި ގެއްލެނީ، މިވަރުން އިތުބާރު ކުރާނީ ކިހިނެއް؟
ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި ބިދޭސީއަކު ހައްޔަރު
ވަގު ސިނގިރޭޓާ ގުޅޭ މައުލޫމާތު ދޭން ފުލުުުހުން އެދިއްޖެ
އެއާޕޯޓުން ފޭރުނު 'އެންމެ ޑޮލަރެއް' ވެސް އަދި ނުފެނޭ
ހައްޔަރުކުރި މީހުން ޑޮލަރު ގުނާތަން ސީސީޓީވީއަށް ފެނޭ!
އެއާޕޯޓުން ޑޮލަރު ފޭރުނު މީހުން ދިޔައީ ހުރައަށް!
ވަގަށް ސިނގިރެޓް އެތެރެކުރި ކުންފުންޏެއްގައި މެންބަރެއް
ޑޮލަރު ފޭރުމުގައި ބައިވެރިވި ހަތަރު މީހަކު ހައްޔަރު