Roadha Mihaaru
އެންސިސްގެ ދެ މިލިއަން ރުފިޔާ ހުޅުމާލެ އިން ފޭރިގެންފި

އެންސިސްގެ ދެ މިލިއަން ރުފިޔާ ހުޅުމާލެ އިން ފޭރިގެންފި

31 ޖުލައި 2018

ރާއްޖޭގައި ފުޅާދާއިރާއެއްގައި މަސް އެކްސްޕޯޓް ކުރާ އެންސިސް ފިޝަރީޒްގެ ދެ މިލިއަން ރުފިޔާ ހުޅުމާލޭގެ މަގުމަތިން މިއަދު ފޭރިގަނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގައި ފުޅާދާއިރާއެއްގައި މަސް އެކްސްޕޯޓް ކުރާ އެންސިސް ފިޝަރީޒްގެ ދެ މިލިއަން ރުފިޔާ ހުޅުމާލޭގެ މަގުމަތިން މިއަދު ފޭރިގަނެފި އެވެ.

އެންސިސް އިން ބުނީ އެ ފައިސާތައް ފޭރިގަތީ، ހުޅުމާލޭގައި ހުންނަ އިސްލާމިކް ބޭންކުގެ ބްރާންޗުން، އެ ކުންފުނީގެ މުވައްޒަފުން ފައިސާ ނަގައިގެން ނުކުންނަނިކޮށް ކަމަށެވެ. އަދި އެކަން ކުރީ ސައިކަލެއް ގައި ތިބި ދެ މީހަކު ކަމަށް އެ ކުންފުނިން ބުންޏެވެ.

އެންސިސް އިން ބުނީ، ފައިސާތައް ފޭރިގަތް މީހުން ތިބީ މޫނު ނިވާކޮށްގެން ނޫން ކަމަށް ވާއިރު، އެ ސަރަހައްދުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުރުމުން، އެ ކަން ކުރި ތަން ކެމެރާތަކަށް އަރާނެ ކަމަށެވެ. އަދި، ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް އެންސިސް އިން ބުންޏެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވެސް ބުންޏެވެ. އެކަމަކު އިތުރު ތަފްސީލެއް، ފުލުހުން ވެސް އަދި އެންސިސް އަކުން ނުދެ އެވެ.